އޭދަފުށި ކަޕްގެ ޗެމްޕިއަންކަން ވެލާ ސްޕޯޓްސް ކްލަބުން ހޯދައިފި

Oct 5, 2024, 3:08 PM
އޭދަފުށި ކަޕްގެ ޗެމްޕިއަންކަން ވެލާ ސްޕޯޓްސް ކްލަބުން ހޯދައިފި

އޭދަފުށި ކަޕް 2024 ގެ ޗެމްޕިއަންކަން ވެލާ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

އޭދަފުށީ ޓާފް ދަނޑުގައި ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ވެލާ އިން ހޯދީ ފައިނަލުގައި އިރުމަތި އެފްސީގެ މައްޗަށް 5-1 އިން ކުރިހޯދައިގެންނެވެ. މިއީ، މި މުބާރާތުގެ ފައިނަލުން މީގެ ކުރިން ދެ ފަހަރު (2021 އާއި 2023 ގައި) ބަލިވި، ވެލާ އިން މި ތަށި އުފުލާލި ފުރަތަމަ ފަހަރެވެ.

ފައިނަލް މެޗުގައި ވެލާ ޓީމަށް ލަނޑުތައް ޖަހައިދިނީ، މުހައްމަދު ފާސިރު (ފާއްޓޭ) ހަތަރު ގޯލާއި އިޝާން އިބްރާހިމް (ސައްޓު) އެއް ގޯލެވެ. އިރުމަތި އަށް ލަނޑު ޖަހައިދިނީ، ނ. މާފަރަށް ނިސްބަތްވާ، ގައުމީ ޒުވާން ޓީމުގެ ކުރީގެ ކެޕްޓަން، އައްޒާމް އަބްދުﷲ (އެޑޫ) އެވެ.

Advertisement

މި މެޗުގައި، އިރުމަތި އެފްސީގެ އިމްތިސާލް އަބްދުއްރަހްމާން އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

މި ފަހަރުގެ އޭދަފުށި ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ފޯވާޑުގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި (9 ގޯލު ޖެހި) ކުޅުންތެރިޔާގެ މަގާމު ހޯދީ ފާއްޓެ އެވެ. މީގެ ކުރިން، 2021 ވަނަ އަހަރު އެމްއޭ ޔުނައިޓެޑުން ތަށި ހޯދިއިރު ވެސް ފާއްޓެ ވަނީ މި ހުރިހާ ކާމިޔާބެއް ހާސިލްކޮށްފަ އެވެ.

މި ފަހަރުގެ މުބާރާތުގެ އެހެން މަގާމުތަކަށް ބަލާއިރު، އެންމެ މޮޅު ގޯލުކީޕަރަކީ އިރުމަތި އެފްސީގެ އަބްދުއްސަދާދް އާދަމް އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކީ، ވެލާގެ އަހުމަދު ޖައުޝަން އަބްދުﷲ އެވެ. މިއީ، މި މަގާމު ޖައުޝަން ހޯދި ޖެހިޖެހިގެން ދެ ވަނަ ފަަހަރު އެވެ. އެންމެ މޮޅު ކޯޗަކަށް ވެލާގެ އަހުމަދު ނިޔާޒް (ނިޔާ) ހޮވުނުއިރު، ފެއާ ޕްލޭ ޓީމަކީ، ހުސް ސޮނގުންނެވެ.

އޭދަފުށީ ކައުންސިލުން މީގެ ހަތަރު އަހަރު ކުރިން، އިންތިޒާމުކުރަން ފެށި އޭދަފުށި ކަޕްގެ ފުރަތަމަ ދެ އަހަރު، 2021 އާއި 2022 ވަނަ އަހަރު ޗެމްޕިއަންކަން ހޯދީ އެމްއޭ ޔުނައިޓެޑް އެވެ. އަދި އެންމެ ފަހުން، 2023 ވަނަ އަހަރު ތަށި އުފުލާލީ ހުސް ސޮނގުންނެވެ.

މަސްދަރު: އޭދަފުށި ޓައިމްސް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox