މިލާން ބަލިކޮށް ނަޕޯލީ އަށް ހަތް ޕޮއިންޓުގެ ލީޑެއް

Oct 29, 2024, 11:41 PM
މިލާން ބަލިކޮށް ނަޕޯލީ އަށް ހަތް ޕޮއިންޓުގެ ލީޑެއް

މިލާން (އޮކްޓޫބަރު 30) - އިޓާލިއަން ލީގުގައި ރޭ އޭސީ މިލާން 2-0 އިން ބަލިކޮށް ނަޕޯލީން ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ އަށް ވަނީ 10 މެޗުން 25 ޕޮއިންޓް ލިބިފަ އެެވެ. ދެ ވަނައިގައި އޮތް އިންޓަ އަށް ނުވަ މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، އިންޓަ އިން މިރޭ އެމްޕޮލީއާ ކުޅޭނެ އެވެ.

ރަށުންބޭރުގައި ކުޅުނަސް ނަޕޯލީން ރޭގެ މެޗު ފެށީ ރަނގަޅަށެވެ. ފަސް ވަނަ މިނިޓްގައި ޒަމްބޯ އަންގީސާ ދިން ބޯޅައަކުން ރޮމެލޫ ލުކާކޫ ވަނީ ނަޕޯލީ އަށް ލީޑުނަގައިދީފަ އެވެ. ބޯޅަ ހިފަހައްޓައިގެން ކުޅެ، މިލާނުން ގޯލެއް ޖަހައި، އެއްވަރުކުރެވޭތޯ ބެލި ނަމަވެސް ކާމިޔާބެއްނުވި އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަޕޯލީ އަށް ދެ ވަނަ ލަނޑެއް ޖަހައިދިނީ، އެ ޓީމަށް ކުޅޭ އާރްމީނިއާގެ މިޑްފީލްޑަރު، ކްވިޗާ ކްރަވަޝްކޭލިއާ އެވެ. އަރިމަތިން ލިބުނު ބޯޅަ ހިފައިގެން ހުސް ޖާގައެއް ހޯދާލުމަށް ފަހު ކްރަވަޝްކޭލިއާ ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފު ފެށުނުތަނާ މިލާންގެ އަލްވާރޯ މޮރާޓާ ވަނީ ބޮލުން ގޯލެއް ޖަހައިފަ އެވެ. އެކަމަކު، ސެމިއުލް ޗުކުވޭޒީ ނެގި ހުރަަހަކުން މޮރާޓާ ޖެހި މި ގޯލު ވަނީ އޮފްަސައިޑް ކަމަށް ނިންމައިފަ އެވެ. މިއީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި ނިންމި ނިންމުމެކެވެ.

ނުވަ މެޗުން 14 ޕޮއިންޓާ އެކު، މިލާން އޮތީ ލީގުގެ އަށް ވަނައިގަ އެވެ. އެ ޓީމު މި ހަފްތާގައި، ލީގުގައި ކުޅެން އޮތް ފުރަތަމަ މެޗު ވިއްސާރައިގެ ސަބަބުން ނުކުޅެވުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox