"ބަޖެޓުން ހަރަދުކުރި ކަމަށް ފެންނަނީ 18 ބިލިއަން، ބާކީ 31 ބިލިއަން މި ސަރުކާރުން ދިރުވާލައިފި"

ކަނޑިތީމު މެންބަރު އަމީން, ކެންދޫ މެންބަރު މަޓޭ, ގަލޮޅު ދެކުނު މެންބަރު މީކާއިލް, ހުޅުމާލެ ދެކުނު މެންބަރު ޝަމްހީދު, ހަނިމާދޫ މެންބަރު ޣަފޫރު ---

ކަނޑިތީމު މެންބަރު އަމީން, ކެންދޫ މެންބަރު މަޓޭ, ގަލޮޅު ދެކުނު މެންބަރު މީކާއިލް, ހުޅުމާލެ ދެކުނު މެންބަރު ޝަމްހީދު, ހަނިމާދޫ މެންބަރު ޣަފޫރު ---

މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުން ހަރަދު ކުރި ގޮތް ހާމަނުކޮށް އެ ފައިސާއިން ދެކޮޅު ނުޖެހިގެން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފައިވަނީ ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުމުގެ ނިޔަތުގައި ކަމަށާއި 31 ބިލިއަން ރުފިޔާއަށް ވީނުވީއެއް ނޭނގި ދިރުވާލާފައިވާ ކަމަށް އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުން ވިދާޅުވެއްޖެ އެވެ.

މިއަދު ފިނޭންސް މިނިސްޓަރު ވަނީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. އެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ މެންބަރުން ވިދާޅުވީ، ހަރަދުތައް ސިއްރުކޮށްގެން ތިބެ މުޅި މާލީ ނިޒާމާ މެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ސަރުކާރުން ގެއްލުވާލާފައިވާ ކަމަށެވެ.

"49 ބިލިއަން ރުފިޔާގެ ބަޖެޓުން މިހާ ހިސާބަށް އައިއިރު ހަރަދު ކުރެވިފައިވާ ކަމަށް އޮތީ އެންމެ 18 ބިލިއަން ރުފިޔާ. ބާކީވާ 31 ބިލިއަން ރުފިޔާއަށް ވީ ގޮތެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އެހެން ތިއްބާ އިތުރު ފަސް ބިލިއަންގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައިފި. އެ 31 ބިލިއަނަށް ވީ ގޮތެއް ހިސާބުތަކުން ބުނެ ނުދީ, ދައުލަތުގެ މާލީ ރިޕޯޓުތައް ހާމަނުކޮށް އިތުރު ފަސް ބިލިއަން ރުފިޔާ ދޭށޭ ތި ވިދާޅުވަނީ," ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވި އެވެ.

Advertisement

ޖޫން 20, ގެ ފަހުން ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ހިސާބުތައް ހާމަނުކުރެ އެވެ. އެ މައުލޫމާތުތައް ހާމަކުރާނެ ދުވަހެއް ވެސް ސަރުކާރުން ބުނެފައި ނުވާއިރު އެކަމުގެ ކަންބޮޑުވުން އެމްޑީޕީގެ މެންބަރުން ވަނީ ފާޅުކޮށްފަ އެވެ. ހަރަދުތައް ފޫބެއްދުމަށް ދަރަނި ނަގަމުންދާކަން ވެސް މެންބަރުން ފާހަގަކުރެއްވި އެވެ.

31 ބިލިއަން ރުފިޔާ ފެން ތައްޓާކާ ނުލައި މި ސަރުކާރުން ވީނުވީއެއް ނޭނގި ދިރުވާލައިފި,

ބަޖެޓަށް ތާއިދެއް ނެތް ކަމަށާއި ބަޖެތު ފާސްވިޔަ ނުދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވެސް މަޓޭ ވިދާޅުވި އެވެ.

"މިއަހަރާ އެއްވަރަށް ދައުލަތުން ހަރަދު ކުރި އަހަރެއް މި ބަޖެޓު ފާސްކުރީމަ ދެނެއް ނޯންނާނެ. މި ދައްކަނީ ހަރަދު ކުޑަކުރާ ވާހަކަ. ނަމަވެސް ހަރަދު ކުޑަކުރާ ތަނެއް ނުފެނޭ އަޅުގަނޑުމެންނަށް. އެއްވެސް ޕްރޮޖެކްޓެއް ހިނގާ މަންޒަރެއް ނުފެނޭ. ހަރަދު ވެއްޖެ ދުވަހަކު ވެސް ހަރަދު ނުވާ ވަރަށް. އެ ހަރަދު ހިނގި ގޮތެއް ފެންނާކަށް ނެތް. މާލިއްޔަތު ކޮމިޓީއަށް ވެސް ފެންނަން ނެތް," މާލިއްޔަތު ކޮމިޓީގައި އެމްޑީޕީ ތަމްސީލުކުރާ ދެ މެންބަރުންގެ ތެރެއިން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވި އެވެ.

މި ސަރުކާރުން ވެސް ދަރަނި ނަގަމުންދާ ކަމަށާއި ނަމަވެސް އެ ދަރަނި ނަގައިގެން ރައްޔިތުންނަށް ޓަކައި ކުރެވޭ އެއްވެސް ކަމެއް ފެންނަމުން ނުދާކަން އެމްޑީޕީގެ މެންބަރުން ފާހަގަކުރެއްވި އެވެ.

"މި އަހަރު ދައުލަތުގެ ދަރަންޏަށް 21 ބިލިއަން އެބަ އިތުރުވޭ. މިއީ ރާއްޖޭގެ ތާރީހެއްގައި އަހަރެއްގެ ތެރޭގައި ދައުލަތުގެ ދަރަންޏަށް އެންމެ ބޮޑު އަދަދެއް އިތުރުވެގެންދާނެ އަހަރު. ގާތްގަނޑަކަށް 37 ޕަސެންޓު ދަރަނި ބަޖެޓެއްގެ ވާހަކަ މި ދައްކަނީ," މާލިއްޔަތު ކޮމިޓީގައި އެމްޑީޕީ ތަމްސީލުކުރާ ދެވަނަ މެންބަރު ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވި އެވެ.

ނަވާރަވަނަ މަޖިލީހުން ބަޖެޓު ކުރި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ފައިސާ ހަރަދު ކޮށްފައި ނުވާ ކަމަށާއި އެ ފައިސާއަށް ވީ ގޮތެއް ރައްޔިތުންނަށް ސާފު ކޮށްދޭން ޖެހޭ ކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވި އެވެ. މަޝްރޫއުތައް ހިންގަނީ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ކަމަށާއި އެއަށް ވީގޮތެއް ރައްޔިތުން ހޯދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"10 މަސް 11 މަސްވީ. ކުރީ ސަރުކާރުގެ ކާކު ގެނެވުނީ. ކޮން ކަމެއް ބެލުނީ. ކޮން ފިޔަވަޅެއް އެޅުނީ. ވައްކަން ވައްކަން ވައްކަން. ރިހާކުރުފުޅި ވަގަށް ނަގާ މީހާ މިއަދު ވެސް ހުރީ ޖަލު ހުކުމުގައި. އެކަމަކު ބައިތުލްމާލުން ހަތަރެސްފައި ޖަހާފައި ވައްކަން ކުރީޔޭ ބުނާއިރު ފިޔަވަޅެއް ނޭޅޭ. މިއަދު ވެސް ކުރަނީ ވައްކަން. އެޅޭނެ ފިޔަވަޅެއް ނެތް," އަމީން ވިދާޅުވި އެވެ.

ބަޖެޓު ބަހުސްގައި ޕީއެންސީގެ މެންބަރުން މައިގަނޑު ގޮތެއްގައި ދެއްކީ "ކުރީ ސަރުކާރު"ގެ ވާހަކަ އެވެ. ބަހުސް ނިންމައި ބަޖެޓު ދިރާސާކުރަން ކޮމިޓީއަށް ފޮނުވާފައިވާއިރު ކޮމިޓީއަށް ދީފައިވަނީ ދިރާސާކުރަން އެއް ދުވަހުގެ މުއްދަތެކެވެެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox