އެއްވެސް ބަދަލެއް ނުގެނެސް ފަސް ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު މަޖިލީހުން ފާސްކޮށްފި

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: އެއްވެސް ބަދަލެއް ނުގެނެސް ފަސް ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު މަޖިލީހުން ވަނީ މިއަދު ފާސްކޮށްފަ --- ފޮޓޯ: މަޖިލިސް އިދާރާ

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: އެއްވެސް ބަދަލެއް ނުގެނެސް ފަސް ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު މަޖިލީހުން ވަނީ މިއަދު ފާސްކޮށްފަ --- ފޮޓޯ: މަޖިލިސް އިދާރާ

މި އަހަރަށް ފާސްކުރި ބަޖެޓުން ހަރަދުތައް ހަމަނުޖެހޭނެތީ ބަޖެޓު ސަޕްލިމެންޓުގެ ގޮތުގައި ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކޮށްފި އެވެ.

މި ބަޖެޓު ދިރާސާކުރުމަށް އެކުލަވާލި ކޮމިޓީން ބައްދަލުވުންތަކެއް ބާއްވާ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަދި މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރުވެސް ހާޒިރުކުރި އެވެ. ނަމަވެސް އެ ބައްދަލުވުމަށް މި އަހަރަށް ފާސްކުރި ބަޖެޓުން ހަރަދުކުރި ގޮތުގެ ތަފުސީލު ހާމަކުރުމާ ދެކޮޅަށް ކޮމިޓީން އޮތީ ފާސްކޮށްފަ އެވެ.

މަޖިލީސް އަދި ކޮމިޓީގައި އޮތް ސަރުކާރުގެ ފުރިހަމަ މެޖޯރިޓީއާއެކު މި އަހަރުގެ ބާކީ ބަޔަށް ހުށަހެޅި ފަސް ބިލިއަން ރުފިޔާގެ ބަޖެޓަށް ކޮމިޓީ މަރުހަލާގައި އެއްވެސް ބަދަލެއް ނުގެނެ އެވެ. ވޯޓުގައި ބައިވެރިވި 86 މެންބަރުންގެ ތެރެއިން ބަޖެޓު ފާސްކުރުމަށް ވޯޓު ދެއްވީ 75 މެންބަރުންނެވެ. ބަޖެޓު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 11 މެންބަރުންނެވެ.

ސަޕްލިމެންޓަރީ ބަޖެޓުގެ އުސްއަލިތައް

  • ޕީއެސްއައިޕީއަށް - ދެ ބިލިއަން ރުފިޔާ
  • ސަބްސިޑީއަށް - 1.02 ބިލިއަން ރުފިޔާ
  • ސަރުކާރު ކުންފުނިތަކަށް ފައިސާ ދޫކުރަން - 441.4 ބިލިއަން ރުފިޔާ
  • ކޮންޓިންޖެންސީ ބަޖެޓަށް - 650 މިލިއަން ރުފިޔާ
  • ސްޓޫޑެންޓު ލޯނު ދޫކުރުމަށް - 458.4 މިލިއަން ރުފިޔާ
  • މެޑިކަލް ކޮންސިއުމަބަލްސްއަށް - 200 މިލިއަން ރުފިޔާ
  • ބޭސްފަރުވާގެ އެހީއަށް - 262.6 މިލިއަން ރުފިޔާ
  • މުސާރަ އާއި އުޖޫރައަށް - 24.4 މިލިއަން ރުފިޔާ

އޭގެ އިތުރުން ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުދި އަދަދުތަކުން ބަޖެޓު ކުރުމަށް ފަހު ހުއްޓިފައި ހުރި ޕްރޮޖެކްޓުތައް ހިންގުން މި ސަރުކާރަށް ޖައްސާފައިވާ ކަމަށް ވެސް ފިނޭންސުން ބުންޏެވެ. އަދި މިކަން މިގޮތަށް ކުރީ މިދިޔަ އަހަރުގެ ތެރޭގައި މި މަޝްރޫއުތައް ބޮޑެތި އަދަދުތަކުން ކޮންޓްރެކްޓު ކުރުމަށް ފަހު އެޑްވާންސް ޕޭމަންޓުތައް ދޫކުރުމަށް ފަހުގައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ހަމައެހެންމެ ފާއިތުވި އަހަރުގެ ބިލުތަކަށް ފައިސާ ދެއްކުމަށާއި، އަލަށް ފަށާފައިވާ މެގަ މަޝްރުއޫތަކުގެ ދުވެލި އަންދާޒާކުރި މިންވަރަށް ވުރެ ބާރަށް ހިނގާފައިވާތީ އެ މަޝްރޫއުތަކަށް ފައިސާ ދެއްކުމަށް ވެސް ބަޖެޓު ސަޕްލިމެންޓު ކުރަން ޖެހޭ ކަމަށް ފިނޭންސުން ބުނެފައިވެ އެވެ. ސަޕްލިމެންޓު ކުރާ ފަސް ބިލިއަންގެ ތެރެއިން ދެ ބިލިއަން ހަރަދު ކުރަނީ ޕީއެސްއައިޕީއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox