ސަޕްލިމެންޓަރީ ބަޖެޓުގެ ބޮޑު ބައެއް ސަރުކާރުގެ ކުންފުނިތަކަށް

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅުއްވަނީ: އެ ބަޖެޓުގެ ބޮޑު ބައެއް ހަރަދުކުރާނީ ސަރުކާރު ކުންފުނިތަކަށް --- ފޮޓޯ: މަޖިލިސް އިދާރާ

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅުއްވަނީ: އެ ބަޖެޓުގެ ބޮޑު ބައެއް ހަރަދުކުރާނީ ސަރުކާރު ކުންފުނިތަކަށް --- ފޮޓޯ: މަޖިލިސް އިދާރާ

މި އަހަރުގެ ބާކީ އޮތް ބަޔަށް ދާނެ ހަރަދުތައް ލަފާކޮށް އިއްޔެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުގެ ބޮޑު ބައެއް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހަރަދުކުރަން ނިންމާފައިވާކަން ބަޖެޓު ތަފުސީލުތަކުން ދައްކައިފި އެވެ.

މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވަނީ ހުށަހަޅާ ޖުމްލަ 5.1 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބޮޑު ބަޔަކީ ކެޕިޓަލް ކޮންޓްރިބިއުޝަން އަދި ސަބްސިޑީގެ ގޮތުގައި ހިމަނާފައިވާ ހަރަދުތައް ކަމުގައި ވިދާޅުވި އެވެ. މީގެ ތެރެއަށް ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކަށް ދޫކުރާ ފައިސާ ހިމެނުމުން ބަޖެޓުގެ ބޮޑު ބަޔެއް ދާނީ މި ކުންފުނިތަކަށެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ސަޕްލިމެންޓަރީ ބަޖެޓު ފޮތުން އެނގޭ ގޮތުން ސަބްސިޑީ ދިނުމަށާއި ކެޕިޓަލް ދޫކުރުމަށް ބަޖެޓުގައި ޖުމްލަ 1.46 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެއީ ޖުމްލަ ބަޖެޓުގެ %28 އެވެ.

އޭގެ ތެރެއިން ކެޕިޓަލް ކޮންޓްރިބިއުޝަން އަށް ހިމަނާފައިވަނީ 441.4 މިލިއަން ރުފިޔާ އެވެ. މި އަހަރަށް ފާސްކުރި ބަޖެޓަށްވުރެ ސަރުކާރުގެ ކުންފުނިތަކަށް ކެޕިޓަލް ދޫކުރާ މިންވަރު އިތުރުކުރަން ސަޕްލިމެންޓަރީ ބަޖެޓުގައި މި އަދަދު ހިމެނީ އެ ކުންފުނިތަކުން ގެންދާ މަޝްރޫއުތަކަށާއި ކުންފުނިތަކުގެ ކޭޝްފްލޯ ހަމަޖެއްސުމަށް ކަމަށް ފިނޭންސުން ބުންޏެވެ.

ސަޕްލިމެންޓަރީ ބަޖެޓުގައި ހިމަނައިގެން ކެޕިޓަލް ދޫކުރަނީ ސަރުކާރުގެ ހަތަރު ކުންފުންޏަކަށެވެ. އެއީ ފަހި ދިރިއުޅުން ކޯޕަރޭޝަން، ފެނަކަ، އާރުޑީސީ، އަދި ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނެވެ. މީގެއިތުރުން މި ސަރުކާރުން އަލަށް ގާއިމުކުރި ޑިވެލޮޕްމަންޓް ބޭންކުގެ ހިދުމަތް ފެށުމަށް ބޭނުންވާ ކެޕިޓަލް ދޫކުރަނީ ވެސް ސަޕްލިމެންޓަރީ ބަޖެޓުންނެވެ.

ބަޖެޓު ފޮތުގައިވާ ގޮތުން، ސަބްސިޑީގެ ގޮތުގައި ސަޕްލިމެންޓަރީ ބަޖެޓުން ސަރުކާރު ކުންފުނިތަކަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރާނެ އެވެ.

ސަޕްލިމެންޓަރީ ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި ބިލިއަނެއް ހިމެނީ، މި އަހަރަށް ސަރުކާރަށް ފާސްކުރި ބަޖެޓުގައި އަންދާޒާކުރި ގޮތަށް ނިމިދިޔަ ޖުލައި މަހާ ހަމައަށް ސަބްސިޑީ ރިފޯމުގެ ސިޔާސަތުތައް ތަންފީޒުކުރަން ނުފެށުމާއި އަހަރު ނިމުމުގެ ކުރިން ވެސް އެކަން ވާނެ ކަމަށް ނުބެލެވޭތީ ކަމަށް ބަޖެޓު ފޮތުގައިވެ އެވެ.

މީގެ ކުރިން ސަރުކާރުން ވަނީ މި އަހަރު ނިމުމުގެ ކުރިން ސަބްސިޑީ ރިފޯމުގެ މަސައްކަތް ފެށޭނެ ކަމަށް ތަކުރާރުކޮށް ބުނެ، އެކި ތާރީހުތައް ދީފަ އެވެ.

ބަޖެޓުގައި ހިމެނީ ސަބްސިޑީގެ ތެރޭގައި ފެނަކައިގެ ކޭޝްފްލޯ ހަމަޖެއްސުމަށާއި ބަޖެޓުގައި ނުހިމަނާ ދޫކުރި ރޯދަ މަހުގެ ކަރަންޓު ޑިސްކައުންޓާއި މިސްކިތްތަކުގެ ޓެރިފް ދަށްކުރުމުގެ ސަބަބުން ހޭދަވި ހަރަދު ވެސް ހިމެނެ އެވެ. ހޫނުގަދަވެ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުން، ކަރަންޓު ސަބްސިޑީ އިތުރުވީ ސަބަބެއްގެ ގޮތުގައިވެ އެވެ.

ކާބޯތަކެތީގެ އަގު ހެޔޮކުރުމަށް ދޫކުރާ ސަބްސިޑީއަށް ދާ ހަރަދު އިތުރުވި ސަބަބުތަކުގެ ތެރޭގައި ރޯދައާ ދިމާކޮށް ކާޑު ބެހުން ހިމެނެ އެވެ. އެއީވެސް ފާސްކުރި ބަޖެޓުގައި ނުހިމެނޭ ހަރަދެކެވެ. އަދި، ވެމްކޯއިން ނަގަމުން އަންނަ ފީތައް ކުޑަކުރުމުގެ ސަބަބުން ކުނި މެނޭޖްކުރުމަށް ސަރުކާރުން ދޫކުރާ ސަބްސިޑީގެ މިންވަރުވެސް އިތުރުވެފައިވާކަން ފިނޭންސުން ވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox