އާސަންދައިން ގެނައި ބަދަލާއެކު ހޮސްޕިޓަލް ކައުންޓަރުން ހިދުމަތް ދޭން ލަސްވާނެ: އޭޑީކޭ

އޭޑީކޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ކުއްލިއަކަށް އާސަންދައިން ހިދުމަތަށް ބަދަލު ގެނައުމުން އޭޑީކޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: އަދަދު

އޭޑީކޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ކުއްލިއަކަށް އާސަންދައިން ހިދުމަތަށް ބަދަލު ގެނައުމުން އޭޑީކޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: އަދަދު

އަމިއްލަ އިިންޝުއަރެންސެއް އޮތްނަމަ އެ ހުސްނުވަނީސް އާސަންދަ ބޭނުން ނުކުރެވޭ ގޮތް ކުއްލިއަކަށް ހެދުމަކީ، ހޮސްޕިޓަލްގެ ކައުންޓަރުން ހިދުމަތް ދިނުމަށް ލަސްތަކެއް އަންނާނެ ކަމެއް ކަމަށް، ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް، އޭޑީކޭއިން މިއަދު ބުނެފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފު ވިދާޅުވީ ދުރާލައި މަޝްވަރާ ނުކޮށް އެފަދަ ނިންމުމެއް ނިންމުމުން އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި އެ ބަދަލަށް މުވައްޒަފުން ވެސް ރަނގަޅަށް އަހުލުވެރި ކުރަން ވަގުތު ނުލިބުނު ކަމަށެވެ.

"އަޅުގަނޑުމެން ވެސް އިންޝުއަރެންސް ކުންފުނިތަކަށް ބިލް މި ކުރަނީ ސޮފްޓްވެެއާއެއް މެދުވެރިކޮށް. ކުއްލި ބަދަލެއް ވީމަ މެނުއަލީ ސްޓެޕްތަކެއް އޭގެ ތެރެެއަށް މިހާރު އައިމަ ހިދުމަތް ހޯދަން އަންނަ ފަރާތްތައް ކައުންޓަރު ދޮށުގައި ހޭދަ ކުރާ ވަގުތު ދިގުވެދާނެތީ ކަންބޮޑުވުންތަކެއް އެބަ އޮތް،" ނިޔާފު ވިދާޅުވި އެވެ.

Advertisement

ކައުންޓަރުގެ ހިދުމަތް ލަސްވާ ސަބަބުތަކުގެ ތެރޭގައި ޑޮކްޓަރަށް ދައްކަން އަންނަ ކޮންމެ ދިވެހިރައްޔިތެއްގެ އަމިއްލަ އިންޝުއަރެންސްއެއް އޮތްތޯ ވަކިން، އިންޝްރުއަރެންސް ކުންފުނިތަކުގެ ޕޯޓަލުން ބެލުމާއި ފައިސާގެ ލިމިޓު ހަމަވެއްޖެތޯ ބެލުން ހިމެނޭ ކަމަށެވެ.

އިންޝުއަރެންސް ހިދުމަތްދޭ ޕޯޓަލްތަކަށް، ސިއްހީ ހިދުމަތްދޭ ތަންތަނުން ވަންނަ މިންވަރު ދެން އިތުރުވެގެން ދާނެ ކަމަށާއި އެއް ފަހަރާ ގިނަ ބަޔަކު ވަނުމަކީ އެ ޕޯޓަލްތަކަށް ބާރުބޮޑުވެ ހިދުމަތަށް ލަސްތަކެއް އައުން ވެސް އެކަށީގެންވާ ކަމަށް ނިޔާފު ވިދާޅުވި އެވެ.

"އެފަރާތެއްގެ ޕްރައިވެޓް އިންޝުއަރެންސެއް އޮތްތޯ ނެތްތޯ ބަލާލުމަށް ޕޯޓަލްއަށް ލޮގިން ކޮށްލާފައި ބެލިދާނެ. އެއަށް ދެތިން މިނެޓު ނަގާފާނެ. އެކަމަކު އޭނަ ހޯދަން އައި ހިދުމަތަށް ކަވަރޭޖު ބާކީ އޮތްތޯ، ޕްރައިވެޓް އިންޝުއަރެންސްގެ އުސޫލުތަކަށް ބަލާއިރު ޖުމްލަ އިންޝުއަރެންސް އެމައުންޓްގެ ވަކި ޕަސަންޓެއް ނޫނީ މިންވަރެއް މި އޮންނަނީ އައުޓް ޕޭޝަންޓަށް. ވަކި މިންވަރެއް މި އޮންނަނީ ބޭސް ސިޓީއަށް. އެހެންވީމަ އެ ހޯދަން އައި ހިދުމަތުގެ ލިމިޓް އޮތްތޯ ބަލާލަން ވަގުތު ކޮޅެއް ނަގާނެ،" ނިޔާފު ވިދާޅުވި އެވެ.

އާސަންދައިން ގެނައި ބަދަލާ އެކު އެލައިޑް އިންޝުއަރެންސާއި ސޮލަރެލް އިންޝުއަރެންސްއިން ވަނީ ކޭޝްލެސް ހިދުމަތް ދިނުން މެދުކަނޑާލާފަ އެވެ. މިގޮތުން، އެލައިޑް އަދި ސޮލަރެލްއިން ހިދުމަތް ހޯދާ ފަރާތްތަކުން ދެން ޖެހޭނީ ޑޮކްޓަރަށް ދައްކާއިރު އަމިއްލަ ޖީބު ފައިސާ ދެއްކުމަށްފަހު، އެ ފައިސާ އަނބުރާ ހޯދުމަށް އިންޝުއަރެންސް ކުންފުންޏަށް ހުށަހަޅާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox