ފަލަސްތީނު މީހުންނަށް އެހީވާ ޔޫއެން ރިލީފް އެޖެންސީ މަނާކުރަން އިޒްރޭލުން ނިންމައިފި

Oct 30, 2024, 5:37 AM
ޔޫއެން ރިލީފް އެންޑް ވޯކް އެޖެންސީ (އަންރްވާ) އިން ގާޒާގެ ރައްޔިތުނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަނީ. ފޮޓޯ:އަންރްވާ

ޔޫއެން ރިލީފް އެންޑް ވޯކް އެޖެންސީ (އަންރްވާ) އިން ގާޒާގެ ރައްޔިތުނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަނީ. ފޮޓޯ:އަންރްވާ

ގާޒާއިން ފަލަސްތީނު މީހުންގެ ނަސްލު ނައްތައިލުމަށް ހިންގާ އުދުވާނުގެ އަނިޔާވެރިކަން އިތުރުކޮށް، ގާޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭސްފަރުވާ ފޯރުކޮށްދޭ، ޔޫއެން ރިލީފް އެންޑް ވޯކް އެޖެންސީ (އަންރުވާ) ހަރަކާތްތެރިވުން މަނާކުރާ ނިންމައިފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކުގައި އެ ޝަހަރުގެ ބޮޑުބައެއް ވީރާނާވެފައި ވާއިރު، ހާލުގައި ޖެހި މަގުމަތިވެފައިވާ އާއިލާތަކަށް ކާބޯތަކެއްޗާއި ބޭސްފަރުވާ ފޯރުކޮށްދޭން މަސައްކަތް ކުރާ މަދު އެެޖެންސީތަކުގެ ތެރޭގައި އަންރުވާ ހިމެނެ އެވެ. ފަލަސްތީނު މީހުންނަށް އެހީވާން އެކި ގައުމުތަކުން ހަދިޔާކުރާ ތަކެތީގެ ބޮޑު ބަޔަކާ ހަވާލުވަނީ ވެސް އެ އެޖެންސީންނެވެ.

ރޮއިޓާސް ބުނި ގޮތުގައި އިޒްރޭލުގައި އަންރުވާ ހަރަކާތްތެރިވުން މަނާކުރަން އިޒްރޭލު ޕާލަމެންޓުން އިއްޔެ "ގާނޫނެއް" ފާސްކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ހަމާސް އިން ދިން ހަމަލާގައި އަންރުވާގެ ހަރަކާތްތެރިން ބައިވެރިވި ކަމަށް ތުހުމަތުކޮށްފަ އެެވެ.

އެގޮތަށް ނިންމައި އެކަން ތަންފީޒުކޮށްފި ނަމަ ގާޒާގައި މިހާރު ވެސް ވަރަށް ހާލުގައި ތިބި ފަލަސްތީނު މީހުންގެ ހާލަތު ވަރަށް ގޯސްވާނެ ކަމަށް އިޒްރޭލަށް މަދަދުވެރިވާ ހުޅަނގު ގައުމުތަކުން ވެސް ދެކޭ ކަމަށް ރޮއިޓާސްގެ ރިޕޯޓްގައި ބުންޏެވެ.

އަންރުވާގެ ކޮމިޝަނާ ޖެނެރަލް ފިލިޕް ލަޒަރިނީ ވިދާޅުވި ގޮތުގައި އިޒްރޭލު ޕާލަމެންޓްގެ އެ ނިންމުމަކީ ޔޫއެންގެ ޗާޓަރާ ހިލާފު ނިންމުމެކެވެ. އެއީ ވަރަށް ނުރައްކާތެރި ނިންމުންތަކެއްގެ ފެށުން ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.

އަންރުވާ މަނާކުރުމަކީ ބައިނަލް އަގުވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން ހިންގާ އެތައް ޖަރީމާއެއްގެ ތެރެއިން އެންމެ ކަމެކެވެ. ހަމާސް އާ ދެކޮޅަށް ކަމަށް ބުނެ މުޅި ގާޒާ ފަނާކޮށް، އާއްމުންގެ 40،000 އަށް ވުރެ ގިނަ މީހުން މަރައި، ގާޒާގެ ހުރިހާ ހޮސްޕިޓަލެއް ހަލާކުކުރުމަކީ ވެސް ބައިނަލް އަގުވާމީ ހުރިހާ ގާނޫނަކާ ހިލާފަށް ހިންގި ޖަރީމާތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox