ތިލަމާލެ ބުރިޖާއެކު ރާއްޖޭގެ އިގުތިސޯދު ބަދަލުކޮށްލާނެ، އެ ކަމަށް އިންޑިއާއަށް އިންތިހާއަށް ޝުކުރުވެރިވަން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވާހަކަދައްކަވަނީ: އެމަނިކުފާނު ވިދާޅުވީ ތިލަމާލެ ބުރިޖާއެކު ރާއްޖޭގެ އިގުތިސޯދު ބަދަލުކޮށްލާނެ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވާހަކަދައްކަވަނީ: އެމަނިކުފާނު ވިދާޅުވީ ތިލަމާލެ ބުރިޖާއެކު ރާއްޖޭގެ އިގުތިސޯދު ބަދަލުކޮށްލާނެ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ ވެރިރަށް މާލެ އާއި، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ބްރިޖަކުން ގުޅައިލުމުގެ މަޝްރޫއު ނިމުމުން ރާއްޖޭގެ އިގުތިސޯދު ބަދަލުކޮށްލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ދެ ކަނބަލުންގެ ޝަރަފުގައި އެ ގައުމުގެ ރައީސް ދުރޫޕަދީ މުރުމޫ ވެރިރަށް ދިއްލީގައި ރޭ ދެއްވި ފަރިތްކޮޅުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އަންނަ އަހަރު ދެ ގައުމަށް 60 އަހަރު ފުރިގެންދާނެ ކަމަށާއި އެ މުނާސަބަތާއެކު ރާއްޖެ-އިންޑިއާ ގުޅުން އިތުރު ހަރުފަތަކަށް ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އިންޑިއާ އާއެކު އޮތް ހާރިޖީ ގުޅުމަކީ ދެ ގައުމަށް ފައިދާވާ ވިޔަފާރީގެ އެއްބަސްވުންތަކާއި އެކި ސިއްހީ، އަދި ފަތުރުވެރިކަމުގެ ދާއިރާ ފަދަ ބޮޑެތި ސިނާއަތްތަކުން އެކުގައި މަސައްކަތް ކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ރާއްޖޭގެ ތަރައްގީގެ އެންމެ ގާތް އެއް ބައިވެރިޔަކީ އިންޑިއާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

Advertisement

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު [ތިލަމާލެ ބްރިޖު] މަޝްރޫއާ އެކު ރާއްޖޭގެ އިގުތިސޯދު ބަދަލުކޮށްލާނެ، އެކަމަށް އިންޑިއާއަށް އިންތިހާއަށް ޝުކުރުވެރިވަން."

"ރާއްޖޭގެ މުޖުތަމައު ތަރައްގީ ކުރުމަށް އިންޑިއާގެ ރައްޔިތުންވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދީފަ. އޭގެން ކޮންމެ މީހަކަށްވެސް އަޅުގަނޑު ޝުކުރުވެރިވަން. އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމު. އަޅުގަނޑު އެ އެންމެންނަށްވެސް މަރުހަބާ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

އޭގެއިތުރުން، ރާއްޖެއާއި އިންޑީއާއާ ދެމެދު އޮތް ހާރިޖީ އަދި ވިޔަފާރީގެ ގުޅުމުގެ ބޭރުން ދޭދޭ މީހުންގެ މެދުގައި އޮތް ގުޅުންތައްވެސް ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން ބޭސްފަރުވާއަށް ކޮންމެ އަހަރަކު ރާއްޖެއިން އިންޑިއާއަށް ދަތުރުކުރާ އެތައް ސަތޭކަ ދިވެހިންނަކީ އެކަމުގެ ހެއްކެށް ކަމަށް އެމަނިކުފާނު ރޭ ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ އިގުތިސޯދު ބަދަލުކޮށްލާނެ ކަމަށް ރައީސް ވިދާޅުވި ތިލަމާލެ ބުރިޖުގެ މަޝްރޫއަކީ 500 މިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫއެކެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނަކާއި, އިންޑިއާއިން ދޭ ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ.

މާލެ ސަރަހައްދުގެ ހަތަރު ރަށެއް ގުޅުވައިލަދޭ 6.7 ކިލޯމީޓަރުގެ އެ ބްރިޖުގެ މަޝްރޫއުގެ މަސައްކަތް މެއި، 2024، ގެ ނިޔަލަށް ނިންމަން އަމާޒު ހިފި ނަމަވެސް، އެކި ސަބަބުތަކާހެދި ޓައިމްލައިނަށް ބަދަލުތަކެއް އޭރު ގެނެ އެވެ.

އެގޮތުން ވިލިމާލެއާ ހަމައަށް ބްރިޖު ގުޅައިލަން މިހާރު ނިންމަން ހަމަޖެހިފައި ވަނީ މާޗު 31، 2026 ގަ އެވެ. އަދި ގުޅީފަޅުން ތިލަފުއްޓަށް ބްރިޖު ގުޅާލަަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 30، 2026 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox