ރާއްޖެއިން ބޭނުންވި ކޮންމެ ހާލަތެއްގައި އެންމެ އެހީތެރިވެދިން ގައުމަކީ އިންޑިއާ، އެއީ ހަގީގަތް: ރައީސް

ރައީސް ބެންގަލޫރުގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ އެމަނިކުފާނުގެ ހާރިޖީ ސިޔާސަތު ބަދަލު ނުކުރައްވާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް ބެންގަލޫރުގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ އެމަނިކުފާނުގެ ހާރިޖީ ސިޔާސަތު ބަދަލު ނުކުރައްވާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއަށް ބޮޑުވެގެންދިޔަ ކޮންމެ ހާލަތެއްގައި އެންމެ އެހީތެރިވެދިން ގައުމަކީ އަވައްޓެރި އިންޑިއާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ، ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އިންޑިއާ އާއި ރާއްޖެއަކީ "އެތައް ގަރުނެއްގެ ގާތް ގުޅުމެއް" އޮތް ދެ ގައުމު ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖެއިން އެހީތެރިކަމަށް ބޭނުންވި ކޮންމެ ހާލަތެއްގައި ވެސް އެންމެ އެހީތެރިވެދިނީ އިންޑިއާއިން ކަމަށެވެ.

"އަޅުގަނޑުމެންނަށް ބޮޑުވެގެން ދިޔަ ކޮންމެ ހާލަތެއްގައި، އަޅުގަނޑުމެންނަށް އެހީތެރިކަން ބޭނުންވި ކޮންމެ ވަގުތެއްގައި، އެންމެ ފުރަތަމަ އިސްކަން ދިން އެއް ގައުމަކަށް ވާނީ އަދި ބައެއް ފަހަރު އެންމެ ފުރަތަމަ އިސްކަން ދިން ގައުމަކަށް ވެސް ވަނީ އިންޑިއާ. މިއީ ހަގީގަތް," ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތު ބަދަލު ކުރައްވާފައިވާ ކަމަށް ބުނެ އާންމުން ކިޔާ ފާޑުކިޔުމަށް ރައްދު ދެއްވަމުން އެމަނިކުފާނު ބުދަ ދުވަހު ވިދާޅުވީ، މިހާރު ވެސް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކެމްޕެއިނުގައި ވެސް އިއުލާނު ކުރެއްވި ސިޔާސަތު ކަމަށެވެ.

"އަޅުގަނޑު މަސައްކަތް ކުރާ ގޮތް ފެންނާނެ. ދައްކާ ވާހަކައާ އެއްގޮތަށް ހާރިޖީ ސިޔާސަތު މި ގެންދަނީ. އިންޑިއާއަކީ އަޅުގަނޑުމެންނާ ވަރަށް ގާތް ގުޅުމެއް އޮތް ގައުމެއް. ޒަމާންވީ، އެތައް ގަރުނެއްގެ ގާތް ގުޅުމެއް އޮތް ގައުމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ވަރަށް ގިނަ، މުހިންމު ކަންކަން ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އިންޑިއާގެ އިތުރު އަަސްކަރީ އުޅަނދުތަކެއް ރާއްޖެއަށް ގެނައުމާއި އުތުރުތިލަފަޅުގައި އިންޑިއާއިން އަޅާ އަސްކަރީ ބަނދަރު ހަދަން ފުރިހަމަ އެއްބާރުލުން ދިނުމާއި ދިވެހި ސިފައިންނަށް މާލީ އެހީތެރިކަން ދިނުމާއި ސިފައިންނާއި ފުލުހުން އިންޑިއާގެ އެހީގައި ތަމްރީނު ކުރުން ހިމެނެ އެވެ.

ރައީސްގެ ދަތުރު ނިންމާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގަންނަވާނެ އެވެ. އެމަނިކުފާނު ހިމެނޭ ގޮތަށް 50 މީހުންގެ ވަފުދަކާއެކު ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގެންނެވީ މިދިޔަ އާދީއްތަ ދުވަހެވެ. އެ ދަތުރުގައި އިންޑިއާގެ ރައީސް ދްރޫޕާދީ މުރްމުރް އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރެއްވި އެވެ. އަދި އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ އިސްވެރިންނާ ވެސް ރައީސް ބައްދަލު ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox