ބަންކަރިންގެ ހިދުމަތަށް އިންޑިއާއިން އެހީތެރިވާން އެއްބަސްވެއްޖެ

ބަންކަރިންގެ ހިދުމަތަށް އިންޑިއާއިން އެހީތެރިވާން އެއްބަސްވެއްޖެ

ސަރުކާރުން ފަށައިގެން އުޅޭ ބަންކަރިންގެ ހިދުމަތް ތަރައްގީ ކުރަން އިންޑިއާ ސަރުކާރުން އެހީތެރިވެދޭން ނިންމައިފި އެވެ.

ބަންކަރިންގެ ހިދުމަތް ތަރައްގީ ކުރަން އިންޑިއާގެ އެހީ ހޯދަން ދިވެހިރާއްޖެއިން އެއްބަސްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިވަގުތު އިންޑިއާއަށް ކުރައްވާ ދަތުރުގެ ތެރެއިން އިންޑިއާއާއެކު ހޯމަ ދުވަހު ބޭއްވި ރަސްމީ މަޝްވަރާތަކުގަ އެވެ.

ރަސްމީ މަޝްވަރާތަކުގެ ތެރެއިން އިންޑިއާގެ އިތުރު އަސްކަރީ އުޅަނދުތަކެއް ރާއްޖެއަށް ހަދިޔާ ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ. މިހާރު ވެސް އިންޑިއާއިން ދީފައި އޮތް ޑޯނިއާ މަތިންދާބޯޓަކާއި ދެ ހެލިކޮޕްޓަރު ރާއްޖޭގައި އޮޕަރޭޓު ކުރެ އެވެ.

އޭގެ އިތުރުން އިންޑިއާއިން އުތުރުތިލަފަޅުގައި ހަދާ އަސްކަރީ ބަނދަރު އަޅަން ދިވެހި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭން ވެސް ވަނީ ހޯމަ ދުވަހު އެއްބަސްވެފަ އެވެ. ޔޫޓީއެފް ބަނދަރަށް އެއްބާރުލުން ދޭން ނިންމީ "އަ ވިޝަން ފޯ ކޮމްޕްރެހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕް" ގެ ދަށުންނެވެ. އެއީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ކުރިއަށް ގެންދާނެ ގޮތުގެ ކަރުދާހެކެވެ.

ދިވެހި ސިފައިންގެ ގާބިލުކަން އިތުރު ކުރަން އިންޑިއާއިން ދޭ މާލީ އެހީ ބަލައިގަތުމަށް ވެސް ސަރުކާރުން ވަނީ ހޯމަ ދުވަހު ނިންމައިފަ އެވެ. އަދި އިންޑިއާއިން މިހާރު ރާއްޖޭގައި ބަހައްޓާފައިވާ ރާޑަރުތަކުގެ އިތުރުން އިތުރު ރާޑަރުތަކެއް ބެހެއްޓުމަށް ވެސް ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.

ރާއްޖޭގެ ހައިޑްރޯގްރަފީ މަސައްކަތަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އިއްޔެ ދެ ގައުމުގެ ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. އަދި ދިވެހި ސިފައިންނާއި ފުލުހުން ތަމުރީނުވުމަށް އެހީތެރިވުމަށް ވެސް އިންޑިއާ ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އިންޑިއާގެ ސިފައިންނާއި މިލިޓަރީ ގައުމުން ބޭރު ކުރުމަކީ "އިންޑިއާ އައުޓް" ކެމްޕެއިނަކާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އަދި މުހިންމު ވައުދެވެ. އެގޮތުން އުތުރުތިލަފަޅުގައި އިންޑިއާއިން ބަނދަރެއް އަޅައިދޭތީ އެއިރުގެ އިދިކޮޅު ފަރާތްތަކުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox