ބަޖެޓު ފާސްކުރާއިރު ގާނޫނުން ލާޒިމު ކުރާ އަދަދަށް ކައުންސިލްތަކުގެ ބަޖެޓު އޮންނާނެ: ރައީސް

ޑރ. މުހައްމަދު މުއިއްޒު: ބަޖެޓު ފާސްކުރާއިރު ގާނޫނުން ލާޒިމް ކުރާ އަދަދަށް ކައުންސިލްތަކުގެ ބަޖެޓު އޮންނާނެ --- ފޮޓޯ: ރައީސް އޮފީސް

ޑރ. މުހައްމަދު މުއިއްޒު: ބަޖެޓު ފާސްކުރާއިރު ގާނޫނުން ލާޒިމް ކުރާ އަދަދަށް ކައުންސިލްތަކުގެ ބަޖެޓު އޮންނާނެ --- ފޮޓޯ: ރައީސް އޮފީސް

އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ދޭން ކަނޑައެޅި ފައިސާ މަދުކޮށް، ގާނޫނުން ދޭން ލާޒިމް ކުރާ މިންވަރަށް ވެސް ފައިސާ ހިމަނާފައި ނެތަސް ރައްޔިތުންގެ މަޖިލީހުން ބަޖެޓު ފާސްކުރާއިރު އެ އަދަދަށް ބަޖެޓު އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ގާނޫނުގެ 9. ވަނަ މާއްދާގެ ހ. ގެ އެއް ވަނަ ނަންބަރުގައި ބުނެފައިވާ ގޮތުން، ބަޖެޓުގައި ދައުލަތުގެ އާމްދަނީ ކަމަށް ލަފާ ކުރާ މިންވަރުގެ ފަސް ޕަސެންޓު މަދުވެގެން ކައުންސިލުތަކަށް ހާއްސަ ކުރަންޖެހެ އެވެ.

މި އަހަރު ދައުލަތުން ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ދައުލަތުގެ ޖުމުލަ އާމްދަނީގެ ގޮތުގައި ޖަހާފައިވަނީ 37.1 ބިލިއަން ރުފިޔާ އެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރަނީ މި ފައިސާގެ ތެރެއިން ވަކި ކަމަކަށް ކަނޑައަޅާފައި ހުންނަ ފައިސާ އާއި ބިމު ކުލިން ލިބޭ އާމްދަނީ އަދި ޓްރަސްޓް ފަންޑް އާމްދަނީ އުނިކުރުމަށް ފަހު އެވެ.

"އަދަދު" އިން ހެދި ހިސާބުތަކުން ދައްކާ ގޮތުގައި މި ގޮތަށް އުނިކުރަން ޖެހޭ ބައިތައް އުނިކުރުމަށް ފަހު ޖެހޭ އާމްދަނީއަކީ 27.9 ބިލިއަން ރުފިޔާ އެވެ. އޭގެ ފަސް ޕަސެންޓަކީ 1.3 ބިލިއަން ރުފިޔާ އެވެ. މި ފައިސާގެ ތެރެއަށް އިތުރުކުރަން ޖެހެނީ ރިސޯޓުތަކާއި ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކުގެ ކުލީގެ 40 ޕަސެންޓެވެ. އެއީ 747.7 މިލިއަން ރުފިޔާ އެވެ.

އެހެންކަމުން މަދުވެގެން 2.1 ބިލިއަން ރުފިޔާ ކައުންސިލްތަކަށް އެހީދޭން ބަޖެޓުގައި ޖަހަން ޖެހެ އެވެ.

މިކަމާ ގުޅިގެން އިދިކޮޅު ސިޔާސީ ޕާޓީތަކާއި ލޯކަލް ކައުންސިލްތަކުގެ ރައީސުންނާއި ސިޓީތަކުގެ މޭޔަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ސަރުކާރަށް ފާޑުކިޔާފަ އެވެ.

ރައީސް މުއިއްޒު މިކަމަށް ރައްދު ދެއްވީ މިއަދު ހުޅުމާލޭގައި ހުޅުވި ޕެޓް ކެއާ ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކައިގައި ވިދާޅުވީ މި ސަރުކާރަކީ ކައުންސިލްތަކާ ގުޅިގެން ހިނގާ ސަރުކާރުކާރެއް ކަމަށެވެ. އަދި އެކަން ސާބިތުކޮށްދޭން ތަކުރާރުކޮށް އެތައް މިސާލެއް ދެއްކެވި އެވެ.

"ބްލޮކް ގްރާންޓުގެ %5 އެއީ ގާނޫނުގަ އޮތް ގޮތް، ގާނޫނު އޮތް ގޮތަށް ހުރިހާ ކައުންސިލަކަށް މިފަހަރު ބަޖެޓު ފާސް ވާއިރުގަވެސް ބްލޮކް ގްރާންޓު %5 ލިބޭނެ، އޭގެ އިތުރަށް މި ދެންނެވި، ލޯކަލް ޓޫރިޒަމްގެ ތެރެއިން ވަކި އިންސައްތައެއް ހަވާލުކުރަން އަޅުގަނޑުމެން ގާނޫނު އިސްލާހުކުރަން ފޮނުވާނަން،" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުންވެސް ގާނޫނުގަ ލިޔެވިފަ އޮތަސް ލޯކަލް ކައުންސިލްތަކާ ހަވާލުނުކުރެވި ހުރި ގިނަ ކަންތައްތަކެއް ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭ އިއުލާނުކުރައްވާ އެކަންކަން ކައުންސިލްތަކާ ހަވާލުކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް ތަފުސީލަކަށް ވަޑައެއް ނުގައްނަވަ އެވެ.

"ކައުންސިލްތައް، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ބާރުވެރި ކުރުވައިގެން ކައުންސިލްތައް މެދުވެރިކޮށް، ސަރުކާރުގެ ފަށަލައެއް އެގްޒެކެޓިވް ބްރާންޗުގެ ފަށަލައެއް ކައުންސިލްތަކަކީ. ކައުންސިލްތައް މެދުވެރިކޮށް ކަންތައްތައް ކުރުމުގަ އަޅުގަނޑުމެން މި ގެންދަނީ އަމަލާ ބަހާ ދިމާކުރަމުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox