ވޭޕް މަނާކުރުމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން މާލޭގައި ވޭޕް ވިއްކާ ފިހާރަތައް ބަންދުކޮށްފި

ވޭޕް ވިއްކާ ފިހާރަތައް ބަންދުކޮށްފައި: ފިހާރަތައް ބަންދުކުރީ ދިމާވެފައިވާ މައްސަލައަށް ހައްލު ލިބެންދެން ކަމަށް އެ ފިހާރަތަކުން ބުނޭ

ވޭޕް ވިއްކާ ފިހާރަތައް ބަންދުކޮށްފައި: ފިހާރަތައް ބަންދުކުރީ ދިމާވެފައިވާ މައްސަލައަށް ހައްލު ލިބެންދެން ކަމަށް އެ ފިހާރަތަކުން ބުނޭ

ރާއްޖެއިން ވޭޕް މަނާ ކުރަން ނިންމުމުން، މާލޭގައި ރަޖިސްޓާ ކޮށްގެން ވޭޕް އާއި ވޭޕް ފްލޭވާ ވިއްކާ ހުރިހާ ފިހާރަތަކެއް މިއަދުން ފެށިގެން މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ވޭޕް ވިއްކާ ފިހާރަތައް ގުޅިގެން ފިހާރަތައް ބަންދުކުރީ ސަރުކާރުން ކުއްލި ގޮތަކަށް އެ ވިޔަފާރި ކުރުން މަނާ ކުރުމުން އެކަމަށް ހައްލެއް ލިބެންދެން ކަމަށް ބުނެ އެވެ.

"މީގައި އެބަހުރި ވަރަށް ބައިވަރު ކޮންސާންސްތައް. ލޯން ނަގައިގެން މި ވިޔަފާރި ކުރާ މީހުން އެބަ އުޅޭ. އެކަށީގެންވާ ވަގުތެއް ވެސް ނުލިބުނު،" ވޭޕް ވިޔަފާރި ކުރާ މީހަކު ބުންޏެވެ.

އޭނާ ބުނީ ފިހާރައަށް ނަގާފައި ތިބި މުވައްޒަފުން ވަކި ކުރަން ފަށަން ވެސް ޖެހޭ ކަމަށާއި އެކަން ވެސް ކުރަން ޖެހޭނީ ވަކި މުއްދަތެއް ތެރޭގައި ކަމަށެވެ.

ބަންދުކުރި ވޭޕް ވިއްކާ ފިހާރަތަކުގެ ތެރޭގައި ނެނޯސްޓިކް މޯލްޑިވްސް، ބްރޯކް އެންޑް ބިޒީ، ޕޮޑް ސޯލްޓް، ސިލްވާ ސްމޯކް އަދި ޕަފް ކްލަބް ހިމެނެ އެވެ.

ރާއްޖެއަށް ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ނޮވެމްބަރު 15، އިން ފެށިގެން އެތެރެ ކުރުން މަނާކޮށް، ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިސްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރު 15، އިން ފެށިގެން މަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.

އެކަމާ ގުޅިގެން ވޭޕް ވިޔަފާރި ކުރަމުންދާ މީހުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުން ކުއްލި ގޮތަކަށް އެފަދަ ނިންމުމެއް ނިންމުމުގެ ކުރިން މަޝްވަރާ ނުކުރުމުން ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.

ރާއްޖެއިން ވޭޕް މަނާ ކުރަން ނިންމުމާ ގުޅިގެން އާންމުންގެ ހިޔާލު ވަނީ ދެކަފިވެފަ އެވެ. މިގޮތުން، ބައެއް އާންމުން އެކަމަށް ތައުރީފް ކުރަމުން އަންނައިރު، ސަރުކާރަށް ދިން ވަގުތު ކުޑަވުމުން ބައެއް މީހުން އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

އޭގެ އިތުރުން ރާއްޖެއިން ހަމައެކަނި ވޭޕް މަނާކޮށް، ދުންފަތުގެ ބާވަތްތައް މަނާ ނުކުރާތީ ވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ. ސަރުކާރުން ވަނީ ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ބޮޑު ކުރަން ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox