އިގުތިސާދު ކޮޅަށް ޖެހުމަށް އިންޑިއާ ދަތުރުން ވަރަށް ބޮޑު ކުރިއެރުން ލިބުނު: ރައީސް މުއިއްޒު

ބެންގަލޫރުގައި ދިރިއުޅޭ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ބެންގަލޫރުގައި ދިރިއުޅޭ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރަކީ ރާއްޖޭގެ އިގުތިސާދު ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުނު ދަތުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ރޭ ވިދާޅުވީ މި ސަރުކާރާ ވަރިކަން ހަވާލުވީ ވަރަށް ބޮޑު ދަރަންޏަކާ އެކުގައި ކަމަށެވެ. ނަމަވެސް ފާއިތުވި 11 ވަރަކަށް މަސްދުވަހު، އިތުރު ދަރަންޏެއް ނުނަގައި ކުރަމުންދާ މަސައްކަތަށް މި ދަތުރު ވަރަށް ބޮޑު ކުރިއެރުމެއް ލިބުނު ކަމަށެވެ.

"އެހެންވީމާ އެ ދަރަނި، އަޅުގަނޑުމެން އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް މި ގާތްގަނޑަކަށް 11 ވަނަ މަސް މި ހިނގަނީ، ވާއިރު، އަޅުގަނޑުމެން ނެގި މިކަހަލަ އެއްވެސް ދަރަންޏެއް ނެތި، އެ ދަރަނި ދެއްކުމަށްޓަކައި އެހައިތަނަށް އަޅުގަނޑުމެންނާ ހަވާލުވިއިރުގައި އިގުތިސޯދު ކޮޅަށް ޖެހުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ވެސް ވަރަށް ބޮޑު ކުރިއެރުމެއް މި ދަތުރުން ލިބިގެން މި ދިޔައީ،" ރައީސް ވިދާޅުވި އެވެ.

އިންޑިއާއަށް މިހާރު ރައީސް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން، އިންޑިއާއިން ވަނީ ރާއްޖެއަށް 400 މިލިއަން ޑޮލަރާއި 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއްގައި ސޮއިކޮށްފަ އެވެ.

އޭގެއިތުރުން ރާއްޖޭގެ ބަންކަރިން ހިދުމަތް ތަރައްގީ ކުރުމަށާއި ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލު ކުރަން އެހީވެދޭން އިންޑިއާއިން ވަނީ ނިންމައިފަ އެވެ.

އަދި، އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި ބޭނުން ކުރެވޭ ގޮތް ހެދުމުގެ އިތުރުން އެގައުމުގެ އެހީގައި ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯނަކާއި މަސް ފެކްޓްރީއެއް އަޅަން ވެސް ވަނީ މި ދަތުރުގެ ތެރެއިން އެއްބަސްވެފަ އެވެ.

ރޭގެ ވާހަކައިގައި ރައީސް ވިދާޅުވީ އިންޑިއާގެ އިސްވެރިންނާ ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ރާއްޖޭގެ އިގުތިސާދު ފުޅާ ކުރުމުގެ މަގުތަކެއް ފަހިވެގެންދިޔަ ކަމަށެވެ.

"ތަރައްގީގެ މަގުގައި ގެދޮރު ބިނާކުރުން އުމުރާނީ ތަރައްގީގެ ދާއިރާއިން އެކި ކަންކަން އަޅުގަނޑުމެންގެ އިގުތިސޯދު ފުޅާކުރުމަށްޓަކައި ޓޫރިޒަމާއި އެގްރިކަލްޗާ، މަސްވެރިކަން މިހެން ގޮސް ވަރަށް ގިނަ ދާއިރާތަކަށް އިންވެސްޓުމެންޓު ގެނައުމާއި އަދި އެހީތެރިކަން، އެކި ކަހަލަ ލުއި ގޮތްގޮތަށް އެހީތެރިކަން ލިބޭނެ މަގުތައް ފަހިކުރުން،" ރައީސް ވިދާޅުވި އެވެ.

އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރު ނިންމަވައިލުމަށްފަހު މިއަދު ރައީސް ރާއްޖެ ވަޑައިގަންނަވާނެ އެވެ. އިންޑިއާއަށް ރައީސް ވަޑައިގެން އުޅުއްވަނީ 50 މީހުންގެ ވަފުދަކާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox