މޫސުން ގޯސްވެ ވީއައިއޭއަށް ފުލައިޓު ޖެއްސުމަށް ދަތިވެ ބައެއް ފުލައިޓުތައް އަނބުރާ ދަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުލައިޓެއް ޖައްސަނީ: މޫސުން ގޯސްވެ ވީއައިއޭއަށް ފުލައިޓު ޖެއްސުމުގައި ޑިލޭތަކެއް ވަނީ ކުރިމަތިވެފަ ---- ފޮޓޯ: އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުލައިޓެއް ޖައްސަނީ: މޫސުން ގޯސްވެ ވީއައިއޭއަށް ފުލައިޓު ޖެއްސުމުގައި ޑިލޭތަކެއް ވަނީ ކުރިމަތިވެފަ ---- ފޮޓޯ: އަދަދު

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ވައި ގަދަވެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ ފުލައިޓުތައް ޖެއްސުމުގައި ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީސް) އިން މިހާރުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ ޔެލޯ އެލާޓު ނެރެފަ އެވެ. މާލެ ސަރަހައްދު ހިމެނޭހެން ނެރުނު މި އެލާޓުގައި 50 މޭލާ ހަމައަށް ވައި ގަދަވާނެ ލަފާކޮށްފައިވެ އެވެ.

ވައިގެ އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކާއި ފުލައިޓު ޝެޑިއުލްތައް ދައްކާގޮތުން މިހާރުވެސް ވީއައިއޭއަށް ނުޖެއްސި ގިނަ ފުލައިޓުތައް ދަނީ އެނބުރެމުންނެވެ. އޭގެ ތެރޭގައި ސިންގަޕޫރު، ކޮލަމްބޯ، މުމްބާއީ، އަދި ބެންކޮކް އިން ދަތުރުކުރި ފުލައިޓުތައް ހިމެނެ އެވެ.

ސިންގަޕޫރު އެއާލައިންސްގެ އުޅަނދެއް ވީއައިއޭގައި ނުޖެއްސިގެން އެނބުރެނީ --- ފޮޓޯ: ފުލައިޓު ރާޑަރު
ސިންގަޕޫރު އެއާލައިންސްގެ އުޅަނދެއް ވީއައިއޭގައި ނުޖެއްސިގެން އެނބުރެނީ --- ފޮޓޯ: ފުލައިޓު ރާޑަރު

ސިންގަޕޫރު އެއާލައިންސްގެ އުޅަނދެއް ވީއައިއޭގައި ނުޖެއްސިގެން އެނބުރެނީ --- ފޮޓޯ: ފުލައިޓު ރާޑަރު

މީގެއިތުރުން މިއަދު އިންޑިއާގެ ކޮޗިން އިން ހުޅުލެއަށް ދަތުރުކުރި އިންޑިގޯގެ ފުލައިޓެއް ނުޖެއްސި މިހާރު ދަނީ އެނބުރި އެ ގައުމަށް ދަތުރުކުރަމުންނެވެ.

އާންމުކޮށް ވިއްސާރަ ދުވަސްވަރު ފުލައިޓުތައް ޑިލޭ ވުމުގެ އިތުރުން ވީއައިއޭގެ އޮޕަރޭޝަނަށްވެސް އަސަރުކުރެ އެވެ. ނަމަވެސް މިއަދު އެފަދަ ހާދިސާއެއް ހިނގިކަން އެނގިފައެއް ނުވެ އެވެ.

މެޓު އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ހަފުތާ ބަންދުގައިވެސް މޫސުން ގޯސްވާނެ އެވެ. މިއީ ހުޅަނގު މޫސުމުގެ ފަހު ދުވަސްވަރުގެ ވިއްސާރައެއް ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox