ޔުނައިޓެޑް ބަލި، ޗެލްސީ މޮޅު، ލިވަޕޫލާއި އާސެނަލް އެއްވަރު

Oct 27, 2024, 11:43 PM
ޔުނައިޓެޑް ބަލި، ޗެލްސީ މޮޅު، ލިވަޕޫލާއި އާސެނަލް އެއްވަރު

ލަންޑަން (އޮކްޓޫބަރު 28) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް 2-1 އިން ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވިއިރު، ޗެލްސީން 2-1 އިން ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވެ، އާސެނަލާއި ލިވަޕޫލް 2-2 އިން އެއްވަރުވެއްޖެ އެވެ.

ޔުނައިޓެޑް ކޮޅަށް ވެސްޓް ހޭމްގެ ކްރައިސެންސިއޯ ސަމާވިލް ގޯލު ޖެހިތާ މާގިނައިރެއްނުވެ، ކަސެމީރޯ ވަނީ ޔުނައިޓެޑަށް އެއްވަރުކޮށްދީފަ އެވެ.

އެކަމަކު، ޔުނައިޓެޑްގެ ޑިފެންޑަރު، މަތައިސް ޑި ލިޓް އޭރިއާތެރެއިން ވެސްޓް ހޭމްގެ ޑެނީ އިންގްސް އަށް ފައުލުކުރި ކަމަށް ބަލައި، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން ދަނޑުގައި ހުރި މޮނީޓަރުން ވެސް ކަށަވަރުކުރުމަށް ފަަހު ދިން ޕެނަލްޓީ ޖެރަަޑް ބޮވެން ވަނީ ކާމިޔާބުކޮށް ޖެހިޖެހިގެން ތިން ވަނަ ސީޒަނުގައި ވެސްޓް ހޭމް އަށް އަމިއްލަ ދަނޑުގައި ޔުނައިޓެޑް އަތުން މޮޅެއް ހޯދައިދީފަ އެވެ.

ޗެލްސީން ރޭގެ މެޗު ކާމިޔާބުކުރިއިރު، ލަނޑުތައް ޖެހީ ނިކޮލަސް ޖެކްސަން އާއި ކޯލް ޕާމާ އެވެ. ނިއުކާސަލްގެ ހަމައެކަނި ލަނޑު ޖެހީ އަލެކްސަންޑަ އިސާކް އެެވެ.

ލިވަޕޫލް ކޮޅަށް އާސެނަލްގެ ފުރަތަމަ ލަނޑު ޖެހީ ބުކާޔޯ ސަކާ އެވެ. ލިވަޕޫލުން އެއްވަރުކުރީ ވާޖިލް ވެން ޑައިކް ޖެހި ގޯލުންނެވެ. މިކޭލް މެރީނޯ ވަނީ އާސެނަލަށް ޖަހައިދިން ފުރަތަަ ލަނޑާ އެކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލުން އެ ޓީމަށް ކުރިހޯދައިދީފަ އެެވެ. އެކަމަކު، މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް މުހައްމަދު ސަލާހު ވަނީ ލަނޑު ޖަހައި، ލިވަޕޫލަށް އެއްވަރުކޮށްދީފަ އެވެ.

ކްރިސްޓަލް ޕެލަސް އިން ވަނީ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން 1-0 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްފަ އެވެ.

ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ ނުވަ މެޗުން 23 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް ނުވަ މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އާސެނަލަށް ވަނީ ނުވަ މެޗުން 18 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް އެސްޓަން ވިލާ އަށް ވެސް ނުވަ މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ޗެލްސީ އަށް ނުވަ މެޗުން ވަނީ 17 ޕޮއިންޓް ލިބިފަ އެވެ.

ނުވަ މެޗުން 13 ޕޮއިންޓާ އެކު ޓޮޓެންހަމް އޮތީ ލީގުގެ އަށް ވަނައިގަ އެވެ. އަދި ޔުނައިޓެޑަށް ނުވަ މެޗުން ލިބުނު 11 ޕޮއިންޓާ އެކު އޮތީ ލީގުގެ 14 ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox