މުސާރައިގެ 50 ޕަސަންޓު ނުނަންގަވަން ރައީސް މުއިއްޒު ނިންމަވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު: މުސާރައިގެ 50 ޕަސަންޓު ނުނަންގަވަން ރައީސް ވަނީ ނިންމަވާފައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: މުސާރައިގެ 50 ޕަސަންޓު ނުނަންގަވަން ރައީސް ވަނީ ނިންމަވާފައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގަންނަވާ މުސާރައިގެ 50 ޕަސަންޓު ދެ އަހަރު ވަންދެން ނުނަގަންވަން މިއަދު ނިންމަވައި އެކަން އިއުލާން ކުރައްވައިފި އެވެ.

ރައީސް މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2025 ގެ ބަޖެޓް ހުށަހަޅާއިރު ދައުލަތުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން އަންނަ އަހަރުން ފެށިގެން ދެ އަހަރު ވަންދެން އެމަނިކުފާނުގެ މުސާރައިން 50 ޕަސަންޓު ނުނަންގަވާ ގޮތަށް ހަމަޖައްސަން އަންގާފައިވާ ކަމަށެވެ.

ރައީސް މުއިއްޒުގެ މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 100،000ރ. އެވެ. 50 ޕަސަންޓު މުސާރައިގެ ގޮތުގައި ނުނަންގަވާނަމަ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ 50،000ރ. އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން 2013 ގައި ވެރިކަމަށް ވަޑައިގަތުމަށްފަހު ނެންގެވީ ދެބައިކުޅަ އެއްބައި މުސާރަ އެވެ. ނަމަވެސް ވެރިކަމުގެ ފަހު އަހަރު ފުލް މުސާރަ ނަންގަވަން ފެއްޓެވި އެވެ.

ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ މުސާރައިގެ އިތުރުން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 ޕަސަންޓު އަދި ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން ވެސް 10 ޕަސަންޓު ކުރިއަށް އޮތް ދެ އަހަރަށް އުނިކުރަން ނިންމަވާފަ އެވެ.

އޭގެއިތުރުން ކުންފުނިތަކުގެ ވެރިންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000ރ. ކަމަށް ވެސް ކަނޑަ އަޅުއްވާފަ އެވެ. ބައެއް ކުންފުނިތަކުގެ އޮނިގަނޑު އޮތް ގޮތުން މިހާރު 100،000ރ. އަށްވުރެ ގިނައިން މުސާރައިގެ ގޮތުގައި ލިބެ އެވެ.

ޝަރުއީ ދާއިރާގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން ވެސް 10 ޕަސަންޓު އުނި ކުރުމަށް ރައީސް މުއިއްޒު ވަނީ ނިންމަވާފަ އެވެ.

މުސާރަ އުނިކުރާ މުވައްޒަފުންގެ ތެރޭގައި 12،000ރ. އަށްވުރެ ދަށުން މުވައްޒަފުން ނުހިމެނެ އެވެ.

ރައީސްގެ މުސާރަ އާއި ސިޔާސީ މުވައްޒަފުންގެ އިތުރުން ސަރުކާރު މުވައްޒަފުންގެ މުސާރައިން ވަކި ޕަސަންޓެއް ކުޑަ ކުރަން ނިންމީ ސަރުކާރުގެ މާލީ ހާލަތު ދަށްވެފައިވާ ދަނޑިވަޅެއްގަ އެވެ. މިގޮތުން، 228 ސިޔާސީ މުވައްޒަފުން ވެސް ވަކި ކުރަން ވަނީ ނިންމަވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox