ރައީސްގެ ނުރުހުން އަމާޒުވުމުން ސްޕޯޓްސް މިނިސްޓަރު އެންޑޯޒްކޮށްފައިވާ ބޮޑީބިލްޑިން މުބާރާތް ބޭއްވޭނެ ކަމާމެދު ސުވާލު އުފެދިއްޖެ

މި އަހަރު ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި މިނިސްޓަރު ރާފިއު: އަންނަ ހަފުތާގައި ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތެއް ބާއްވަން ވަނީ ނިންމައިފަ -- ފޮޓޯ: ބޮޑީބިލްޑިން އެސޯސިއޭޝަން

މި އަހަރު ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި މިނިސްޓަރު ރާފިއު: އަންނަ ހަފުތާގައި ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތެއް ބާއްވަން ވަނީ ނިންމައިފަ -- ފޮޓޯ: ބޮޑީބިލްޑިން އެސޯސިއޭޝަން

ސްޕޯޓްސް މިނިސްޓްރީން އެންޑޯޒް ކޮށްފައި އޮތް ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނުރުހުން އަމާޒުވުމުން، އަންނަ ހަފުތާގައި ބާއްވަން ނިންމާފައިވާ 15 ވަނަ ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވޭނެ ކަމާމެދު މިހާރު ސުވާލު އުފެދިއްޖެ އެވެ.

ނޮވެމްބަރު 5، އިން ނޮވެމްބަރު 11، އަށް އައްޑޫ ސިޓީގެ ކެނެރީފް ރިސޯޓުގައި ބާއްވަން ހަމަޖެހިފައިވާ "ވޯލްޑް ބޮޑީބިލްޑިން އެންޑް ފިސީކް ސްޕޯޓްސް ޗެމްޕިއަންޝިޕް" ރަސްމީކޮށް އޮކްޓޯބަރު 8، ގައި އިފުތިތާހުކޮށްދެއްވީ ކުޅިވަރާ ބެހޭ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

އެކަމަކު، އިސްލާމް ދީނާ ނުގުޅޭ ކަމަށް ބުނެ މިސް ޔުނިވާސް މުބާރާތުގައި ރާއްޖޭގެ މޮޑެލަކު ބައިވެރިވުން ޔޫތު މިނިސްޓްރީން ކުށްވެރި ކުރި ފަހުން އުފެދުނު ބަހުސާއެކު، ރައީސް މުއިއްޒު ވަނީ އަންހެނަކު އަދި ފިރިހެނަކު ވިޔަސް "ހަށިގަނޑު ހާމަކޮށްގެން" ބާއްވާ މުބާރާތްތަކުން ގައުމަށާއި ދީނަށް ލިބޭނެ ރީތި ނަމެއް ކާމިޔާބެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

"ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ގައުމަށް ލިބޭނެ ހަގީގީ ރީތި ނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް!،" ރައީސް ވިދާޅުވި އެވެ.

ބޮޑީބިލްޑިން މުބާރާތްތަކަކީ ހަށިގަނޑުގެ ރީތިކަން ދެއްކުމަށް ބާއްވާ މުބާރާތެކެވެ. ރާއްޖޭގައި ބާއްވާ ބޮޑީބިލްޑިން މުބާރާތްތަކުގައި ވެސް ފިރިހެނުން ތިބެނީ ހަށިގަނޑުގެ ބޮޑު ބައި ފެންނަ ގޮތަށް ހެދުން އަޅައިގެންނެވެ. ބޮޑީބިލްޑިންގެ ހަރަކާތްތައް އެކި ފެންވަރުގައި ރާއްޖޭގައި ބާއްވާތާ އެތައް އަހަރުތަކެއްވެއްޖެ އެވެ.

އަންނަ ހަފުތާގައި ބާއްވާ ބޮޑީބިލްޑިން މުބާރާތް ކެންސަލް ކުރުމަށް ވެސް ބައެއް މީހުން ދަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި ޝެއިހް ފަޒްލޫން ބިން މުހައްމަދު ފަދަ ދީނީ އިލްމުވެރިން ވެސް ހިމެނެ އެވެ. އޭގެ އިތުރުން ވެސް ވަރަށް ގިނަ ބަޔަކު ދަނީ މިސް ޔުނިވާސް މުބާރާތް ސަރުކާރުން ކުށްވެރި ކުރުމަށްފަހު ބޮޑީބިލްޑިން މުބާރާތެއް ރާއްޖޭގައި ބާއްވާތީ އެކަން ދެކޮޅު ނުޖެހޭ ކަމަށް ބުނަމުންނެވެ.

މި ނޮވެމްބަރުގައި މެކްސިކޯގައި ބާއްވާ މިސް ޔުނިވާސް ރީތީގެ މުބާރާތުގައި ރާއްޖެ ތަމްސީލު ކުރަނީ މަރިޔަމް ޝައިނާ، 21، އެވެ. އޭނާ އެ މުބާރާތުގައި ބައިވެރިވާ ވާހަކަ ނޫސްތަކަށް އެރުމުން ދީނީ ނަސޭހަތް ދޭ ބައެއް ޝެއިހުން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އޭގެ ފަހުން ޔޫތު މިނިސްޓްރީން ވަނީ ޝައިނާ ވަރަށް ބޮޑަށް ކުށްވެރިކޮށް އެ މުބާރާތުގައި ބައިވެރިނުވާން އޭނާއަށް ގޮވާލައިފަ އެވެ.

"ދިވެހިންގެ ދީނާއި އަގީދާ އާއި ސަގާފަތާ ނުގުޅޭ ހަރަކާތްތަކާއި މުބާރަތްތައް ބޭއްވުމާއި އަދި އެކިއެކި ފަރާތްތަކުން ބާއްވާ އެފަދަ މުބާރާތްތަކާއި ހަރަކާތްތަކުގައި ދިވެހިން ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން،" ޔޫތު މިނިސްޓްރީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުންޏެވެ.

އަރަބިއްޔާ ސްކޫލުގެ ކުރީގެ ޓީޗަރު އަދި ދީނީ ނަސޭހަތް ދިނުމުގެ މަސައްކަތް ކުރާ ޒަމްޒަމް ފާރިޝް، ޝައިނާއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ޝައިނާ ފަދަ އަންހެނުންނަށް ހައްގީ ނަރަކަ ކަމަށެވެ.

"އަންހެނުން އަރުވައިގެން އޮރިޔާންވާ މުބާރާތަށް ކިޔަންވީ މިސް ޔުނިވާސްއެއް ނޫން. އެއަށް ކިޔަންވީ މިސް ޖަހަންނަމަ. އެއަށް އަރައި ބަރަހަނާވާ އަންހެނުންނަކީ ދުނިޔެވީ މަދު ފައިސާ ކޮޅަކަށްޓަކައި މުޅި ދުނިޔޭގައި އޮރިޔާން އާންމު ކުރަން އުޅޭ ފާސިދު ފާޖިރުންތަކެއް. އެފަދަ މީހުންނަށް އެންމެ އައުލާކަން ބޮޑީ ޖަހަންނަމަ،" ޒަމްޒަމް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox