ކާވާ މުބާރާތުގެ އިންޑިވިޖުއަލް ޓްރޮފީއެއް ކުޑަކާއްޓެ އަށް

Oct 25, 2024, 9:30 AM
ކާވާ މުބާރާތުގެ އިންޑިވިޖުއަލް ޓްރޮފީއެއް ކުޑަކާއްޓެ އަށް

އުޒްބެކިސްތާންގައި ކުރިއަށްދިޔަ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި، އެންމެ ރަނގަޅު ކުޅުމެއް ދެއްކި އިންޑިވިޖުއަލް ކުޅުންތެރިޔާގެ ޓްރޮފީ، ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ހޯދައިފި އެވެ.

ހަ ގައުމު ވާދަކުރި މި މުބާރާތުން ރާއްޖޭން ފަސް ވަނަ ހޯދިއިރު، މޮޅުވީ ކުޅުނު ހަ މެޗުގެ ތެރެއިން ދެ މެޗުންނެވެ. އެއީ، ލީގު ބުރުގެ ފަހު މެޗުން ތަޖިކިސްތާން އަަތުންނާއި ރޭންކިން މެޗުގައި ތަޖިކިސްތާން އަތުންނެވެ.

ރާއްޖޭން މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްގައި ވެސް ކުޑަކާއްޓެ ވަނީ އިންޑިވިޖުއަލީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އިންޑިވިޖުއަލް ކުޅުންތެރިންގެ ރޭންކިން، (ސްޕައިކް، ބްލޮކް އަދި ސާވް) އަށް ބަލާއިރު، ކުޑަކާއްޓެ އުޅެނީ އެންމެ ކުރީގަ އެވެ. އެ ގޮތުން، ކުޑަކާއްޓެ އަށް ވަނީ، ސްޕައިކަށް 99 ޕޮއިންޓް، ބްލޮކް އަށް ނުވަ ޕޮއިންޓް އަދި ސާވް އަށް ލިބުނު ދެ ޕޮއިންޓާ އެކު، ޖުމްލަ އެކު، 110 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް، ތުރުކުމެނިސްތާންގެ ވެއިސޯވް ބޭރަމްގެލްޑީ އަށް ލިބުނީ، 95 ޕޮއިންޓެވެ.

ރޭންކިންގައި ދެން އެންމެ ރަނގަޅު ދިވެހި ކުޅުންތެރިއަކީ ހުސެއިން ޝަމާއިލް އެވެ. އޭނާ ވަނީ، 69 ޕޮއިންޓް ހޯދައިފަ އެވެ. ނުވަ ވަނައިގައި އޮތް ޝަމާއިލް ވަނީ 62 ޕޮއިންޓް ހޯދައި، ހަތަރު ބްލޮކް އަދި ތިން ސާވިސް ކާމިޔާބުކޮށްފަ އެވެ.

މުބާރާތުގެ ޗެމްޕިއަންކަން، ކިރްގިސްތާނުން ހޯދީ ފައިނަލުގައި އުޒްބެކިސްތާން އަތުން 3-0 އިން މޮޅުވެގެންނެވެ. ތިން ވަނަ އަށް ދޭ ލޯ މެޑަލް ހޯދީ، އަފްގާނިސްތާން އަތުން 3-0 އިން މޮޅުވި، ތުރުކުމެނިސްތާން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox