ފަނޑިޔާރު މަހާޒު ލިޔުއްވި ގުރުއާން ތަފްސީރުގެ ތިންވަނަ ފޮތް ނެރެފި

ފަނޑިޔާރު މަހާޒު ލިޔުއްވި ގުރުއާން ތަފްސީރުގެ ތިންވަނަ ފޮތް ނެރެފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ގުރުއާން ތަފްސީރު ކުރައްވައި ލިޔުއްވި ތިންވަނަ ފޮތް މިއަދު ނެރުއްވައިފި އެވެ.

މަހާޒް ފޭސްބުކްގައި ވިދާޅުވީ ފޮތަކަށް ފަހު ފޮތެއް ނެރެވުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށާއި ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

"އަހަރެއްހައި ދުވަހުގެ މުއްދަތުގައި ކީރިތި ގުރުއާނުގެ ދެބައިކުޅަ އެއްބައިގެ ހުލާސާ ތަފްސީރު ކިޔުންތެރިންނާ ހަމައަށް ފޯރުކޮށް ދެވުނީ. މިކަމަށްޓަކައި އަދިވެސް އެއްފަހަރު ކީރިތި ﷲއަށް ޝުކުރުވެރިވަން،" މަހާޒްގެ ބްލޮގުގައި ވިދާޅުވެފައިވެ އެވެ.

Advertisement

މަހާޒްގެ ބްލޮގުގައި ވިދާޅުވީ ހުލާސާ ތަފްސީރުގެ ތިން ވަނަ ވޮލިއުމަކީ މިހާތަނަށް ލިޔެވުނު ބައިތަކުގެ ތެރެއިން އެންމެ ގަޔާވެގެން ލިޔެވުނު ބައި ކަމަށާއި އެ ވޮލިއުމް ފެށިގެން އަންނަނީ ގުރުއާނުގެ ހަ ވަނަ ފޮތުން ކަމަށެވެ.

ހުލާސާ ތަފްސީރުގެ އެހެން ވޮލިއުމްތަކެކޭ އެއްގޮތަށް ތިންވަނަ ވޮލިއުމް ވެސް ލިބެން ހުރީ ނޮވެލްޓީ ބުކްޝޮޕުންނާއި އެ ތަނުގެ ވެބްސައިޓުންނެވެ.

ޖުމްލަ 476 ސަފުހާ ހިމެނޭ ގުރުއާން ތަފްސީރުގެ އަގަކީ 420ރ. އެވެ. ނަމަވެސް އޮކްޓޯބަރު 26، ގެ ނިޔަލަށް ކުރިއަށްދާ ނޮވެލްޓީ ބުކް ފެއާއިން އެ ފޮތް 357ރ. އަށް ލިބެ އެވެ.

މަހާޒް ކީރިތި ގުރުއާނުގެ ހުލާސާ ތަފްސީރުގެ ފުރަތަމަ ވޮލިއުމް (ފުރަތަމަ ފަސް ފޮތުގެ ތަފްސީރު) ޝާއިރުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 17، ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox