މި ހަފުތާ ތެރޭގައި ރާއްޖެއަށް އެތެރެކުރަން އުޅުނު 3.48 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ އޭގެތެރެއިން 2.44 ކިލޯގެ ކޮކެއިން އަތުލައިގަތީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އަދި، 1.04 ކިލޯގެ ހިރޮއިން އަތުލައިގަތީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.
ހެރޮއިން އަތުލައިގަތީ ޕޯސްޓު މެދުވެރިކޮށް އެތެރެ ކުރަން އުޅެނިކޮށެވެ. ކޮކެއިން އަކީ ވެލާނީ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެން ތަކެއްޗެވެ.
މިފަހަކަށް އައިސް ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުން ވަނީ ގިނަވެފަ އެވެ. މިދިޔަ އަހަރު އެކަނި ވެސް ޕޯސްޓުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު ނުވަ ލައްކަ ރުފިޔާއަށް ވުރެ އަގުހުރި މަސްތުވާތެކެތި ކަސްޓަމްސްއިން އަތުލައިގެންފައިވެ އެވެ.













