ސިޔާސީ މަގާމުތަކަށް މުސާރަ ދޭން ގުރުބާން ކުރަނީ އާދައިގެ މުވައްޒަފުން: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ސިޔާސީ މަގާމުތަކަށް މުސާރާ ދޭން އާދައިގެ މުވައްޒަފުން ގުރުބާންކޮށްފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ސިޔާސީ މަގާމުތަކަށް މުސާރާ ދޭން އާދައިގެ މުވައްޒަފުން ގުރުބާންކޮށްފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

ފެންނަމުން ދަނީ މި ސަރުކާރުން އިތުރުކުރި ސިޔާސީ މަގާމްތަކަށް މުސާރަ ދޭން ވެގެން ދައުލަތުގެ އެހެން ހުރިހާ މުވައްޒަފުން ގުރުބާންވާން ޖެހޭތަން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވެއްޖެ އެވެ.

އަމީރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން އިތުރަށް ނެގި ސިޔާސީ މީހުންނަށް އެކަނި ވެސް މަހަކު 50 މިލިއަން ރުފިޔާ ބަޖެޓުން ހަރަދު ކުރާ ކަމަށާއި 10 ޕަސަންޓް ކަނޑާލިއަސް 45 މިލިއަން ރުފިޔާ ދައްކާނީ ދައުލަތުގެ ބަޖެޓުން ކަމަށެވެ.

"ވައުދުވި ގޮތާއި ދިމާ އިދިކޮޅަށް ސިޔާސީ މީހުން ހާހުން އިތުރުކޮށް، ހަރަދުތައް ބޮޑުކޮށް، ސަރުކާރުގެ ފައިނޭންސިން ސްޓްރެޓެޖީ ފެއިލްވެ، މާލީ ކަންތައްތައް މެނޭޖް ނުކުރެވި، އޭގެ ނޭދެވޭ އަސަރު މިހާރު އިގްތިސާދަށް ވެސް ކުރާ ތަން. ސަރުކާރުން ހަރަދު ކުޑަކުރަންޖެހޭ،" އަމީރު ވިދާޅުވި އެވެ.

ދުނިޔޭގެ އިގްތިސާދީ ބޮޑު ކާރިސާއަށް ގައުމަށް ދިމާ ނުވާކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ ފެންނަމުން މިދަނީ ސަރުކާރުގައި ތިބި މީހުންގެ ނާގާބިލުކަމުން އަމިއްލައަށް ނެތް ހާލަތެއް އުފައްދައިގެން އޭގެއިން އަރައިގަނެވިގެން ނޫޅެވޭތަން ކަމަށެވެ.

އެގޮތުން އަމީރު ވިދާޅުވީ ދައުލަތަށް ކޮންމެ މަހަކު ވެސް ދައުލަތަށް ހަރަދު ހަމަޖެއްސޭ ވަރަށް ފައިސާ ވަންނަ ކަމަށާއި ދައްކަން ހުރި ލޯނުތަކަށް ފައިސާ ހޯދޭނެ ގޮތްތައް ފަހިވެ ހުރިކަމަށް ބުނެ ސަރުކާރުން ދެއްކި ވާހަކަ ދިމާނުވި ކަމަށެވެ.

"ދުނިޔެ އޮތީ އިގްތިސާދީ ބޮޑު ކާރިސާ އެއްގައެއް ނޫން. ކޮވިޑް-19 ފަދަ އާލަމީ ވަބާއެއް އޮތީކީ ނޫން. ބާޒާރުގައި ތެލުގެ އަގު ހުރީ އެވްރެޖްކޮށް ހުންނަ ވަރަށް. މި އަދު މި ފެންނީ ބައެއްގެ ނާގާބިލްކަމުން އަމިއްލައަށް ނެތް ހާލަތެއް އުފައްދައިގެން އޭގެއިން އަރައިނުގަނެވިގެން އުޅޭތަން،" އަމީރު ވިދާޅުވި އެވެ.

އަމީރު މިހެން ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު ސިޔާސީ މުވައްޒަަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އަންގަވާފައި ވަނިކޮށެވެ.

ރައީސް ނިންމެވީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާއި މިނިވަން މުައައްސަސާތަކުގެ އިސްވެރިން އަދި ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން މުސާރައިން 10 ޕަސެންޓު ކަނޑާލުމަށެވެ.

އެ ފިޔަވަޅުތައް އަޅާއިރު 12,000ރ. އިން ދަށުން މުސާރަ ލިބޭ މީހުން އިސްތިސްނާ ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox