އިންޓަ މޮޅުވިއިރު، ޔުވެންޓަސް އެއްވަރު އަދި އެޓަލަންޓާ ތިން ވަނަ އަށް

Oct 31, 2024, 3:16 AM
ޔުވެންޓަސްގެ. ލަނޑު ޖެހުމަށް ފަހު ޓިމޮތީ ވެއާ އުފާފާޅުކުރަނީ

ޔުވެންޓަސްގެ. ލަނޑު ޖެހުމަށް ފަހު ޓިމޮތީ ވެއާ އުފާފާޅުކުރަނީ

މިލާން (އޮކްޓޫބަރު 31) - އިޓާލިއަން ލީގުގައި ރޭ އެމްޕޮލީ އަތުން 3-0 އިން އިންޓަ މޮޅުވިއިރު، ޔުވެންޓަސް އާއި ޕާމާ 2-2 އިން އެއްވަރުވެ، މޮންޒާ އަތުން 2-0 އިން މޮޅުވި އެޓަލަންޓާ ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގެ އެއް ވަނައިގައި ނަޕޯލީ އަށް 10 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އިންޓަ އަށް 10 މެޗުން ވަނީ 21 ޕޮއިންޓް ލިބިފަ އެވެ. އެޓަލަންޓާ އަށް 10 މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ޔުވެންޓަސްގެ އޮތީ 10 މެޗުން 18 ޕޮއިންޓެވެ.

އެމްޕޮލީ ދަނޑުގައި ކުޅުނު މެޗުގައި އިންޓަގެ ލަނޑުތައް ޖެހީ ޑަނިއޭލޭ ފްރަޓޭސީ ދެ ގޯލާއި ލައުޓާރޯ މާޓީނޭޒް އެވެ. މި މެޗުގައި، އެމްޕޮލީގެ ސަބާ ގޮގްލިއަޑިޝޭ އަށް ފުރަތަމަ ހާފުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި ރަތް ކާޑެއް ދެއްކި އެވެ.

Advertisement

ޔުވެންޓަސް ދަނޑުގައި ކުޅުނު މެޗުގައި ޕާމާގެ ޑިފެންޑަރު، އެންރީކޯ ޑެލް ޕްރާޓޯ އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް، ވެސްޓަން މެކްކެނީ ޔުވެންޓަސް އަށް އެއްވަރުކޮށްދިނެވެ. ޕާމާ އިން ފުރަތަަމަ ހާފު ނިންމާލީ ދެ ވަނަ ފަހަރަށް ލީޑުނަގައިގެންނެވެ. އެ ގޮތުން އެ ޓީމުގެ ލަނޑު ޖެހީ، ސިމޯން ސޯމް އެވެ. ދެ ވަނަ ހާފް ފަށައިގެން ޔުވެންޓަސް އަށް އެއްވަރުކޮށްދިނީ ޓިމޮތީ ވެއާ އެވެ.

މޮންޒާ ކޮޅަށް އެޓަލަންޓާ އިން ލަނޑުތައް ޖެހީ ބަދަލަކަށް ކުޅެން އެރި ލަޒާ ސަމަރްޑްޒިޗް އާއި ޑަވިޑޭ ޒަޕަކޯސްޓާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox