އިންޑިއާ އެއްބަސްވުންތަކުގެ މައްސަލަ ހުއްޓިފައި އޮތީ ޕާޓީގެ ވެރިންގެ ސަބަބުން: ޕީއެންސީގެ ބައެއް މެންބަރުން

ޕީއެންސީގެ ލީޑަޝިޕްގެ ބައެއް ބޭނުންނާއި މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެންޑީއޭގެ ލީޑަރު، މީދޫ ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މުހައްމަދު، ޕީއެންސީގެ ޖަލްސާއެއްގައި. -- ފޮޓޯ: ޕީއެންސީ

ޕީއެންސީގެ ލީޑަޝިޕްގެ ބައެއް ބޭނުންނާއި މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެންޑީއޭގެ ލީޑަރު، މީދޫ ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މުހައްމަދު، ޕީއެންސީގެ ޖަލްސާއެއްގައި. -- ފޮޓޯ: ޕީއެންސީ

ކުރީ ސަރުކާރުން އިންޑިއާއާއެކު ސޮއިކުރި އެއްބަސްވުންތަކުގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ހުށަހެޅުއްވި މައްސަލަ ކުރިއަށް ނުގެންގޮސް، ބާއްވާފައި އޮންނަތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

އިންޑިއާއާއެކު ހަދާފައިވާ ތިން އެއްބަސްވުމެއްގެ މައްސަލަ 241 ކޮމިޓީގެ ސަބް ކޮމިޓީއެއް އެކުލަވާލައި އިންކުއަރީއެއް ހިންގަން އަޒާން ހުށަހެޅުއްވީ މިދިޔަ ޖޫން މަހު 10 ގައެވެ. އެ ދުވަހު ފާސްކުރީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމުގެ ކަންކަމާއި، އުތުރު ތިލަފަޅު އެއްބަސްވުމުގެ ޕްރޮސެސް ހިނގާފައިވާ ގޮތް ބެލުމަށް އަދި ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުމުގެ ކަންކަން ބެލުމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލްކުރައްވާ ބައެއް މެންބަރުން އަދަދު ނޫހަށް ވިދާޅުވީ އެ މައްސައިގެ އެއްވެސް މަސައްކަތެއް، އިތުރު ބައްދަލުވުމެއް ވެސް ކުރިއަށް ނުގެންގޮސް ބާއްވާފައި އޮތީ، ސަރުކާރުގެ އެންމެ މަތިންނާއި ޕާޓީގެ ލީޑަޝިޕުން އެ މައްސަލަތައް ކުރިއަށް ނުގެންދަން އިރުޝާދު ދީފައި އޮތުމުންނެވެ.

"އެ ނޫންނަމަ މިހާ ދުވަސްވާއިރު އެ މައްސަލަތައް ބަލާނެ ދެއްތޯ. އެހެން ކަންކަން ވެސް އެދަނީ ނިންމަމުން، ބަދަލުވެސް ކުރަމުން" މެންބަރަކު ވިދާޅުވި އެވެ.

އޭނާ އިޝާރާތް އެ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ރަސްމީގެ، މުރައިދޫގޭގެ މުވައްޒަފުންގެ މައުލޫމާތު ހާމަ ކުރަން ނުފެންނަ ކަމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމިތާ ގަޑިއިރު ތަކެއް ފަހުން، އެ މައުލޫމާތު ހާމަކުރަން ކޮމިޓީން ނިންމި ނިންމުމަށެވެ.

އެކަން އެގޮތަށް ބަދަލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދަށް ކަމަށް، ކޮމިޓީގެ ބައެއް މެންބަރުން ވިދާޅުވި އެވެ.

އިންޑިއާގެ އެއްބަސްވުންތަކާ ގުޅޭ ގޮތުން އަދަދު ނޫހަށް ކުރިން ވާހަކަ ދެއްވި ބައެއް މެންބަރުން ވިދާޅުވީ އެ މައްސަލަ ޕާކުކޮށްފައި އޮތީ ރައީސް މުއިއްޒު އަންގަވައިގެން ކަމަށެވެ. އަދި އެ މައްސަލަ އަޒާން ހުށަހެޅުއްވުމުން ވެސް ރައީސް މުއިއްޒު ކޯފާވިކަން ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ދެއްވި އެންމެ ބޮޑު އެއް ސަބަބަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ކަށަވަރުކުރުމަށްޓަކައި އަދި މިނިވަންކަމަށް އުނިކަން އަންނަ ގިނަ ކަންތައްތަކެއް ހިނގާފައި ހުރިކަން ރައްޔިތުންނަށް ގަބޫލުކުރެވިގެން ކަމަށް ކޮމިޓީގެ ބައްދަލުވުމެއްގައި އަޒާން ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑުމެން މި ކޮމިޓީގެ އެންމެ ބޮޑު އެއް ޒިންމާއަކަށްވާން ޖެހޭނީ އަޅުގަނޑުމެން އޭރު ދެއްކި ވާހަކަތައް، ސަރުކާރު ހޯދަން އަޅުގަނޑުމެން ދެއްކި ވާހަކަތައް އަޅުގަނޑުމެން އެބަޖެހޭ ބަލައި ތަހުގީގުކުރަން،" އޭނާ ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރުކުރާފަދަ ކަންތައްތަކެއް ހިނގާފައި ހުރިކަން އެއީ އެނގޭ ކަމެއް. އެހެންވީމ،ާ މި ކޮމިޓީނ،ް ގާނޫނުއަސާސީން މި ކޮމިޓީއަށް ދީފައި މި އޮތް ބާރު ބޭނުން ކޮށްގެން އަޅުގަނޑުމެން އެބަޖެހޭ މި ކަންތައްތައް ތަހުގީގުކުރަން."

އަޒާން ހުށަހެޅުއްވި މައްސަލަ ކުރިއަށް ގެންދިޔުން ހުއްޓުވާފައި ވާއިރު، އިންތިހާބުގައި ރައީސް މުއިއްޒު އާއި ޕީޕީއެން/ޕީއެންސީން އިންޑިއާއާ ގުޅޭ ގޮތުން ދެއްކި އެއްވެސް ވާހަކައެއް އަދި ތަންފީޒެއް ނުކުރެ އެވެ.

އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިޔާ މަތިންދާ ބޯޓެއް ފޮނުވައެއް ނުލަ އެވެ. ހަމައެކަނި ކުރި ކަމަކީ އެ އުޅަނދުތައް ދުއްވަން އަސްކަރީ ޔުނިފޯމުގައި ތިބި މީހުންގެ ބަދަލުގައި، އިންޑިއާގެ ހިންދުސްތާން އޭރޮނެޓިކްސް ކުންފުނީގެ އެއްބަސްވުމުގައި ތިބި އިންޑިއާ މީހުން ގެނައުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox