އޭރު އެމްއެންޑީއެފުން ދެއްކި ވާހަކަތައް ގަބޫލު ކުރިނަމަ ރައީސް ފަލީހަތް ނުވީސް: މާރިޔާ

އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި މާރިޔާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ

އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި މާރިޔާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ

ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް މި ފަސްގަނޑުގައި ނުހިނގާ ކަމުގެ ޔަގީންކަން މީގެ ކުރިން އެމްއެންޑީއެފްގެ ވެރިން ދެއްވިއިރު، އެ އަޑު އެއްސެވި ނަމަ މިއަދު މުޅި ދުނިޔޭގެ ކުރިމަތީގައި ރައީސް، ޑރ. މުހައްމަދު މުއިއްޒުއަށް ފަލީހަތްވެވަޑައިނުގަތީސް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެ އެވެ.

މާރިޔާ އެހެން ވިދާޅުވީ، މިދިޔަ ހަފުތާގައި އިންޑިއާއަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ސޮއި ކުރެއްވި ވިޝަން ޑޮކިއުމެންޓުގައި ހުރި ކަންކަމަކީ އެމްއެންޑީއެފުން ބަލައި ކަންބޮޑުވުމެއް އޭގައި ނެތް ކަމަށް ބުނެފައިވާ ވާހަކަތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަ އެވެ.

Advertisement

އެގޮތުން މީގެ ކުރިން ވެސް އިންޑިއާ އާއެކު ބާއްވަމުން ދިޔަ ގުޅުމުގެ ސަބަބުން ދިވެހީންގެ މިނިވަންކަމާއި ސިޔާދަތަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށް އެމްއެންޑީއެފުގެ އިސް ބޭފުޅުން ވިދާޅުވުމުން އެކަން ގަބޫލު ނުކުރައްވައި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ޒާތުގެ ވާހަކަތައް ދައްކަވަމުން ރައީސް މުއިއްޒު ގެންދެވި ކަމަށް މާރިޔާ ވިދާޅުވި އެވެ.

"މީގައި އިނގޭތޯ ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންފައި ޗީފް އޮފް ޑިފެންސް ފޯސް ކަމަށް އައްޔަނު ކުރެއްވި އަބްދުއްރަހީމް ވެސް ހިމެނޭ، އަދި މިއަދު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި އިބްރާހިމް ހިލްމީ ވެސް ހިމެނޭ، އެ ބޭފުޅުން ހިމެނޭ ގޮތަށް [އެމްޑީޕީގެ ވެރިކަމުގައި] އަރާ ވިދާޅުވީ މި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް މި ރާއްޖޭގައި ނުހިނގާ ކަމަށް، އެކަމަކު އެ ދުވަހު ޑރ. މުއިއްޒުއަކަށް އެކަން ބަލައިގަނެވޭ ކަމަކަށް ނުވި،" މާރިޔާ ވިދާޅުވި އެވެ.

މިއަދު ވެސް ރައީސް އެ މަޝްވަރާ ކުރައްވަނީ ހަމަ އޭރު ވެސް ރާއްޖޭގެ މިނިވަންކަމަށް ނުރައްކަލެއް ނެތް ކަމަށް ވިދާޅުވި އެމްއެންޑީއެފްގެ ވެރިންނާކަން ފާހަގަ ކުރައްވައި މާރިޔާ ވިދާޅުވީ އޭރު އެވާހަކަތައް ގަބޫލު ކުރެއްވި ނަމަ ފަލީހަތް ވާން ނުޖެހުނީސް ކަމަށެވެ.

"މިއަދު އެ ބޭފުޅުންގެ ވާހަކަތަކުގައި އެ ބޭފުޅުންނާ މަޝްވަރާ ކުރެއްވުމުން އެ ވިދާޅުވަނީ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތެއް ނުގެއްލެޔޭ ވިދާޅުވާއިރު، އެ ދުވަހު ވެސް އެ ވިދާޅުވި ބަސްފުޅު އަޑުއެއްސެވި ނަމައޭ ޑރ. މުއިއްޒު، އެހެން ނޫންނަމަ މި ފަލީހަތް ވާކަށް ނުޖެހުނީހޭ، ނުޖެހުނީހޭ މިހައި ހުތުރުކޮށް މި ފަލީހަތް ވާކަށް،" އެމްޑީޕީ ގައުމީ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާ ތަމްސީލު ކުރައްވާ މާރިޔާ ވިދާޅުވި އެވެ.

އިއްޔެ ނިންމަވައިލެއްވި ދަތުރުގެ ތެރެއިން އިންޑިއާގެ، ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އިންޑިއާ އާއެކު ސޮއި ކުރި ވިޝަން އެއްބަސްވުމުގައި ހުރި ހުރިހާ ކަމެއް ވެސް އޮންނާނީ ދިވެހީންގެ ސިޔާދަތާ އެއްގޮތަށް، ދިވެހީންގެ ކަންކަން އެހެން ބަޔަކު ކުރާ ގޮތަށް ދޫކޮށްލާފައި ނޫން ކަމަށެވެ.

"އަޅުގަނޑުމެން މި ދަތުރުގައި އިއުލާނުކުރި ދެ ގައުމުގެ ގުޅުމުގެ ތެރެއިން ނިންމައިގެން އިއުލާނުކުރި ވިޝަން ފޯ ކޮމްޕްރިހެންސިވް ޕާޓްނާޝިޕް އޮން އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީއަކީ ލިޔެވިފައި އޮތް އެއްޗެއް، އޭގައި ދިފާއީ ގޮތުން ޑިފެންސްގެ ދާއިރާއިން ލިޔެފައި ހުރި ކޮންމެ ޖުމުލައަކީ އެމްއެންޑީއެފުން ބައްލަވައި ޑިފެންސް މިނިސްޓްރީން އެޕްރޫވްކޮށްފައި ހުރި އެއްޗެހި." ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މި މޭރުމުން ވާހަކަދެއްކެވިއިރު، އިންޑިއާ އާއި ރާއްޖެއާ ދެމެދު މިފަހަރު އެކުލަވައިލި އެއްބަސްވުމުގައި މީގެ ކުރިން އެކުލަވައިލި އެއްބަސްވުންތަކާ މާބޮޑު ތަފާތެއް ނެތެވެ.

މިހާރުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުން އިދިކޮޅުގައި ތިބިއިރު، އިންޑިއާ އާ ގުޅުވައި ދައްކަމުންދިޔަ ވާހަކަތައް އެމްއެންޑީއެފުގެ ވެރިން އޭރު ވެސް ދޮގު ކުރެއްވި އެވެ.

ނަމަވެސް އެއީ އޭރުގެ ސަރުކާރުން ބިރު ދައްކައިގެން އެމްއެންޑީއެފުން ދެއްކި ވާހަކަތަކެއް ކަމަށް މިހާރު ސަރުކާރުގައި ތިއްބެވި ފަރާތްތަކުން އޭރު ބުނަމުންދިޔަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox