ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ރައީސްއަށް ގޮވާލެއްވީ އިންޑިއާ މައްސަލައިގައި ދޮގު ހެއްދެވި ކަމަށް އިއުތިރާފުވުމަށް

Oct 10, 2024, 12:05 PM
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ: ވިދާޅުވީ ކުރިން ހެއްދެވީ ދޮގުކަން މިހާރު ސާބިތުވެއްޖެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ: ވިދާޅުވީ ކުރިން ހެއްދެވީ ދޮގުކަން މިހާރު ސާބިތުވެއްޖެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ރިޔާސީ ކެމްޕެއިނުގައި އިންޑިއާއާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަކީ ދޮގު ކަމަށް އެއްބަސްވެ، ރައްޔިތުންނަށް އޮޅުވާލި ކަމަށް އިއުތިރާފުވެވަޑައިގަތުމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ގޮވާލައްވައިފި އެވެ.

"އަދަދު" އާ ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، އިންޑިއާއާއެކު ދިވެހި ސަރުކާރުން މި ހަފުތާގެ ތެރޭގައި ވި އެއްބަސްވުންތަކުގައި ސޮއި ކުރީ އެމްއެންޑީއެފް އިން ބެލުމަށްފަހު ކަމަށް ވިދާޅުވިއިރު، ކުރީ ސަރުކާރުން ސޮއި ކުރި އެއްބަސްވުންތަކުގައި ވެސް މައްސަލައެއް ނެތް ކަމަށް ސިފައިންގެ އިސް ބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ.

"އެއިރު އެ ވާހަކަ ޑރ. މުއިއްޒުއަށް ބަލައިގަނެވޭ ކަމަކަށް ނުވި. އަދި، ދިވެހި ސިފައިން އެހެން ބުުނުމުން ޕީއެންސީން އެެއިރު އެބޭކަލުންނާ ދިމާލަށް 'މިނިސްޓަރު މަޖްބޫރު ކޮށްގެން މިނިސްޓަރު ދެކެ ބިރުން ދައްކާ ވާހަކަތަކެއް' ކަމަށް ބުނެ، ކުރި މަލާމާތާއި ފުރައްސާރަ އެންމެނަށް ވެސް އެނގޭނެ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ، ރައީސް މުއިއްޒާއި ޕީއެންސީން ކުރިން އިންޑިއާއާ ބެހޭ ގޮތުން ދެއްކި ވާހަކަތަކަކީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ދެއްކި ވާހަކަތަކެއް ކަމަށެވެ. އެހެންކަމުން ދެން އެންމެ ރަނގަޅުވާނީ އެކަމަށް އިއުތިރާފުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން ވެސް، އެންމެ ރަނގަޅުވާނީ، މިނިވަންކަން ގެއްލެނީއޭ ކިޔައިގެން ޑރ. މުއިއްޒު އެ ދެއްކެވި ވާހަކަފުޅުތަކަކީ، ރައްޔިތުން ހިތުގައި ބިރުވެރިކަން އުފައްދައި، ވެރިކަމަށް އައުމަށްޓަކައި ރިޔާސީ ކެމްޕެއިނުގައި އެމަނިކުފާން ދެއްކެވި ދޮގު ވާހަކަތަކެއް ކަމަށް އިއްތިރާފްވެވަޑައިގަނެ އެކަން އެގޮތަށް ކުރައްވާފަވާތީ ރައްޔިތުންގެ ކިބައިން ރީއްޗަށް މައާފަށް އެދިވަޑައިގަތުން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ އިތުރަށް ވިދާޅުވީ، އިންޑިއާ އައުޓް އެޖެންޑާއެއް ދުވަހަކު ވެސް ނުގެންގުޅުއްވާ ކަމަށް ރައީސް މުއިއްޒު މިހާރު ވިދާޅުވުމުން ދޭހަވަނީ، ދިވެހި ރައްޔިތުންނާ މެދު ދެކޭ ދަށު ދަރަޖަ ކަމަށެވެ.

"އެ ވާހަކަތަކުން އަޅުގަަނޑަށް މާނަ ކުރެވެނީ، ޑރ. މުއިއްޒު ދެކެވަޑައިގަންނަވަނީ ދިވެހި ރައްޔިތުންނަކީ އެމަނިކުފާނު ދިވެހި ބަހުން ދައްކަވާ ވާހަކަފުޅު ފަހުމުނުވާ، އަދި އެންމެ އާދައިގެ އިނގިރޭސި ބަހުން، އަމިއްލަފުޅަށް ތުރުކުރައްވައިގެން ހުންނަވާ ޓީ ޝާޓުގައި ބޮޑު އަކުރުން ލިޔުއްވައިގެން ހުންނަވާ 'އިންޑިއާ އައުޓް' މި ބަސްތައް ކިޔަން ނުދަންނަ އަދި އޭގެ މާނަ ވެސް ނޭނގޭނެ ބައެއްގެ ގޮތުގައި ކަމަށް،" މާރިޔާ ވިދާޅުވި އެވެ.

އީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން ވަރަށް ގިނަ، މުހިންމު ކަންކަން ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އިންޑިއާގެ އިތުރު އަަސްކަރީ އުޅަނދުތަކެއް ރާއްޖެއަށް ގެނައުމާއި އުތުރުތިލަފަޅުގައި އިންޑިއާއިން އަޅާ އަސްކަރީ ބަނދަރު ހަދަން ފުރިހަމަ އެއްބާރުލުން ދިނުމާއި ދިވެހި ސިފައިންނަށް މާލީ އެހީތެރިކަން ދިނުމާއި ސިފައިންނާއި ފުލުހުން އިންޑިއާގެ އެހީގައި ތަމްރީނު ކުރުން ހިމެނެ އެވެ.

ރައީސްގެ ދަތުރު ނިންމާލެއްވުމަށްފަހު މާލެ ވަޑައިގަތީ މިއަދެވެ. އެމަނިކުފާނު ހިމެނޭ ގޮތަށް 50 މީހުންގެ ވަފުދަކާއެކު ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގެންނެވީ މިދިޔަ އާދީއްތަ ދުވަހެވެ. އެ ދަތުރުގައި އިންޑިއާގެ ރައީސް ދްރޫޕާދީ މުރްމުރް އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރެއްވި އެވެ. އަދި އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ އިސްވެރިންނާ ވެސް ރައީސް ބައްދަލު ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox