ބަޖެޓުން ހަރަދުކުރި ގޮތުގެ ތަފުސީލު، ސަޕްލިމެންޓަރީ ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް ވެސް ސިއްރުކުރަން ފާސްކޮށްފި

ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: މަޖިލިސް އިދާރާ

ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: މަޖިލިސް އިދާރާ

މި އަހަރަށް ލަފާކޮށް 19 ވަނަ މަޖިލީހުން ފާސްކުރި ބަޖެޓުން މިއަދާ ހަމައަށް ހަރަދުކުރި ގޮތުގެ ތަފުސީލު، މި ސަރުކާރުން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް ވެސް ސިއްރުކުރަން އެ ކޮމިޓީން ފާސްކޮށްފި އެވެ.

މި އަހަރުގެ ބާކީ ބަޔަށް ބޭނުންވާ ހަރަދުތައް ހަމަޖެއްސުމަށް ކަމަށް ބުނެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހަށް ހުށަހެޅުއްވީ ފަސް ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް މިނިސްޓަރު ހާޒިރުވާނީ މާދަމާ އެވެ.

މިނިސްޓަރު ހާޒިރުވާއިރު މި އަހަރުގެ ބަޖެޓު މިހާތަނަށް ހަރަދުކުރި ގޮތުގެ ތަފުސީލު ކޮމިޓީއާ ހިއްސާކުރުމަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްގަފޫރު މޫސާ އެވެ.

Advertisement

މި ހުށަހެޅުމަށް ވޯޓަށް އެހުމުން އެ ތަފުސީލުތައް ކޮމިޓީއަށް ހިއްސާކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ ހަތަރު މެންބަރުންނާއި އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް އެވެ.

ނަމަވެސް، ކޮމިޓީގައި ހިމެނޭ ޕީއެންސީގެ 14 މެންބަރުންނާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ތަފުސީލުތައް ސިއްރުކުރަން ވޯޓު ދެއްވާފަ އެވެ. މި ހުށަހެޅުމަށް ވަކިގޮތަކަށް ވޯޓު ނުދެއްވީ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އެވެ.

ތަފުސީލުތައް ސިއްރުކުރަން ފެންނަ ކަމަށް ޕީއެންސީ މެންބަރުން ވޯޓު ދެއްވަން ފެށުމާއެކު އިދިކޮޅު މެންބަރުން ވަނީ، ރައްޔިތުންގެ ފައިސާ ހަރަދުކުރި ގޮތް އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ވިދާޅުވެފަ އެވެ.

ސަޕްލިމެންޓަރީ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވީ، މި އަހަރަށް ފާސްކުރި 49 ބިލިއަން ރުފިޔާގެ ބަޖެޓުން މިދިޔަ މަހުގެ ނިޔަލަށް ހަރަދުވީ 37 ބިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް، ޖޫން 20، ގެ ފަހުން ސަރުކާރުން މާލީ ތަފާސްތައް ހާމަކޮށްފައި ނުވާތީ މި ފައިސާ ހަރަދުކުރި ގޮތެއް ސާފެއް ނުވެ އެވެ.

ނަމަވެސް، އިދިކޮޅު އެމްޑީޕީން ދަނީ މި އަހަރުގެ ބަޖެޓު އެއްކޮށް ހުސްވެފައިވާ ކަމަށެވެ. 37 ބިލިއަން ހަރަދުވި ކަމަށް ފިނޭންސުން ބުނީ އިދިކޮޅުން ބަޖެޓު ހުސްވި ކަމަށް ބުނަމުންދަނިކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox