ފާޑުކިޔުން އަމާޒުވުމުން ޓެލެތޯނުގެ ފައިސާ ފޮނުވި ލިޔުންތައް އާންމުކޮށްފި

ކުރީގެ ފޮރިން މިނިސްޓަރު ޒަމީރު (ކ) އަދި ފޮރިން މިނިސްޓަރު ހަލީލު ވަޒީރުންގެ މަޖިލީހުގައި: މި ލިޔުންތައް ހޯދަން އާރުޓީއައި ހުށަހެޅިއިރު ފޮރިން މިނިސްޓަރަކަށް ހުންނެވީ ޒަމީރު --- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ފޮރިން މިނިސްޓަރު ޒަމީރު (ކ) އަދި ފޮރިން މިނިސްޓަރު ހަލީލު ވަޒީރުންގެ މަޖިލީހުގައި: މި ލިޔުންތައް ހޯދަން އާރުޓީއައި ހުށަހެޅިއިރު ފޮރިން މިނިސްޓަރަކަށް ހުންނެވީ ޒަމީރު --- ފޮޓޯ: ރައީސް އޮފީސް

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ބޭއްވި ޓެލެތޯނުން ލިބުނު ފައިސާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) އާ ހަވާލުކުރި ލިޔުން ދޭން ދެކޮޅު ހެދުމުން ކުރިމަތިވި ފާޑުކިޔުންތަކުގެ ސަބަބުން، އެން ފަހުން އެ ލިޔުންތައް ރޭ އާންމުކޮށްފި އެވެ.

މި ލިޔުންތައް ހޯދުމަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަދަދު ނޫހުން ހުށަހެޅުމުން މިހާތަނަށް ފޮރިން މިނިސްޓްރީން ޖަވާބެއް ނުދެ އެވެ. އެ މައްސަލަ ބަލައި އިންފޮމޭޝަން ކޮމިޝަނުގެ އޮފީހުން އޮކްޓޯބަރު 17، ގައި ނިންމީ ފަސް ދުވަހުގެ ތެރޭ އެ ލިޔުންތައް ދިނުމަށެވެ. ނަމަވެސް އެ އެންގުމަށް ސަރުކާރުން އަމަލެއް ނުކުރެ އެވެ.

އެ މުއްދަތު ހަމަވެ، ވުޒާރާގެ ޖަވާބެއް ނުލިބުމުން މި ނޫހުން ވާނީ އެ ލިޔުންތައް ދޭން ފޮރިން މިނިސްޓްރީން ދެކޮޅު ހެދި ހަބަރު ގެނެސްދީފަ އެވެ. އެ ހަބަރާއެކު އާންމުންގެ ފާޑުކިޔުން އަމާޒުވުމާއެކު އެ ވުޒާރާއިން އެ ލިޔުންތަކާއެކު ބަޔާނެއް ނެރުނީ ރޭ ދަންވަރު އެވެ.

އެ ބަޔާނާއެކު، ޓެލެތޯނުން ލިބުނު 19 މިލިއަން ރުފިޔާ، މަރުކަޒީ ބޭންކު އެމްއެމްއޭ އިން ފޮނުވިކަމުގެ ލިޔުމާއި، އެ ފައިސާ ޖަމާކުރި އެމެރިކާގެ ބޭންކުން ދީފައިވާ ލިޔުން ވެސް އާންމުކޮށްފައިވެ އެވެ.

އެ ފައިސާ އަންރުވާއިން ހަރަދުކުރާނެ ޕްރޮގްރާމުތައް ކަނޑައެޅުމަށް އެ ފަރާތާއެކު ދިވެހި ސަރުކާރުން މަޝްވަރާކުރަމުންދާކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް، މި މައުލޫމާތު ހޯދުމަށް ހުށަހެޅި އާރުޓީއައި އަށް ޖަވާބެއް ނުދީ، އައިކޮމްގެ ނިންމުމާ ވުޒާރާއިން ހިލާފުވި ސަބަބެއް ނެރުނު ބަޔާނުގައި ނުބުނެ އެވެ.

ސަރުކާރުން އިސް ނަގައިގެން މިފަދަ ޓެލެތޯނެއް ބާއްވައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ނިންމީ އިޒްރޭލުން ގާޒާގައި ހިންގަމުންދާ ނަސްލުހޭދުކުރުމުގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ކާރިސާއާ ގުޅިގެންނެވެ.

އެ ޓެލެތޯނުގައި ހުޅުވި ފަންޑަށް ރައީސް މުއިއްޒުގެ ދެ ކަނބަލުންގެ އިތުރުން ވަޒީރުންނާއި މަޖިލިސް މެންބަރުން އަދި ސަރުކާރުގެ ކުންފުނިތަކުންވެސް ފައިސާ ހަދިޔާކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox