ސިނާއީ ބޭނުމަށް ހުޅުމާލެއިން ވިއްކާ ބިންތަކުގެ ބޮޑުމިން ކުޑަކޮށް، އަގު ވެސް ތިރިކޮށްފި

Oct 22, 2024, 4:02 PM
ހުޅުމާލޭ މަތިން ނަގާފައިވާ ފޮޓޯއެއް: އެޗްޑީސީން ބުނީ މިހާރު ބިން ވިއްކަނީ އަކަފޫޓަކަށް 5500ރ. އަށް ކަމަށް -- ފޮޓޯ: އަދަދު ފައިލް

ހުޅުމާލޭ މަތިން ނަގާފައިވާ ފޮޓޯއެއް: އެޗްޑީސީން ބުނީ މިހާރު ބިން ވިއްކަނީ އަކަފޫޓަކަށް 5500ރ. އަށް ކަމަށް -- ފޮޓޯ: އަދަދު ފައިލް

ސިނާއީ ބޭނުމަށް ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން މި ހިނގާ އޮކްޓޯބަރު މަހު ވިއްކަން އިއުލާނު ކުރި ބިންތަކުގެ ބޮޑުމިން ކުޑަކޮށް، އަގު ވެސް ތިރި ކުރުމަށްފަހު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އަލުން މިއަދު އިއުލާނެއް ނެރެފި އެވެ.

އޮކްޓޯބަރު 2، ގައި އެޗްޑީސީން އިއުލާނު ކުރީ އިންޓަގްރޭޓެޑް ހަބުން 12 ބިމެއް ވިއްކުމަށެވެ. އެއީ 3746 އަކަފޫޓުގެ އަށް ބިމަކާއި 3689 އަކަފޫޓުގެ ހަތަރު ބިމެކެވެ. ނަމަވެސް މިއަދު އިއުލާނު ކުރި ގޮތުން މިހާރު 16 ބިން އެ ސަރަހައްދުން ވިއްކާނެ އެވެ. އެއީ 1538 އަކަފޫޓުގެ 12 ބިމާއި 1515 އަކަފޫޓުގެ ހަތަރު ބިމެވެ.

ކުރިން ކުރި އިއުލާނުގައި ބުނެފައި ވަނީ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 7500ރ. ކަމަށެވެ. ނަމަވެސް މިއަދު ކުރި އިއުލާނުގައި އެ އަގު ވަނީ އަކަފޫޓަކަށް 5500ރ. އަށް ތިރިކޮށްފަ އެވެ.

ބިން ގަނެވޭނީ އުމުރުން 18 އަހަރުވެފައިވާ ދިވެއްސަކަށް ނުވަތަ 100 ޕަސެންޓު ދިވެހި ކުންފުންޏަކަށެވެ. އެންމެ ގިނަވެގެން ގަނެވޭނީ ތިން ބިމެވެ.

ބިން ގަތުމަށް ބިޑު ހުށަހަޅަންޖެހޭނީ އެޗްޑީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މިހާރު އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ނަމަވެސް ބިޑު ބަންދުވާ ތާރީހެއް އެޗްޑީސީން ބުނެފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox