މި އަހަރު ބާ އިމްތިހާން 183 ކެންޑިޑޭޓުންނާ އެކު ބާއްވައިފި

ބާ އިމްތިހާނުގެ ތެރެއިން: އިމްތިހާނުގައި 183 ކެންޑިޑޭޓުން ވަނީ ބައިވެރިވެފައި -- ފޮޓޯ: ބާ ކައުންސިލް

ބާ އިމްތިހާނުގެ ތެރެއިން: އިމްތިހާނުގައި 183 ކެންޑިޑޭޓުން ވަނީ ބައިވެރިވެފައި -- ފޮޓޯ: ބާ ކައުންސިލް

މި އަހަރުގެ ބާ އިމްތިހާން 183 ކެންޑިޑޭޓުންނާއެކު ބާ ކައުންސިލުން މިއަދު ވިލާ ކޮލެޖުގައި ބާއްވައިފި އެވެ.

ބާ ކައުންސިލުން ބުނީ 190 ކެންޑިޑޭޓުންނަށް ހުޅުވާލި ބާ އިމްތިހާނުގައި 183 ކެންޑިޑޭޓުން ބައިވެރިވެފައިވާއިރު، 2022 ގައި ތައާރަފްކުރި އެ އިމްތިހާނުގައި މިހާތަނަށް ޖުމްލަ 505 ކެންޑިޑޭޓުން ބައިވެރިވެފައިވާ ކަމަށެވެ.

މި އަހަރުގެ އިމްތިހާނުގައި ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް، ކްރިމިނަލް ލޯ އެންޑް ޕްރޮސީޖާ، ލޭންޑް ލޯ އެންޑް ޕްރެކްޓިސް، ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ، ޓޯޓް ލޯ އަދި މޯލްޑިވިއަން ލީގަލް ސިސްޓަމްއިން އިނގިރޭސި އަދި ދިވެހި ބަހުން 120 "މަލްޓިޕަލް-ޗޮއިސް" ސުވާލު ހިމެނުނެވެ.

ބާ އިމްތިހާނުގެ ސިލަބަސް އެކުލަވާލާފައި ވަނީ ރާއްޖޭގެ ގާނޫނީ ދާއިރާގައި މަސައްކަތް ކުރާ ތަޖުރިބާކާރު ގާނޫނީ ވަކީލުންނާއި، ގާނޫނީ ތައުލީމު އުނގަންނައިދޭ ބޭފުޅުންގެ އަދި ފަނޑިޔާރުން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ބާ އިމްތިހާނުގެ "ކޮމިޓީ އޮފް އެކްސްޕާޓްސް" އިންނެވެ.

ބާ އިމްތިހާނަކީ ރާއްޖޭގެ ގާނޫނީ ހިދުމަތް ދިނުމަށް ބޭނުންވާ އެންމެ އަސާސީ ގަނޫނީ އިލްމާއި ހުނަރު އަދި އަލަށް ނުކުންނަ ގާނޫނީ ވަކީލުންގެ ކިބައިގައި ހުރިކަން ކަށަވަރު ކުރުމަށާއި ފެންވަރު ވަޒަން ކުރުމަށް ދެވޭ ގާނޫނީ ދާއިރާއަށް ގުޅުމަށް ބޭނުންވާ އިމްތިހާނެވެ.

އެ އިމްތިހާނުން ފާސްވުމަކީ ރާއްޖޭގައި ގާނޫނީ ވަކީލަކަށްވުމަށް ކަނޑައަޅާފައިވާ ތިން އަސާސީ ޝަރުތުގެ ތެރޭގައި ހިމެނޭ އެއް ޝަރުތެވެ.

ގަނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް ބޭނުންވާ ފުރަތަމަ ޝަރުތަކީ ބާ ކައުންސިލުން ގަބޫލު ކުރާ ގާނޫނީ ދާއިރާގެ ފުރަތަމަ ޑިގްރީ ހާސިލު ކުރުމެވެ. ދެވަނަ ޝަރުތަކީ ގާނޫނީ ދާއިރާގެ އަމަލީ ތަޖުރިބާ ހޯދުމަށް ފުރިހަމަ ކުރަން ޖެހޭ ލައިންސަންސިން ތަމްރީނެއް ފުރިހަމަ ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox