އެމްއޭސީއެލްގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދެނީ ގާނޫނާއި އެމްއެމްއޭގެ އެންގުމާ ހިލާފަށް!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެދި މޮނިއުމެންޓު ހުޅުވުމުގެ ރެބަން ފަށް، އެ ކުންފުނީގެ ވެރިން ކަނޑާލަނީ. -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެދި މޮނިއުމެންޓު ހުޅުވުމުގެ ރެބަން ފަށް، އެ ކުންފުނީގެ ވެރިން ކަނޑާލަނީ. -- ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) މުވައްޒަފުންނަށް މުސާރައިގެ 50 ޕަސެންޓު ޑޮލަރުން ދެނީ ގާނޫނާއި ސެންޓްރަލް ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އެންގުމާ ވެސް ހިލާފަށް ކަން "އަދަދު" ނޫހަށް އެނގިއްޖެ އެވެ.

ޑޮލަރުން މުސާރަ ނުދިނުމަށް އެމްއެމްއޭ އިން އެމްއޭސީއެލް އަށް، ޑިސެމްބަރު 18، 2023 ގައި އަންގާފައިވެ އެވެ. އެ ސިޓީގެ ކޮޕީއެއް މި ނޫހަށް ލިބިފައިވެ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ ޑޮލަރުން މުސާރަ ދިނުމަކީ އެމްއެމްއޭގެ ގާނޫނުގެ 24 ވަނަ މާއްދާ އާއި އެ އޮތޯރިޓީގެ ގަވާއިދާ ހިލާފު ކަމެއް ކަމަށެވެ.

އެމްއެމްއޭ ގާނޫނުގެ 24 ވަނަ މާއްދާގެ ރ. ގައި ބުނެފައި ވަނީ ރާއްޖޭގައި މުއާމަލާތް ކުރުމުގައި ބޭނުން ކުރެވޭނެ ވަކި ފައިސާއެއް ނުވަތަ ފައިސާތަކެއް އޮތޯރިޓީއިން ކަނޑައަޅާފައިވާ ނަމަ، މުއާމަލާތް ކުރުމުގައި އެ ފައިސާއެއް ނުވަތަ ފައިސާތަކެއް ފިޔަވައި އެހެން ފައިސާއެއް ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

އެ އޮތީރިޓީގެ ގަވާއިދުގެ 5 ވަނަ މާއްދާގައި ބުނެފައިވަނީ ގަވާއިދުގައި އިސްތިސްނާކޮށްފައިވާ މުއާމަލާތްތައް ފިޔަވައި ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިއެއްގެ ހުރިހާ އެއްޗެއްގެ އަގާއި މަސައްކަތުގެ އަގާއި ހިދުމަތުގެ އަގާއި ފީ އާއި ކުލި ފަދަ ތަކެތީގެ އަގު އަދާ ކުރުމަށް ދިވެހި ރުފިޔާ ފިޔަވާ އެހެން ފައިސާއެއް ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

"ވީމާ މަތީގައި ހަވާލާދެވިފައިވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ނިންމުމަކީ [މުސާރައިގެ ބައެއް ޑޮލަރުން ދިނުމަކީ] މި އޮތޯރިޓީގެ ގާނޫނު އަދި މަނިޓަރީ ގަވާއިދާ ހިލާފު ނިންމުމެއް ކަމުގައި ވާތީ، ތިޔަ ކުންފުނީގެ މުވައްޒަފުންގެ މުސާރަ އެއްކޮށް ދިވެހި ރުފިޔާއިން ދިނުމަށް އަންގަމެވެ،" އެމްއެމްއޭގެ ސިޓީގައިވެ އެވެ.

ޑޮލަރުން މުސާރަ ނުދިނުމަށް ޕީސީބީ، އަދި ފިނޭންސް މިނިސްޓްރީން ވެސް އެމްއޭސީއެލްއަށް އަންގާފައިވެ އެވެ. ނަމަވެސް އެންގުންތައް ބޮލާލައި ޖަހައި، މުސާރައިގެ ބައެއް ޑޮލަރުން ދަނީ ދެމުންނެވެ.

މުސާރައިގެ ބައެއް ޑޮލަރުން ދިނުން ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ސޮއިކުރައްވައި މުވައްޒަފުންނަށް އަންގާރަ ދުވަހު ފޮނުވި މެމޯގައި ދީފައިވެ އެވެ. މުސާރައިގެ ބައެއް އޮލަރުން ދިނުމުގެ އެ އިނާޔަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ދެއްވާފައިވާ ކަމަށް މުވައްޒަފުންނަށް ފޮނުވި މެމޯގައިވެ އެވެ.

އެމްއޭސީއެލްގައި 3،000 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރަމުން ގެންދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox