ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތުން ޔުއާން، އައިރާ، ޒުކައިން، ތަޒްކިޔާ، އިޒްޔާން، އަޔާނާ އަދި ރިހާނަށް ކާމިޔާބީތަކެއް

Oct 21, 2024, 7:53 AM
ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތުން ޔުއާން، އައިރާ، ޒުކައިން، ތަޒްކިޔާ، އިޒްޔާން، އަޔާނާ އަދި ރިހާނަށް ކާމިޔާބީތަކެއް

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްކޫލު ކުދިންގެ ފެތުމުގެ 20 ވަނަ މުބާރާތުގެ އެންމެ މޮޅު ފެތުންތެރިންނަށް ގާޒީ ސްކޫލުގެ އިބްރާހީމް ޔުއާން ޝަމީމް، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ މަރިޔަމް އައިރާ ޝިރުނީލް، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ޒުކައިން ޢަބްދުﷲ ޙަނީފު، ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލުގެ އަމްނާ ތަޒްކިޔާ މިރުޝާދު، ގިޔާސުއްދީން ސްކޫލުގެ އިޒްޔާން ނާޒިމް، ގިޔާސުއްދީން ސްކޫލްގެ އަޔާނާ ޢަރީފު އަދި ވީލާ އިންޓަނޭޝަނަލް ހައިސްކޫލުގެ މުޙައްމަދު ރިހާން ޝިހާމް ހޮވިއްޖެ އެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކުރި މި މުބާރާތުގައި، މާލޭގެ 21 ސްކޫލަކުން ބައިވެރިވި ސްކޫލު ކުދިންގެ ފެތުމުގެ މުބާރާތް ކުރިއަށްދިޔައީ، މި މަހު 12 އިން 17 އަށް، ހުޅުމާލޭ ސްޕޯޓްސް ކޮމްޕެލްކްސް ސްވިމިން ޕޫލުގަ އެވެ.

ތަފާތުގެ ފަސް އުމުރުފުރާގެ އިތުރުން، އެލީޓް އެތުލީޓް ވިތު ޑިސްއެބިލިޓީ (އީއޭޑީ) ގުރޫޕް ހިމެނޭހެން 480 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި މިމުބާރާތުގައި ފެތުންތެރިން ވަނީ 25، 50، 100، 200 މީޓަރު ފްރީސްޓައިލް ރޭހާއި 25، 50، 100 މީޓަރު ބެކްސްޓްރޯކް ރޭހާއި، 25، 50، 100 މީޓަރު ބްރެސްޓް ސްޓްރޯކް ރޭހުގެ އިތުރުން 25، 50، 100 މީޓަރުގެ ބަޓަފްލައި ރޭހާއި 100، 200 މީޓަރުގެ މިޑްލޭ ރޭހުގެ އިތުރުން ސްކޫލުތަކަށް ހާއްސަކޮށް ބޭއްވި ފްރީސްޓައިލް ރިލޭ އަދި މިޑްލޭ ރިލޭ ރޭސްތައް ފުރިހަމަ ކޮށްފަ އެވެ.

ޔުއާން، ހޯދީ ޖޫނިއާ އޭ (12 އަހަރުން ދަށުގެ) ފިރިހެން ކުދިންގެ ބައިންނެވެ. އައިރާ، އެންމެ މޮޅު ފެތުންތެރިޔާގެ މަޤާމު ހޯދީ ޖޫނިއާ އޭ (12 އަހަރުން ދަށުގެ) އަންހެން ކުދިންގެ ބައިންނެވެ. ޒުކައިން، އެންމެ މޮޅު ފެތުންތެރިޔާގެ މަޤާމު ހޯދީ ޖޫނިއާ ބީ (14 އަހަރުން ދަށުގެ) ފިރިހެން ކުދިންގެ ބައިންނެވެ. ތަޒްކިޔާ، އެންމެ މޮޅު ފެތުންތެރިޔާގެ މަޤާމު ހޯދީ ޖޫނިއާ ބީ (14 އަހަރުން ދަށުގެ) އަންހެން ކުދިންގެ ބައިންނެވެ. އަދި އިޒްޔާން، އެންމެ މޮޅު ފެތުންތެރިޔާގެ މަޤާމު ހޯދީ ސީނިއާ އޭ (16 އަހަރުން ދަށުގެ) ފިރިހެން ކުދިންގެ ބައިންނެވެ. އަޔާނާ، އެންމެ މޮޅު ފެތުންތެރިޔާގެ މަޤާމު ހޯދީ ސީނިއާ އޭ (16 އަހަރުން ދަށުގެ) އަންހެން ކުދިންގެ ބައިންނެވެ. އަދި، ރިހާން، އެންމެ މޮޅު ފެތުންތެރިޔާގެ މަޤާމު ހޯދީ ސީނިއާ ބީ (18 އަހަރުން ދަށުގެ) ފިރިހެން ކުދިންގެ ބައިންނެވެ.

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ކުދިން ޓްރޮފީ ހިފައިގެން.---- ފޮޓޯ: ސްވިމިން އެސޯސިއޭޝަން

މުބާރާތުގެ އެންމެ މޮޅު ސްކޫލަކީ ގިޔާސުއްދީން

މުބާރާތުގެ އެންމެ މޮޅު ސްކޫލަކަށް ހޮވުނީ، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލު އެވެ.

މި މުބާރާތުގައި ފެތުންތެރިން ވާދަކުރި ގިނަ ޢުމުރުފުރާތަކުން އެއް ވަނަ ހޯދައި ޖޫނިއާ ގުރޫޕާއި ސީނިއާ ގުރޫޕުން އެންމެ މޮޅު ސްކޫލުގެ ވަނަ ހޯދައި މުޅި މުބާރާތުގެ އެންމެ މޮޅު ސްކޫލުގެ ވަނަ ގިޔާސުއްދީން އިން ހޯދި އެެވެ. މުބާރާތުގެ ޖޫނިއާ އޭ ގުރޫޕުގެ އަންހެން ކުދިންގެ އެއް ވަނަ ސްކޫލު އަދި ސީނިއާ ގުރޫޕުގެ އަންހެން ކުދިންނާއި ފިރިހެން ކުދިންގެ އެއް ވަނަ ހޯދީ ވެސް ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އެވެ.

ޖޫނިއާ ގުރޫޕާއި ސީނިއާ ގުރޫޕުން ދެ ވަނަ ހޯދައި މުބާރާތުގެ ދެ ވަނަ ސްކޫލުގެ މަޤާމު ހޯދާފައިވަނީ އިސްކަންދަރު ސްކޫލް އެވެ.

ޖޫނިއާ އޭގެ ފިރިހެން ކުދިންގެ އެއް ވަނަ ސްކޫލަކަށް ހޮވުނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ. ޖޫނިއާ އޭ ގެ އަންހެން ކުދިންގެ ދެ ވަނަ ސްކޫލަކަށް ހޮވުނީ އިސްކަންދަރު ސްކޫލެވެ. ޖޫނިއާ އޭ ގެ އަންހެން ކުދިންގެ ތިން ވަނަ ސްކޫލަކަށް ހޮވުނީ މުހުޔިއްދީން ސްކޫލެވެ. ޖޫނިއާ އޭގެ ފިރިހެން ކުދިންގެ ދެ ވަނަ ސްކޫލަކަށް ގާޒީ ސްކޫލު ހޮވުނުއިރު ޖޫނިއާ އޭ ގެ ފިރިހެން ކުދިންގެ ތިން ވަނަ ސްކޫލަކަށް ހޮވުނީ މަޖީދިއްޔާ ސްކޫލް އެވެ.

މި މުބާރާތުގެ ޖޫނިއާ ބީގެ ފިރިހެން ކުދިންގެ އެއް ވަނަ ސްކޫލަކަށް ހޮވުނީ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް އެވެ. ޖޫނިއާ ބީގެ އަންހެން ކުދިންގެ އެއް ވަނަ ސްކޫލަކަށް ހޮވުނީ ޖަމާލުއްދީން ސްކޫލެވެ. ޖޫނިއާ ބީ ގެ ފިރިހެން ކުދިންގެ ދެ ވަނަ ސްކޫލަކަށް ހޮވުނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އެވެ. ޖޫނިއާ ބީގެ އަންހެން ކުދިންގެ ދެ ވަނަ ސްކޫލަކަށް ހޮވުނީ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް އެވެ. ޖޫނިއާ ބީގެ ފިރިހެން ކުދިންގެ ތިން ވަނަ ސްކޫލަކަށް އިސްކަންދަރު ސްކޫލު ހޮވުނުއިރު އަންހެންކުދިންގެ ތިން ވަނަ ސްކޫލަކަށް ހޮވުނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އެވެ.

މުބާރާތުގެ ސީނިއާ ގުރޫޕުގެ ފިރިހެން ދެ ވަނަ ސްކޫލަކަށް އިސްކަންދަރު ސްކޫލު ހޮވުނުއިރު، އަންހެން ދެ ވަނަ ސްކޫލަކަށް ހޮވުނީ ކަލާފާނު ސްކޫލް އެވެ. އަދި ފިރިހެން ދެ ވަނަ ސްކޫލަކަށް ހޮވުނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ. އަންހެން ތިން ވަނަ ސްކޫލަކަށް ހޮވުނީ އިސްކަންދަރު ސްކޫލެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox