މީޑިއާ ކައުންސިލްގެ ރައީސް ޕީއެސްއެމް އިން ކަނޑާލުމުން އާޒިމް އެކަން ކުށްވެރިކޮށްފި

Nov 1, 2024, 7:57 AM
ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފުލާގައި އާޒިމް: ވިދާޅުވީ ޑިމޮކްރަސީ ހިފަހައްޓަން ނޫސްވެރިކަމުގެ މިނިވަންކަން މުހިންމު ކަމަށް -- ފޮޓޯ: އާޒިމް

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފުލާގައި އާޒިމް: ވިދާޅުވީ ޑިމޮކްރަސީ ހިފަހައްޓަން ނޫސްވެރިކަމުގެ މިނިވަންކަން މުހިންމު ކަމަށް -- ފޮޓޯ: އާޒިމް

"އަދަދު" އިން ހެދި ތަހުގީގީ ޑޮކިއުމެންޓަރީ "ޖީ ސްކީލާން" އަށް އިނާމު ލިބުނު މަންޒަރު ޕީއެސްއެމް އިން ލައިވް ކުރުމުން، މީޑިއާ ކައުންސިލުގައި ޕީއެސްއެމް ތަމްސީލު ކުރާ އެ ކައުންސިލުގެ ރައީސް އަހުމަދު މުސްތަފާ ކުންފުނިން ކަނޑާލި މައްސަލަ މާލޭގެ މޭޔަރު އާދަމް އާޒިމް ކުށްވެރި ކުރައްވައިފި އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އާޒިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީޑިއާގެ އަޑު ކެނޑުމަށް ނުވަތަ ޕްރޮފެޝަނަލް ނަޒާހާތްތެރިކަމަށް އަދަބު ދިނުމަކީ ޑިމޮކްރަސީއަށް އޮތް ހުރަހެއް ކަމަށެވެ.

"މީޑިއާގެ އަޑު ކެނޑުމަށް ނުވަތަ ފަރުދުންގެ ޕްރޮފެޝަނަލް ނަޒާހަތްތެރި ކަމަށް އަދަބު ދިނުމަކީ މި ޑިމޮކްރެޓިކް ތަނބުތައް ބަލިކަށިކުރާނޭ ކަމެއް. މިނިވަން ނޫސްވެރިކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމަށް އަޅުގަނޑުމެން އެންމެން ހިތްވަރާއެކު ތެދުވަން ޖެހޭ،" އާޒިމް ވިދާޅުވި އެވެ.

އޭގެ އިތުރުން، ޑިމޮކްރަސީ ހިފަހައްޓައި ކުރިއަރުވަން މިނިވަން މީޑިއާއަކަށް ފުރުސަތު ދޭންޖެހޭ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"މިނިވަން މީޑިއާއަކީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރު، މީޑީއާއަކީ ޑިމޮކްރަސީ ހިފަހައްޓައިދޭ އެއް ތަނބު. މި ގައުމުގެ ނޫސްވެރިކަމުގެ މާހައުލު އޮންނަންވާނީ، ހާމަކަން ބޮޑުކޮށް މަސައްކަތް ކުރެވޭ ގޮތަށް، ޖަވާބުދާރީ ކުރުމުގެ ޒިންމާ އުފުލޭ ގޮތަށް، ނޫސްވެރިންނަށް މައުލޫމާތު ލިބޭ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

ޕީއެސްއެމް އިން ވަކި ކުރިއިރު، މުސްތަފާ ހުންނެވީ ނިއުސް އޮޕަރޭޝަންސް މެނޭޖަރުގެ މަގާމުގަ އެވެ. އިއްޔެ ވަޒީފާއިން ވަކި ކުރިއިރު، ޕީއެސްއެމްގައި އޭނާ 30 އަހަރު ވަނީ ހިދުމަތްކޮށްދީފަ އެވެ.

"ޖީ ސްކީލާން" އަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައްޕާފުޅު އަވަހާރަވި ފަހުން ބައްޕާފުޅުގެ އަނބިކަނބަލުން މާލެ ވަޑައިގަތުމަށް މަސައްކަތް ކުރުމުން ރާއްޖެ ނާރުވައި ޑީޕޯޓްކޮށްލި މައްސަލައަށް ތައްޔާރުކޮށްފައިވާ ތަހުގީގީ ޑޮކިއުމެންޓަރީއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox