ގައިދީންގެ ބޯކޮށުމަކީ އިހުތިޔާރީ ކަމަކަށް ހަދަން އެޗްއާރުސީއެމުން އެދެފި

މާފުށީގައި ހުންނަ ޖަލު: އެޗްއާރުސީއެމުން ހުށަހަޅާފައި ވަނީ އެއްވެސް ގައިދީއަކަށް ބޯކޮށަން މަޖުބޫރު ނުކުރަން -- ފޮޓޯ: އަދަދު ފައިލް

މާފުށީގައި ހުންނަ ޖަލު: އެޗްއާރުސީއެމުން ހުށަހަޅާފައި ވަނީ އެއްވެސް ގައިދީއަކަށް ބޯކޮށަން މަޖުބޫރު ނުކުރަން -- ފޮޓޯ: އަދަދު ފައިލް

ބަންދުގައި ތިބޭ ގައިދީންގެ ބޯކޮށުމަކީ އެމީހުންގެ އަމިއްލަ އިހުތިޔާރީ ކަމެއްގެ ގޮތުގައި ޖަލުގެ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހުށަހަޅައިފި އެވެ.

ޖަލު ބަންދުގައި ތިބޭ ގައިދީންގެ ފަރާތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން ގައިދީންގެ ބޮލާއި ތުނބުޅިމަތިމަސް ބަހައްޓަންޖެހޭ ގޮތުގެ އުސޫލު ރިވިއު ކުރުމަށްފަހު އެޗްއާރުސީއެމުން މިއަދު އާންމުކުރި ކަރުދާހެއްގައި ބުނީ ޖަލު ބަންދުގައި ތިބޭ މީހުންގެ ބޮލުގެ އިސްތަށިގަނޑު ވަކި ވަރަކަށް ކޮށާފައި ބަހައްޓަން ގަވާއިދުތަކާއި އުސޫލުތަކުން މަޖުބޫރު ކޮށްފައި އޮތުމަކީ ދުނިޔޭގެ ތަހުޒީބު މުޖުތަމައުތަކުގައި ކުރަމުން އަންނަ ކަމެއް ނޫން ކަމަށެވެ.

އެގޮތުން އދ. ގެ ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯ ދަ ޓްރީޓްމެންޓް އޮފް ޕްރިޒަންސް (މަންޑޭލާ ރޫލްސް) އާއި އެސޯސިއެޝަން ފޯ ދަ ޕްރިވެންޝަން އޮފް ޓޯޗާ (އޭޓީޕީ) ގެ މިންގަނޑުތަކުގައި ބޮލުގެ އިސްތަށިގަނޑާއި ތުނބުޅިމަތިމަސް ކޮށައި ސާފުކޮށް ބެހެއްޓުމަކީ އެމީހެއްގެ އަމިއްލަ ސާފުތާހިރުކަމާ ގުޅިފައިވާ ކަމެއްކަމަށް ބަޔާން ކޮށްފައިވާކަން އެޗްއާރުސީއެމުން ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް ރާއްޖޭގެ ޖަލުތަކުގައި ބަންދު ކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ގަވާއިދުގައި ގައިދީންގެ ބޮލާއި ތުނބުޅި އަދި މަތިމަސް ވެސް ދެ ސެންޓިމީޓަރަށް ވުރެ ދިގު ނުކުރެވޭނެ ކަމަށް ކަނޑައަޅާފައި އޮންނަކަން އެޗްއާރުސީއެމުން ފާހަގަކޮށްފައިވެ އެވެ. އަދި، އެ ގަވާއިދާ އެއްގޮތަށް އަމަލު ނުކުރާ ގައިދީންގެ މައްސަލަތައް ބަލައި އެމީހުންނާ މެދު ޑިސިޕްލިނަރީ ފިޔަވަވަޅު އެޅޭނެކަމަށް އެ ގަވާއިދުގައި ލިޔެފައި ވާތީ އެޗްއާރުސީއެމުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެ ގަވާއިދަކީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުން ބާރު ލިބިގެން އެކުލަވާލައި އަމަލު ކުރަމުންދާ ގަވާއިދަކަށް ވާއިރު، ވަކި ވަރަކަށް ބޮލުގެ އިސްތަށިގަނޑު ބެހެއްޓުމަކީ އަހުލާގީ މިންގަނޑު ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބަޔާން ކޮށްފައި ނުވާކަން އެޗްއާރުސީއެމްގެ ކަރުދާހުގައި ފާހަގަކޮށްފައިވެ އެވެ.

ޕެރޯލްގެ ގާނޫނުގައި އެފަދަ އިބާރާތެއް ނެތް ނަމަވެސް، ޖަލުތަކުގައި ބަންދު ކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ގަވާއިދުގައި މިހާރު އޮތް ގޮތުން ބޮލުގެ އިސްތަށިގަނޑު ދެ ސެންޓިމީޓަރަށް ވުރެ ދިގުކޮށް ބަހައްޓާ ގައިދީންނަށް ޕެރޯލް ނުލިބުމާއި އިތުރު އިނާޔަތްތައް ނުލިބުމުގެ ފުރުސަތު އޮތްކަން އެޗްއާރުސީއެމްގެ ކަރުދާހުގައި ފާހަގަ ކޮށްފައިވެ އެވެ.

އެ ހުރިހާ ކަމަކަށް ރިއާޔަތްކޮށް އެޗްއާރުސީއެމުން ހުށަހަޅާފައި ވަނީ ބަލިމަޑުކަމެއްގެ ސަބަބުން ޖަލުގެ އާންމު ސިއްހަތު ރައްކާތެރި ކުރުމަށް ނުވަތަ ގައިންގަޔަށް އަރާފަދަ ބަލިމަޑުކަމެއް ފެތުރިދާނެ ހާލަތެއްގައި މެނުވީ އެއްވެސް ގައިދީއެއްގެ ނުރުހުމުގައި ބޯނުކޮށުމަށެވެ. އެފަދަ ހާލަތެއްގައި ވެސް ބޯކޮށަން ޖެހޭނީ ޖަލުގެ ހެލްތު އޮފިސަރުގެ ލަފާގެ މަތިން ކަމަށް ގަވާއިދުގައި ބަޔާން ކުރަން އެޗްއާރުސީއެމުން ހުށަހަޅައިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox