ޝާހިދު ވިދާޅުވަނީ 18 އަހަރު ފުރޭ ޒުވާނުންގެ ހައްގުތައް ސަރުކާރުން ނިގުޅައިގަންނަމުންދާ ކަމަށް

Oct 22, 2024, 3:34 PM
އެމްޑީޕީގެ ރައީސް ޝާހިދު: ވިދާޅުވީ ޒުވާނުންގެ ހައްގުތައް ހަނި ކުރާތީ އެކަމާ ދެކޮޅަށް އަޑުއުފުލަންޖެހޭ ކަމަށް -- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީގެ ރައީސް ޝާހިދު: ވިދާޅުވީ ޒުވާނުންގެ ހައްގުތައް ހަނި ކުރާތީ އެކަމާ ދެކޮޅަށް އަޑުއުފުލަންޖެހޭ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ޒުވާނުންގެ ދުވަސް މިއަދު ފާހަގަ ކުރަމުން އަންނައިރު، 18 އަހަރު ފުރޭ ޒުވާނުންގެ ހައްގުތައް ސަރުކާރުން ނިގުޅައިގަންނަމުންދާ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ސިނގިރޭޓާއި ދުންފަތުގެ ބާވަތްތައް ގަނެވޭ އުމުރު 18 އަހަރުން 21 އަހަރަށް މަތި ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ސީދާ ވިދާޅުނުވި ނަމަވެސް ޝާހިދު ފާޑުވިދާޅުވީ އެ ނިންމުމަށް ކަމަށް ބެލެވެ އެވެ. ޝާހިދު ވިދާޅުވީ ޒުވާނުންގެ ހައްގުތައް ހަނި ކުރާތީ އެކަމާ ދެކޮޅަށް އަޑުއުފުލަންޖެހޭ ކަމަށެވެ.

"ޒުވާނުންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު, 18 އަހަރު ފުރޭ ޒުވާނުންގެ ހައްގުތައް މި ސަރުކާރުން ނިގުޅައިގަނެ ހަނިކުރަމުންގެންދާތީ އެކަމާ ދެކޮޅަށް އެންމެހާ ޒުވާނުން ވެސް މިއަދު އަޑުފުލަންޖެހޭ،" ޝާހިދު ވިދާޅުވި އެވެ.

Advertisement

ސިނގިރޭޓާއި ދުންފަތް ގަނެވޭ އުމުރު މަތި ކުރުމަކީ ބައެއް ގައުމުތަކުން ކުރަމުންދާ ކަމެކެވެ. އެކަމަކު، ރާއްޖެއާ ހިލާފަށް އެ ގައުމުތަކުން އެކަން ތަންފީޒު ކުރަނީ އަހަރުތަކެއް ފަހުންނެވެ. ސަރުކާުރން ބޭނުންވާ ގޮތަށް ސިނގިރޭޓު ގަނެވޭ އުމުރު މަތި ކުރުމުން، މިހާރު ސިނގިރޭޓުގެ އިސްތިއުމާލު ކުރަމުންދާ 18 އަހަރާއި 21 އަހަރާ ދެމެދުގެ މީހުންނަށް ސިނގިރޭޓު ގަތުން މަނާވާނެ އެވެ.

އޭގެ އިތުރުން ވެސް ދުންފަތާއި ސިނގިރޭޓާއި ވޭޕާ ދެކޮޅަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުންނެވެ. އެގޮތުން ވޭޕް އެތެރެ ކުރުމާއި ބޭނުން ކުރުން މުޅިން މަނާކޮށް، ދުންފަތުގެ އެހެނިގެން ބާވަތްތަކުން ނަގާ ޓެކްސް ބޮޑު ކުރަން ވަނީ ނިންމައިފަ އެވެ.

ސަރުކާރުން ނިންމާފައި ވަނީ ނޮވެމްބަރު 15، އިން ފެށިގެން ވޭޕް އެތެރެ ކުރުން މަނާކޮށް، ޑިސެމްބަރު 15، އިން ފެށިގެން ވޭޕް ބޭނުން ކުރުން ވެސް މަނާ ކުރުމަށެވެ. އަދި ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް ނޮވެމްބަރު 1، އިން ފެށިގެން ބޮޑު ކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ސަރުކާރުން ނިންމީ ސިނގިރޭޓަކުން މިހާރު ނަގާ 3ރ. ގެ ޓެކްސް އަށް ރުފިޔާއަށް ބަދަލުކޮށް، ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓު ބޮޑު ކުރުމަށެވެ. މަޖިލީހަށް އިއްޔެ ހުށަހަޅައިގެން މިއަދު ބަހުސް ކުރި ބިލުގައި ވެސް އޮތީ އެގޮތަށް ޓެކްސް ބޮޑު ކުރުމަށެވެ.

އެހެންކަމުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ވޭޕްގެ ވިޔަފާރި ރާއްޖޭގައި މަނާވާނެ އެވެ. އޭގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންވާނެ ކަމަށް އެ ވިޔަފާރީގައި އުޅޭ މީހުން ދަނީ ބުނަމުންނެވެ. ވޭޕް މަނާ ކުރުމާ ދެކޮޅަށް އިއްޔެ ބަޔަކު ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox