މާފުށިން ޗޮންއަށް މި ފެނުނީ މާވަހަރެއްތަ؟

އާސިމް ވަހީދު (ޗޮން): އޭނާއަށް ކ. މާފުށިން މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ވަނީ ފެނިފައި

އާސިމް ވަހީދު (ޗޮން): އޭނާއަށް ކ. މާފުށިން މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ވަނީ ފެނިފައި

ސޯޝަލް މީޑިއާ އިންފްލުއެންސާއެއް ގޮތަށް މަޝްހޫރުވެފައިވާ އާސިމް ވަހީދު (ޗިންޗޮން) ކ. މާފުށިން މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް މިއަދު ހޮވައިފި އެވެ.

"އަދަދު" އާ ވާހަކަ ދައްކަމުން އާސިމް ބުނީ މާވަަހަރު ފެނުނީ ހެނދުނު 6:30 ހާއިރު މާފުށީ އަތިރިމަތިން ކަމަށެވެ.

"ހެނދުނު 06:30 ހާއިރު ކޮފީއެއް ބޯލައިގެން ބީޗުގައި ހިނގާލާފައި ދަނިކޮށް އޭތި ފެނުނީ. އެ ނަގައިގެން ގޮސް ލޮނު ފެނަށް އަޅާފައި ބާއްވާފައި މިހާރު އެ އޮތީ. ބިޒީކޮށް އުޅޭތީ އެކަމާ އަދި މާ ބޮޑަށް ނޫޅެވޭ. ގެސްޓުންގެ ކަންތައް ނިންމާފައި އެކަމާ އުޅެވޭނީ،" ވޯޓާސްޕޯޓްސްގެ މަސައްކަތުގައި އުޅޭ އާސިމް ބުންޏެވެ.

އާސިމް ވަހީދު (ޗޮން) އަށް ކ. މާފުށިން ފެނުނު މާވަހަރު
އާސިމް ވަހީދު (ޗޮން) އަށް ކ. މާފުށިން ފެނުނު މާވަހަރު

އާސިމް ވަހީދު (ޗޮން) އަށް ކ. މާފުށިން ފެނުނު މާވަހަރު

އާސިމް ބުނީ މިހާތަނަށް ވެސް އޭތީގެ ބަރުދަނުގައި ހުރީ ކިހާ ވަރެއްތޯ ވެސް ނުބަލާ ކަމަށާއި ރަހުމަތްތެރިންގެ އިރުޝާދާއެކު އެއީ މާވަހަރެއްކަން ޔަގީން ކުރުމަށް ޓެސްޓުތައް ހަދަން މާލެ ގެނައުމުގެ ވިސްނުން އެބަ ހުރި ކަމަށެވެ.

ސޯޝަލް މީޑިއާގައި ޗޮން މަޝްހޫރު ވެގެންދިޔައީ "ބިލީވް މީ ސެންސް މޭކް" ގެ ނަމުންނެވެ. އޭނާ އެ ނަމުން މަޝްހޫރު ވެގެންދިޔައީ ވީޑިއޯތަކުގައި އެހެން ބުނާތީ އެވެ.

އެންމެ ފަހުން ރާއްޖެއިން މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވާފައި ވަނީ މިދިޔަ އޯގަސްތް މަހު ގއ. ކޮލަމާފުށިންނެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން މިގޮތަށް މާވަހަރު ފެނިފައިވެ އެވެ. އަދި ވަރަށް ބޮޑެތި އަގުތަކުގައި ވެސް މާވަހަރު ވިއްކާފައި އެބަހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox