އެއްވެސް ކޮންޓްރެކްޓަކަށް ސަރުކާރުން ފައިސާ ނުދޭތާ ތިން ހަފުތާ!

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަމީރު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަމީރު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އެއްވެސް ކޮންޓްރެކްޓަރަކަށް ސަރުކާރުން ފައިސާއެއް ދޫނުކުރާތާ ތިން ހަފުތާވެފައިވާކަން އެނގިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގައި ހިންގާ އެއްވެސް ޕްރޮޖެކްޓަކަށް ސަރުކާރުން ދޭންޖެހޭ އެއްވެސް ފައިސާއެއް ފާއިތުވި ތިން ހަފުތާއެއްހައި ދުވަސްތެރޭގައި ދޫކޮށްފައެއް ނުވެ އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން "އަދަދު" އިން ސުވާލު ކުރުމުން ފިނޭންސް މިނިސްޓަރު އެކަން ދޮގު ނުކުރައްވައި ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރާއި ނޮވެމްބަރަކީ ދައުލަތުގެ ކޭޝް ފްލޯ ދަށްކޮށް ދާ ދެ މަސް ކަމަށެވެ.

"ފައިސާ އެބަ ދޫކުރަން އިނގޭތޯ؟ ދެން އެއްކަލަ ވާގޮތަކީ އާންމު ގޮތެއްގައި އަޅުގަނޑު ވެސް މިނިސްޓަރީއާ ހަވާލުވެގެން ބެލިއިރު މި މަހާއި މިއަންނަ މަހަކީ އަސްލު ކޭޝް ފްލޯ ތަންކޮޅެއް ޓައިޓްކޮށް އަބަދުވެސް އޮޕަރޭޓު ކުރާ، އޮޕަރޭޝަނަލް ކޭޝް ފްލޯ ތަންކޮޅެއް ދަށްކޮށް އުޅެނީ، އެކަމަކު ފައިސާ ދޫކުރަން އިނގޭތޯ ހަމަ، އަޅުގަނޑުމެންނަށް ސްޕޭސް ލިބޭ މިންވަރަކުން ކޭޝް ފްލޯގެ ތެރެއިން،" ޒަމީރު ވިދާޅުވި އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ސަރުކާރުގެ ފަރާތުން ފާހަގަކުރީ ދެ ކަމެކެވެ. އެއީ ދައުލަތުގެ މާލީ ހިސާބުތައް ބެލެހެއްޓުމުގައި މިދިޔަ ސަރުކާރުން "ގޯސްތަކެއް" ހަދާފައިވާ ކަމަށް ބުނެ އެ މައްސަލަ ބަލަމުންދާ ވާހަކަ އާއި ބައެއް ޕްރޮޖެކްޓުތަކަށް ހަރަދު ކުރަންޖެހޭ ވަރަށްވުރެ މާކުޑަ އަދަދެއް މިއަހަރުގެ ބަޖެޓުގައި ހިމަނައިފައިވުމުން، ފައިސާ ދޫކުރުމުގައި ދަތިތަކެއް ކުރިމަތިވާ ވާހަކަ ކަމަށެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ބައެއް ކޮންޓްރެކްޓަރުންނަށް ފައިސާ ދޫނުރާތީ އެ ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ.

މި ނޫހަށް މައުލޫމާތު ދިން ބައެއް ކޮންޓްރެކްޓަރުން ބުނީ ފައިސާ ހޯދަން ކޮންމެ ދުވަހަކު ވެސް ފިނޭންސް މިނިސްޓަރީއަށް ދިޔުމުން، ފައިސާ ދޫކުރުމަށް ކަމާގުޅޭ މިނިސްޓަރީތަކުން ފިނޭންސަށް ފޮނުވާފައި ނެތްކަމަށް ބުނާ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޒަމީރު މިއަދު ވިދާޅުވީ ކޭޝް ފްލޯގައި ދަތިތަކެއް އުޅުނު ނަމަވެސް އިގުތިސާދު ވަރަށް ރަނގަޅު ކަމަށާއި، ދޭންހުރި ފައިސާގެ މައްސަލަ ހައްލު ކުރާނެ ކަމަށެވެ.

މީގެ ކުރިން މަސްވެރިންނަށް ދޫކުރަންހުރި އަށާރަ ވަރަކަށް މިލިއަން ރުފިޔާ ނުދެވިގެންވެސް ވަރަށް ބޮޑަށް ލަސްވެގެން ދިޔަ އެވެ. އެފައިސާ ދޫކުރީ މަސްވެރިން ދެ ފަހަރެއްގެ މަތިން އިހުތިޖާޖުކުރުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox