ޑި ލޮރެންޒޯގެ ގޯލުން މޮޅުވެ ނަޕޯލީ ލީޑުގައި

Oct 26, 2024, 4:14 PM
ޑި ލޮރެންޒޯގެ ގޯލުން މޮޅުވެ ނަޕޯލީ ލީޑުގައި

ނޭޕްލްސް، އިޓަލީ (އޮކްޓޫބަރު 26) - އިޓާލިއަން ލީގުގައި ޖިއޮވާނީ ޑި ލޮރެންޒޯ ޖެހި ގޯލުން 1-0 އިން ލެއްޗޭ ބަލިކޮށް ނަޕޯލީން ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފި އެވެ.

އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި މި ފަހަރުގެ ލީގު ދަށްކޮށް ފެށި ނަމަވެސް ނަޕޯލީ ވަނީ ފޯމު ރަނގަޅުކޮށްފަ އެވެ. އެ ޓީމުން މިރޭގެ ނަތީޖާއާ އެކު، ބަލިނުވެ ލީގުގައި މި ވަނީ އަށް މެޗު ހަމަކޮށްފަ އެވެ. ލީގުގައި މި ފަހަރު ކުޅުނު ފުރަތަމަ މެޗުން ނަޕޯލީ ވަނީ ހެޔަސް ވެރޯނާ އަތުން 3-0 އިން ބަލިވެފަ އެވެ. އެ ފަހުން، އެ ޓީމުން ފަސް އެނބުރި ބަލާފައިނުވެ އެވެ.

ނަޕޯލީ އެއް ވަނައިގައި އޮތީ ނުވަ މެޗުން 22 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، އިންޓަ މިލާނަށް ވަނީ އަށް މެޗުން 17 ޕޮއިންޓް ލިބިފަ އެެވެ. އިންޓަ އިން މާދަމާރޭ ކުޅޭ މެޗުގައި ޔުވެންޓަސްއާ ބައްދަލުކުރާއިރު، ޔުވެންޓަސް މި ވަގުތު ތިން ވަނައިގައި އޮތީ، 16 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. މިރޭ، ކަލިއަރީ އަތުން 2-0 އިން މޮޅުވި އުދިނޭޒީ ހަތަރެއްގައި އޮތީ ނުވަ މެޗުން 16 ޕޮއިންޓް ހަމަކޮށްގެންނެވެ.

އަށް މެޗުން 14 ޕޮއިންޓާ އެކު، ލީގުގެ ފަސް ވަނައިގައި އޮތް އޭސީ މިލާން ކުޅެން އޮތް މެޗު ވަނީ ވިއްސާރައިގެ ސަބަބުން ފަސްކޮށްފަ އެވެ. އެއީ، ބޮލޯނިއާ ދަނޑުގައި މި މެޗު ކުޅެވޭ ވަރަށް ވިއްސާރައިގެ ހާލަތު ރަނގަޅުނުވާނެތީ އެވެ.

ނަޕޯލީގެ ކެޕްޓަން، ޑި ލޮރެންޒޯ، ރަނގަޅު ގޯލު ޖެހުމުގެ ފޯމެއްގައި ހުރިއިރު، މެޗުގެ 26 ވަަނަ މިނިޓްގައި އޭނާ ޖެހި ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެެވެ. އެކަމަކު، މެޗުގެ 73 ވަނަ މިނިޓްގައި ޑި ލޮރެންޒޯ ވަނީ ނަޕޯލީގެ ލަނޑު ޖަހައިފަ އެެވެ. މިއީ، ނަޕޯލީގެ މިޑްފީލްޑަރު، ސްކޮޓް މެކްޓޮމިނޭ ބޮލުން ޖެހި ބޯޅައެއް، ލެއްޗޭ ކީޕަރު ވްލަޑިމީރޯ ފަލްކޯނޭ އަތުގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސަކުން ޑި ލޮރެންޒޯ ޖެހި ގޯލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox