ގަބޫލުކުރަނީ ލިވަޕޫލް ބަލިކުރެވޭނެ ކަމަށް: އާޓެޓާ

Oct 27, 2024, 5:03 AM
ގަބޫލުކުރަނީ ލިވަޕޫލް ބަލިކުރެވޭނެ ކަމަށް: އާޓެޓާ

ލަންޑަން (އޮކްޓޫބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު، އާސެނަލުން ގަބޫލުކުރާނީ އެ ޓީމަށް މި މެޗުން މޮޅުވެވޭނެ ކަމަށް ކަމުގައި އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

ލީގުގެ އެއް ވަނައިގައި ކުރިން އޮތް ލިވަޕޫލަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ރޭ ސިޓީ އެއް ވަނަ އަށް އެރީ ދެ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އެ ގޮތުން، ސިޓީ އަށް ވަނީ ނުވަ މެޗުން 23 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް އަށް މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، މިރޭ އެ ޓީމުން ރަށުންބޭރުގައި ކުޅޭނީ ހަތަރު ވަަނައިގައި އޮތް އާސެނަލާ އެވެ.

އާސެނަލަށް ވަނީ އަށް މެޗުން 17 ޕޮއިންޓް ލިބިފަ އެވެ. އާސެނަލް ފަހަތަށް ޖައްސާލައި ތިން ވަނަ އަށް އެރީ މިރޭ ބޯންމައުތާ 1-1 އިން އެއްވަރުވި އެސްޓަން ވިލާ އެވެ. އެސްޓަން ވިލާ އަށް ވަނީ ނުވަ މެޗުން 18 ޕޮއިންޓް ލިބިފަ އެވެ.

ލީގު ތާވަލަށް ބަލާްއިރު، އަސެނަލާއި ލިވަޕޫލް މެޗުގެ މުހިންމުކަން ދެ ޓީމަށް ވެސް ބޮޑެވެ. މެޗުގެ ކުރިން، ނޫސްވެރިންގެ ގިނަ ސުވާލުތަކެއް އަމާޒިުވީ އާސެނަލުން އަމިއްލަ ދަނޑުގައި ކުޅޭ މި މެޗުން ބަލިވެއްޖެނަމަ ލީގުގެ ރޭހުގައި އެ ޓީމަށް ދިމާވާނީ ކިހިނެއްތޯ އެވެ.

އެ އަށް ދިން ޖަވާބުގައި، އާޓެޓާ ބުނީ، އޭނާ އެއްވެސް މެޗަކަށް ނުކުންނައިރު، ބަލިވެއްޖެނަމަ ވާނެގޮތަކާ މެދު ނުވިސްނާ ކަމަށެވެ.

"އަހަރެން އަބަދުވެސް ވިސްނަނީ ޕޮޒިޓިވްކޮށް، ބަލިވެއްޖެނަމަ ވާނެ ގޮތެއް ބަލައިފިއްޔާ. މޮޅަކަށް ފޯކަސް ކުރަން އުނދަގޫވާނެ. އަހަރެމެން އެސްޓަން ވިލާ މެޗަށް ނުކުތްއިރު ވެސް އެންމެން ދެއްކީ ބަލިވެއްޖިއްޔާ ވާނެ ކަންކަމުގެ ވާހަކަ. އެކަމަކު، އަހަރެން ހުރީ ޕޮޒިިޓިވްކޮށް. އެހެންވެ، މި ބުނަނީ ލިވަޕޫލާ ކުޅޭއިރު ވެސް ވިސްނުމަކީ އަދި ގަބޫލުކުރަނީ އާސެނަލްގެ މޮޅަކަށް،" އާޓެޓާ ބުންޏެވެ.

މިދިޔަ ސީޒަނުގައި އާސެނަލުން ލިވަޕޫލް ދަނޑުގައި އެއްވަރުކުރިއިރު، އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މޮޅުވި އެވެ. އެހެންކަމުން، އާޓެޓާ ހުރީ އިތުބާރާ އެކު މި ފަހަރު ވެސް ކާމިޔާބު ހޯދަން މަސައްކަތް ފަށައިގެންނެެވެ.

މިރޭގެ މެޗަށް ނުކުންނައިރު އާސެނަލްގެ ވިލިއަމް ސަލީބާ ހުރީ ސަސްޕެންޝަނުގަ އެވެ. އަނިޔާގެ ސަބަބުން ރިކާޑޯ ކަލަފިއޯރީ އަށް މި މެޗު ގެއްލިދާނެ ކަމަށް ބެލެވޭއިރު، ޔަގީނުންވެސް އަނިޔާއާ ހެދި ޔޫރިއަން ޓިމްބާ، ޓަކެހީރޯ ޓޮމިޔާސޫ އަދި ކިއެރަން ޓިއެރަނީ އަށް މި މެޗުގައި ނުކުޅެވޭނެ އެވެ.

އާސެނަލާއި ލިވަޕޫލް ކުޅޭ މެޗު ފަށާނީ މިރޭ 21:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox