އެލައިޑް އަދި ސޮލަރެލްއިން ކޭޝްލެސް ހެލްތު އިންޝޫރެންސްގެ ހިދުމަތް މެދުކަނޑާލައިފި

ހޮސްޕިޓަލަކުން ބަޔަކު ނިކުންނަނީ: އެލައިޑް އަދި ސޮލަރެލްއިން ކޭޝްލެސް ހިދުމަތް ވަނީ މެދުކަނޑާލާފައި -- ފޮޓޯ: އަދަދު ފައިލް

ހޮސްޕިޓަލަކުން ބަޔަކު ނިކުންނަނީ: އެލައިޑް އަދި ސޮލަރެލްއިން ކޭޝްލެސް ހިދުމަތް ވަނީ މެދުކަނޑާލާފައި -- ފޮޓޯ: އަދަދު ފައިލް

އާސަންދައިން ހިދުމަތް ދިނުމުގައި އަމިއްލަ އިންޝުއަރެންސް އޮތް މީހުންނަށް، އެ އިންޝުއަރެންސަށް އިސްކަން ދިނުމަށް ނިންމާފައިވާ ދަނޑިވަޅެއްގައި އެލައިޑް އިންޝުއަރަންސް އަދި ސޮލަރެލްސް އިންޝުއަރެންސްއިން ކޭޝްލެސް ހިދުމަތް މެދުކަނޑާލައިފި އެވެ.

ކޭޝްލެސް ހިދުމަތް މެދުކަނޑާލުމާ އެކު އެލައިޑް އަދި ސޮލަރެލްއިން ހިދުމަތް ހޯދާ ފަރާތްތަކުން ދެން ޖެހޭނީ ޑޮކްޓަރަށް ދައްކާއިރު އަމިއްލަ ޖީބު ފައިސާ ދެއްކުމަށްފަހު، އެ ފައިސާ އަނބުރާ ހޯދުމަށް އިންޝުއަރެންސް ކުންފުންޏަށް ހުށަހަޅާށެވެ.

އެލައިޑާއި ސޮލަރެލްއިން ވަނީ އެ ކުންފުނިން ދޭ ކޭޝްލެސްގެ ހިދުމަތް ހުއްޓާލިކަން ކަސްޓަމަރުންގެ އިތުރުން ސިއްހީ ހިދުމަތް ދޭ ފަރާތްތަކަށް އިއްޔެ އަންގާފަ އެވެ.

Advertisement

އާސަންދައިން މިހާރު ނިންމާފައިވާ ގޮތުން އަމިއްލަ އިންޝުއަރެންސެއް އޮތް މީހެއްނަމަ، އެ މީހަކަށް އާސަންދައިގެ ހިދުމަތް ލިބޭނީ އަމިއްލަ އިންޝުއަރެންސްގެ ލިމިޓް ހަމަވުމުންނެވެ. އެގޮތުން، އަމިއްލަ އިންޝުއަރެންސް އޮންނަ މީހުންނަށް ސިއްހީ ހިދުމަތް ދޭ ތަންތަނުން މީގެފަހުން ތައްޔާރު ކުރާނީ ވެސް އަމިއްލައަށް ފައިސާ ދައްކަން ޖެހޭ ބޭސް ސިޓީއެކެވެ.

އެގޮތަށް އާސަންދައިން ނިންމީ ހަމައެކަނި އެނދުމަތި ނުކޮށް ދެވޭ ފަރުވާއަށެވެ. ނަމަވެސް އެނދުމަތި ކޮށްގެން ދޭ ފަރުވާއަށް ކުރިއެކޭ ވެސް އެއްގޮތަށް އާސަންދަ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އާސަންދައިން ހިދުމަތަށް ގެނައި މުހިންމު ބަދަލުތައް:

  • ސިއްހީ ހިދުމަތް ހޯދަން އަންނަ ފަރާތަކީ އަމިއްލަ އިންޝުއަރެންސެއް އޮތް މީހެއްނަމަ، ހިދުމަތުގެ މެމޯ ތައްޔާރު ކުރުމުގެ ކުރިން، އެކަން ކަށަވަރުކޮށް އެ އިންޝުއަރެންސްގެ ކަވަރޭޖް ލިމިޓް ހަމަވަންދެން އެ އިންޝުއަރެންސް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދިނުން.
  • ހޯދަން އެދޭ ހިދުމަތަކީ އަމިއްލަ އިންޝުއަރެންސުން ކަވަރކުރާ ހިދުމަތެއްނަމަ، އެ އިންޝުއަރެންސް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދިނުން (އެންމެހައި ހިދުމަތްތަކާއި ބޭސްސިޓީ ހިމެނޭގޮތަށް).
  • މިހާރު ޢަމަލުކުރަމުންދާ އުސޫލާ އެއްގޮތަށް، އައުޓް ޕޭޝަންޓް ހިދުމަތްތަކަށް އަމިއްލަ އިންޝުއަރެންސާއެކު އާސަންދައަށް ބިލްނުކުރުން.
  • އަމިއްލަ އިންޝުއަރެންސްގެ ދަށުން ނުލިބޭ ހިދުމަތެއް، އާސަންދައިން ލިބޭނަމަ، އެ ހިދުމަތެއް އާސަންދައިގެ ދަށުން ފޯރުކޮށްދިނުން.
  • އަމިއްލަ އިންޝުއަރެންސްގެ ކަވަރޭޖް ލިމިޓް ހަމަވެފައިވާނަމަ އަދި އާސަންދައިން އެ ހިދުމަތެއް ލިބޭނަމަ، އެ ހިދުމަތެއް އާސަންދައިގެ ދަށުން ފޯރުކޮށްދިނުން.
  • އަމިއްލަ އިންޝުއަރެންސެއް އޮންނަ މީހުން ހޯދާ ހިދުމަތާއި ގުޅޭ ކަވަރޭޖް ލިމިޓް ހުސްނުވާނަމަ، ހިދުމަތް ފޯރުކޮށްދިނުމުގައި އާސަންދަ ޕޯޓަލް ބޭނުންނުކުރުމާއި ބޭސް ސިޓީ ލިޔުމަށް ވިނަވި ޕޯޓަލް ބޭނުން ނުކުރުން.

ނަމަވެސް ޕްރައިވެޓް އިންޝުއަރެންސްގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސަސްއިން އަދި މޯލްޑިވްސް ޑިފެންސް ފޯރސްއިން ހިންގާ ސްކީމްތައް ނުހިމެނޭ ކަމަށް އާސަންދައިން ބުންޏެވެ.

އެލައިޑް އަދި ސޮލަރެލްއިން ދޭ ކޭޝްލެސް ހިދުމަތް ހުއްޓާލުމާ ގުޅިގެން ދިގު މުއްދަތަށް ބޭސް ކުރާ ފަރާތްތަކުން އަމިއްލަ ޖީބުން ބޮޑު ހަރަދުތަކެއް ކުރަން ޖެހުމުން ބޮޑެތި ކަންބޮޑުވުންތައް އަންނަނީ ފާޅު ކުރަމުންނެވެ. އެ ފައިސާ އަނބުރާ ލިބޭނީ އިންޝުއަރެންސް ކުންފުންޏަށް ހުށަހަޅައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox