ސަރުކާރު ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުން އަމިއްލަ ކްލިނިކްތަކުގައި މަސައްކަތް ކުރުމުގެ ގަވާއިދެއް ހަދަން އޭސީސީން ލަފާ ދީފި

Oct 10, 2024, 4:28 PM
ސަރުކާރުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލް: ޑޮކްޓަރުންނާ ގުޅޭ ގައިޑްލައިންތައް ހަދަން ވެސް އޭސީސީއިން ލަފާ ދިން -- ފޮޓޯ: އަދަދު ފައިލް

ސަރުކާރުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލް: ޑޮކްޓަރުންނާ ގުޅޭ ގައިޑްލައިންތައް ހަދަން ވެސް އޭސީސީއިން ލަފާ ދިން -- ފޮޓޯ: އަދަދު ފައިލް

ސަރުކާރު ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުން އަމިއްލަ ކްލިނިކްތަކުގެ ވަޒީފާއަށް ދިޔުމާ ގުޅޭ ގަވާއިދެއް ހަދަައި އެއަށް އަމަލު ކުރަންޖެހޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ބުނެފި އެވެ.

ވެލްފެއާ ނިޒާމުގެ މައްސަލަތައް ބެލުމަށްފަހު މިއަދު އޭސީސީއިން ނެރުނު ބަޔާނެއްގައި ވަނީ ނިޒާމު ހަރުދަނާ ކުރަން ޖުމުލަ 20 ލަފަޔެއް ދީފަ އެވެ. އޭގެ ތެރޭގައި އެންމެ މުހިންމު އެއް ކަންތައް ގޮތުގައި ފާހަގަ ކުރެވެނީ ސަރުކާރު ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުން ޕްރައިވެޓް ކްލިނިކްތަކަށް ދިޔުމުގެ ގަވާއިދެއް ހަދަން ދިން ލަފަ އެވެ.

އާސަންދައިން ދައުލަތުގެ ބަޖެޓަށް ކުރާ އަސަރު ކުޑަ ކުރުން މުހިންމު ކަމަށް ފާހަގަކޮށް އޭސީސީއިން ބުނެފައި ވަނީ، އެންމެ ފުރިހަމައަށް އާސަން ދެވޭނެ ގޮތުގެ ދިރާސާއެއް ކޮންމެހެން ވެސް ހަދަންޖެހޭ ކަމަށެވެ. އަދި އެންމެ އަގުބޮޑުކޮށް ބޭސް ވިއްކޭނެ އަގާއި އެންމެ އަގުބޮޑުކޮށް ހިދުމަތް ދެވޭނެ އަގު ވެސް ކަނޑައަޅަންޖެހޭނެ ކަމަށް އޭސީސީއިން ބުނެ އެވެ.

އޭގެ އިތުރުން، ޑޮކްޓަރުންނާއި ބޭސް ބޭނުން ކުރުމާއި ހިދުމަތް ދިނުމުގެ ކްލިނިކަލް އަދި ޕްރެކްޓިސް ގައިޑްލައިންތަކެއް ހަދަންޖެހޭ ކަމަށް ވެސް އޭސީސީއިން ބުނެ އެވެ. އަދި ވެލްފެއާ ނިޒާމު ހަރުދަނާ ކުރަން ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރަންޖެހޭ ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.

އޭސީސީއިން ފާހަގަ ކުރި މައްސަލަތަކުގެ ތެރޭގައި، އެންސްޕާއިން އެހީ ދޫކުރުމުގައި ހަމަހަމަކަން ނެތުމާއި ކުންފުނިތަކަށް އާސަންދައިން ފައިސާ ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާނެ ފަދަ ގޮތަކަށް އަމަލު ކުރުން ހިމެނެ އެވެ. އަދި ވެލްފެއާ ނިޒާމުގެ ގާނޫނީ އޮނިގަނޑު ހަރުދަނާނުވުމުގެ ސަބަބުން ނަޒާހާތްތެރިކަން ކަށަވަރުނުވާ ކަމަށް އޭސީސީން ބުނެ އެވެ.

އެންސްޕާ އާއި އާސަންދައިން ފައިސާ ދޫކުރާއިރު، ފައިސާ ދޫކުރެވެނީ ހޯދާފައިވާ ހިދުމަތަށްކަން ކަށަވަރުނުވާ ކަމަށް ވެސް އޭސީސީއިން ބުނެ އެވެ. އަދި ބުނެފައި ވަނީ ސިއްހީ ވެލްފެއާ ނިޒާމު ވަށައިޖެހޭނެ ގޮތަށް ޒިންމާދާރު ކުރެވޭނެ ވަކި މީހަކު ނެތުމަކީ ވެސް މައްސަލައެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox