ހުލާސާކޮށް އިއްޔެ: އަދަދު ނޫހުގެ "ސްކީލާން" ޑޮކިއުމެންޓަރީ އަށް އެމްއެމްސީގެ އެވޯޑު!

Oct 31, 2024, 1:39 AM
ސްކީލާން ޑޮކިއުމެންޓަރީ އަށް ލިބުނު އެވޯޑާ، އަދަދުގެ އާއިދު އާއި ޝަހުޒާން ހަވާލުވަނީ

ސްކީލާން ޑޮކިއުމެންޓަރީ އަށް ލިބުނު އެވޯޑާ، އަދަދުގެ އާއިދު އާއި ޝަހުޒާން ހަވާލުވަނީ

މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި 2023 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމުގައި ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު "އަދަދު" ނޫހުން އުފެއްދި "ސްކީލާން" ޑޮކިއުމެންޓަރީއަށް ލިބުނެވެ.

އެ ޑޮކިއުމެންޓަރީ އުފެއްދީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮން މަންމަ، ސްރީ ލަންކާގެ ރައްޔިތެއް ކަމުގައިވާ ޖީ ސްކީލާން، ރާއްޖޭން ބްލެކްލިސްޓުކޮށް ޑީޕޯޓުކުރި ގޮތާއި އޭނާ ރައީސް މުއިއްޒު މައްޗަށް ކުރާ ތުހުމަތުތަކުގެ މައްޗަށެވެ.

ހުސައިން އަބްދުއްރަހްމާން އަވަހާރަވީ 2015 އަހަރު ހައްޖުގެ އަޅުކަމަށް މައްކާގައި ހުންނަވަނިކޮށެވެ. އެ ދަތުރުގައި ސްކީލާންގެ އިތުރުން އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި، މުއިއްޒު ވެސް ވަޑައިގެންނެވި އެވެ.

ހައްޖުގެ އަޅުކަމަށް ފަހު މާލެ ވަޑައިގެން އެންމެ އަވަހަށް މުއިއްޒު ކުރެއްވި އެއް ކަމަކީ ތަރިކަ ބެހުމެވެ. އެއަށް ފަހު، ސްކީލާން ސްރީ ލަންކާއަށް ދުވަސްކޮޅަކަށް ދިޔަ އެވެ. އެނބުރި އެނބުރި މާލެ އައިއިރު، ކުރިމަތިލާން ޖެހުނީ ސަރުކާރުގެ ނުފޫޒު ބޭނުން ކޮށްގެން ބާރުގަދަ އަތަކުން ނިންމާފައި އޮތް އަނިޔާވެރި ނިންމުމެކެވެ.

އެއްވެސް ހެއްކެއް ނެތް ތުހުމަތުތަކެއް ކޮށް އޭނާ ރާއްޖެ އެތެރެވުން މަނާކޮށް، ވިސާ އޮތީ ކެންސަލް ކޮށްފަ އެވެ. ރާއްޖެއަށް އެތެރެ ނުވެވޭ ސަބަބު ބަޔާން ކޮށްދިނުމަށް ތަކުރާރުކޮށް ސްކީލާން އެދެމުން ދިޔުމުން ވެސް އިމިގުރޭޝަނުގެ އޮފިސަރުން އިތުރު މައުލޫމާތެއް ނުދިނެވެ.

"އޭރު ބެލިއިރު ވިސާ ބްލޮކް ކޮށްފަ (ބްލެކްލިސްޓުކޮށް، ޑީޕޯޓް ކޮށްފަ) ހުރީ، އޭނަ (މުއިއްޒު) ބްލޮކް ކުރީ، ދިޔައިރު ނޭނގެ ޑީޕޯޓު ކޮށްފަ ކަމެއް، މާލޭ ގޮސް އެއާޕޯޓުގައި ތިބެފަ ފޮނުވާލީ، ޕާސްޕޯޓު ދެއްކީމަ އެމީހުން ބުނީ ބްލޮކް ކޮށްފައޭ، އެއްވެސް ސަބަބެއް ނުބުނޭ، އަހަރެން ބުނީ ސަބަބު ބަޔާންކުރާ ބަޔާނެއް ބޭނުމޭ، އެމީހުން ނުދޭ އެވެސް،" ސްކީލާން ކިޔައިދިނެވެ.

"އަދަދު" ނޫހުން ކުރި ތަހުގީގުން އެނގި ހާމަވީ އޭނާ ޑީޕޯޓު ކޮށްލީ ގަވާއިދާ ހިލާފަށް މީހުން އެތެރެކުރާ ކަމުގެ ތުހުމަތު ނުވަތަ ވަގުފާރީގެ މުޑުދާރު ތުހުމަތު ބޮލުގައި އެޅުވުމަށްފަހު އެވެ. އިމިގުރޭޝަނުގެ ސިސްޓަމުގައި ފެންނާން ހުރި މައުލޫމާތަށް ބަލާއިރު އޭގައި ހަމައެކަނި ކުރިއޭޓު ކޮށްފައި އޮތީ އިމިގުރޭޝަނުގެ ލީގަލް ޑިޕާޓުމެންޓުން ފޮނުވި މެމޯ ނަންބަރެކެވެ. އެ މައްސަލައާ ގުޅޭގޮތުން ކޮމެޓީ ބައްދަލުވުމެއް ބޭއްވިކަން ދެއްކުމަށް ކޮމެޓީ ނަންބަރެއް ވެސް އޭގައި ހިމަނާފައިވެ އެވެ.

ނަމަވެސް އެ ބައްދަލުވުމުގައި ހިނގި އެއްވެސް ކަމެއް އެނގޭނެ ފަދަ ލިޔެކިޔުމެއް ފައިލް ކުރެވިފައި ވެސް އަދި ސިސްޓަމުގައި ވެސް ނެތް ކަން އިމިގުރޭޝަނުގެ ކޮންޓުރޯލަރު، މުހައްމަދު އަހުމަދު (ހަނަފީ) ވަނީ ކަށަވަރު ކޮށްދީފަ އެވެ.

މި ޑޮކިއުމެންޓަރީ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވީ އަދަދު ނޫހުގެ ނޫސްވެރިޔާ އަހުމަދު އާއިދު އެވެ.

އާއިދު ހެދި ސްކީލާން އަށް ލިބުނުގެ އެވޯޑުގެ އިތުރުން، ތިން އެވޯޑެއް "އަދަދު" ނޫހު ޓީމަށް ލިބުނެވެ،

ސިޔާސީ ދާއިރާއިން އެސޯސިއޭޓް އެޑިޓަރު ހަސަން މުހައްމަދު އިނާމު ހާސިލުކުރި އިރު ކުޅިވަރުގެ ދާއިރާއިން އިނާމު ލިބުނީ އެސޯސިއޭޓް އެޑިޓަރު އައްޒާމް އަލިފުޅަށެވެ. އޭގެ އިތުރުން, ވީޑިއޯ ޑޮކިއުމެންޓަރީގެ ދާއިރާއިން އެވޯޑު ލިބުނީ ވީޑިއޯގްރާފާ މިރާން ނާޝިމްއަށެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox