އޭސީސީން ނެރުނު ކަމަށް ބުނާ ބަޔާނެއް އާންމު ކުރި މައްސަލައިގައި ތައްޔިބު ފުލުހަށް ހާޒިރުކޮށްފި

ސޯޝަލް މީޑިއާ އެކްޓިވިސްޓު ތައްޔިބު ޝަހީމް -- ފޮޓޯ: އަދަދު

ސޯޝަލް މީޑިއާ އެކްޓިވިސްޓު ތައްޔިބު ޝަހީމް -- ފޮޓޯ: އަދަދު

އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ އެމްއެމްޕީއާރުސީ ތަހުގީގު ބަޔާނުގެ ސަފުހާއެއް ކަމަށް ބުނެ ސޯޝަލް މީޑިއާ އެކްޓިވިސްޓު، ތައްޔިބު ޝަހީމު މިދޔަ އޯގަސްޓު މަހު އެކްސްގައި ހިއްސާކުރި މައުލޫމާތަކާ ގުޅިގެން ފުލުހުންގެ އިދާރާއަށް އޭނާ ހާޒިރުކޮށް ބަޔާން ނަގައިފި އެވެ.

އެކްސްގައި ތައްޔިބު މިއަދު ކުރި ޕޯސްޓެއްގައި ބުނީ އޭނާ ފުލުހަަށް ހާޒިރުކޮށް ބަޔާން ނެގީ އެ މައްސަލަ އޭސީސީން ފުލުހުންނަށް ހުށަހެޅުމުން ކަމަށެވެ.

"މިދިޔަ އޯގަސްޓު މަހު އެކްސް.ކޮމް ގައި ކުރި ޕޯސްޓަކާ ގުޅިގެން އޭސީސީން 'މަށެއް ނޫން' [ކަމަށް] ބުނެ ފުލުހުންނަށް ހުށަހެޅުމުން، ފުލުހުން އަހުރެން ތަހުގީގަށް ހާޒިރުވުމަށް އެންގުމުން ހާޒިރުވެ ބަޔާން ދީފިން،" ތައްޔިބު މިއަދު ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.

އޭސީސީގެ ތަހުގީގު ރިޕޯޓެއްގެ ސަފުހާއެއް ކަމަށް ބުނެ އޯގަސްޓު މަހު ތައްޔިބު އެކްސްގައި ހިއްސާކުރި ކަރުދާހުގައި މަޖިލީހުގެ މިހާރު ރައީސް، އަބްދުއްރަހީމް އަބްދުﷲ އަށް އެމްއެމްޕީއާރުސީގެ ފައިސާ ލިބުނުކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން ދިޔައިރު، އެ މައްސަލައިގެ ވީޑިއޯ އާއި ފޮޓޯ ބޭނުން ކޮށްގެން މައްސަލައިގެ އަސްލު ގެއްލޭ ގޮތަށް ފުލުހުންގެ ބައެއް އިސްވެރިން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް ތައްޔިބު ހިއްސާކުރި ކަރުދާހަކީ އޭސީސީގެ ލިޔެކިޔުމެއް ނޫން ކަމަށް އެ ކޮމިޝަނުން އޭރު ވަނީ ބުނެފަ އެވެ.

އެގޮތުން އޯގަސްޓު 29، ގައި އެ ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރައްޔިތުންނަށް އޮޅުވާލައި ދޮގު މައުލޫމާތު ފެތުރުމަކީ ކަންބޮޑުވާ ކަމެއް ކަމެއް ކަމަށާއި އެފަދަ އަމަލުތައް ކުށްވެރި ކުރާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި ފުލުހުން ނަގާފައިވާ ކަމަށް ބުނާ ބަޔާނެއް ލީކުކޮށްލި މައްސަލައިގައި މީގެ ކުރިން، މިދިޔަ ސެޕްޓެމްބަރު މަހު ތައްޔިބުގެ ފޯނާއި އިލެކްޓްރޯނިކް ވަސީލަތްތައް ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފެހެއްޓި އެވެ. އެ ތަކެތި ފުލުހުން އޭރު ދޫކޮށްލީ 17 ދުވަސް ފަހުންނެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ތައްޔިބު އޭރު ގެންގުޅުން ސިމް ވެސް ފުލުހުން ކްލޯން ކުރި އެވެ. އެއީ ކޯޓު އަމުރެއްގެ ދަށުން ދިރާގުން ފުލުހުންނަށް ފަހިކޮށްދިން ކަމެކެވެ.

ތައްޔިބުގެ ޓްވިޓާ ފޮލޮވަރުންގެ އަދަދު 51,500 އަށްވުރެ އިތުރުއިރު އޭނާ ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މިދިޔަ ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ވެސް އޭނާ އަދާކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox