ބޮލީވުޑުން ދިވެހިރާއްޖޭގައި ފިލްމު އުފައްދަން ރައީސް އެދިވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮލީވުޑްގެ ތަރިންނާ ބައްދަލު ކުރެއްވުން: ބޮލީވުޑުން ފިލްމް ޓޫރިޒަމަށް ރާއްޖެ ހިޔާރު ކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައި -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮލީވުޑްގެ ތަރިންނާ ބައްދަލު ކުރެއްވުން: ބޮލީވުޑުން ފިލްމް ޓޫރިޒަމަށް ރާއްޖެ ހިޔާރު ކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައި -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ބޮލީވުޑުން ދިވެހިރާއްޖޭގައި ފިލްމު އުފައްދަން އެދިވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުގައި މުމްބާއީގައި ބޭއްވި ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މުސްތަގުބަލުގައި ރާއްޖޭގެ ރީތިކަން ބޭނުންކޮށްގެން ބޮލީވުޑުން ފިލްމްތައް ރާއްޖޭގައި އުފައްދަން އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.

"އިންޑިއާ ފަތުރުވެރިން ތަފާތު ތަޖުރިބާތައް އަންނަނީ ހޯދަމުން. އެގޮތުން އިކޯޓޫރިޒަމް، ވެލްނެސް ޓޫރިޒަމް، އަދި މައިސް ޓޫރިޒަމް އަދި ފިލްމް ޓޫރިޒަމް ފަދަ ދާއިރާތަކުގެ ޑިމާންޑްތައް ފުއްދުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް. ބޮލީވުޑް ފިލްމްތައް ރާއްޖޭގެ ރީތިކަން ބޭނުން ކޮށްގެން ފިލްމް އުފައްދަން ހުށަހަޅަން،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއަކީ އިންޑިއިން ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަގުހުރި ތަނެއް ކަމަށާއި އާދަޔާ ހިލާފު ރަނގަޅު ތަޖުރިބާތައް ފޯރުކޮށް ދިނުމަށް އެކި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އަންނަ އަހަރު ނިމުމާއެކު، ރާއްޖެއަކީ މި ސަރަހައްދުގެ އެންމެ ބޮޑު ޓްރެވެލް ހަބަށް ވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރާއްޖެއަށް މި އަހަރު އެކަނި ވެސް ލައްކައެއްހާ އިންޑިއާ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެއަށްވުރެ ފަތުރުވެރިންގެ އަދަދު އިތުރު ކުރެވޭނެ ފުރުސަތު އޮތުމުން، އެކަމަށް މަަސައްކަތް ކުރާނެ ކަމަށވެެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ ވެރިކަން ފެށިގެން ކުރީކޮޅު ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކުމުން އިންޑިއާގެ ފިލްމީ ތަރިން ހިމެނޭ ގޮތަށް ގިނަ ބަޔަކު ރާއްޖެ ބޮއިކޮޓް ކުރުމުގެ ކެމްޕެއިނެއް ފެށި އެވެ.

ނަމަވެސް ސަރުކާރުން ވަނީ އެ ޑެޕިއުޓީ މިނިސްޓަރުން ފަހުން ސަސްޕެންޑުކޮށް، އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ރަނގަޅު ކުރަން މަސައްކަތް ކޮށްފަ އެވެ. އެ ގުޅުން އިތުރަށް ރަނގަޅުވީ ރައީސް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގަ އެވެ.

ރައީސް އިންޑިއާއަށް ވަޑައިގެންނެވުމުގެ ކުރިން މޯދީއަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި ޑެޕިއުޓީ މިނިސްޓަރުން ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox