ބްރެޒިލްގެ މަޝްހޫރު އެބަވް ބްރޭންޑުގެ ކޮސްމެޓިކްސް ލިބޭ "ނޯ ނޭމް" ނަމަކަށް ކިޔާ ފިހާރައެއް ހުޅުމާލޭ ވިނަރެސްގެ ހަތް ވަނަ ޓަވަރުގެ ގްރައުންޑު ފްލޯގައި އިއްޔެ ހުޅުވައިފި އެވެ.
ނޯ ނޭމްއިން ބުނީ ކުޅިވަރު ކުޅޭ މީހުންނަށް ހާއްސަ އެބަވް ބްރޭންޑުގެ ބޮޑީ ސްޕްރޭ ލިބެން ހުންނާނެ ކަމަށާއި އޭގެ ތެރޭގައި ފިރިހެނުންނާއި އަންހެނުންގެ އިތުރުން ޓީނޭޖް ކުދިންނަށް ހާއްސަ ބޮޑީ ސްޕްރޭ ވެސް ލިބެން ހުންނާނެ ކަމަށެވެ.
ފައިން ނުބައި ވަސް ދުވުމުގެ ހައްލު ހޯދައިދޭ ސްޕްރޭތަކުގެ އިތުރުން ކުޅިވަރު ކުޅެގެން އަރާ ކުދި ތަދުތަކަށް ހައްލު ލިބޭ ސްޕްރޭ ވެސް އެ ފިހާރައިން ލިބެން ހުންނާނެ ކަމަށް ނޯ ނޭމްއިން ބުންޏެވެ.

އެބަވްގެ ބްރޭންޑު އެމްބަސަޑަރުންގެ ތެރޭގައި ބްރެޒިލްގެ މަޝްހޫރު ފުޓުބޯޅަ ތަރީ ނޭމާ ހިމެނެ އެވެ.
އޭގެ އިތުރުން ނޯ ނޭމްއިން ބުނީ އަންހެނުންނާއި ފިރިހެނުން ރީތިވުމަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް އެ ފިހާރައިން ލިބެން ހުންނާނެ ކަމަށެވެ.
އޭގެ ތެރޭގައި އަންހެނުން މޭކަޕް ކުރުމަށް ބޭނުންވާ ސާމާނާއި ވެކްސް ކުރަން ބޭނުންވާ ސާމާނުގެ އިތުރުން އެކި ބްރޭންޑުތަކުގެ ޝަވަޖެލް އާއި ޝޭމްޕޫތައް ވެސް ހިމެނެ އެވެ.











