ސޮލާންކޭ އިންގްލެންޑް ޓީމަށް، މަޝްހޫރު ނަން ތަކެއް ބާކީވެއްޖެ

Oct 4, 2024, 4:48 AM
ސޮލާންކޭ އިންގްލެންޑް ޓީމަށް، މަޝްހޫރު ނަން ތަކެއް ބާކީވެއްޖެ

ލަންޑަން (އޮކްޓޫބަރު 4) - މި ސީޒަނުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ގުޅި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ފޯވާޑް، ޑޮމިނިކް ސޮލާންކޭ، އިންގްލެންޑް ޓީމަށް ނެގިއިރު، މި ފަހަރުގެ ސްކޮޑުން މަޝްހޫރު ކުޅުންތެރިންތަކެއް ބާކީވެއްޖެ އެވެ.

ސޮލާންކޭ އަށް މީގެ ކުރިން، އިންގްލެންޑް ޓީމުން ފުރުސަތެއް ލިބުނީ، 2017 ވަނަ އަހަރު އެވެ. އެއީ، އޭނާ ލިވަޕޫލަށް ކުޅުނުއިރު އެވެ. އޭގެ ފަހުން، އޭނާ ވަނީ ބޯންމައުތަށް ބަދަލުވެފަ އެވެ. މި ސީޒަނުގައި ޓޮޓެންހަމާ ގުޅި، އެންމެ ފަހުން ކުޅުނު މެޗުތަކުގައި ދެއްކި ކުޅުމުގެ ސަބަބުން، އިންގްލެންޑްގެ ވަގުތީ ކޯޗު، ލީ ކާސްލީ މި ވަނީ ސޮލާންކޭ އަށް ފުރުސަތު ދީފަ އެވެ.

އެ ގޮތުން، ކާސްލީ ބުނީ، އެންމެ ފަހުން ނެގި އިންގްލެންޑް ސްކޮޑުގައި ވެސް ސޮލާންކޭ ހިމެނޭނެ ކަމަށާއި އެކަމަކު، ފަހު ވަގުތު އޭނާ އަށް އަނިޔާވެ، ބާކީވީ ކަަމަށެވެ.

އިންގްލެންޑުން ސްކޮޑު ނަގާފައި މި ވަނީ ޔުއެފާ ނޭޝަންސް ލީގުގައި މި މަހު، ގްރީސް އާއި ފިންލެންޑާ ބައްދަލުކުރާ މެޗުތަކަށެވެ.

މި ފަހަރުގެ ސްކޮޑުން ޖާގަ ނުލިބުނު ކުޅުންތެރިންނަށް ބަލާއިރު، މެންޗެސްޓާ ޔުނައިޓެޑްގެ ހެރީ މެގުއާ އާއި މާކަސް ރަޝްފޯޑް، ކްރިސްޓަލް ޕެލަސްގެ އެބްރެޗީ އެޒޭ، ޓޮޓެންހަމްގެ ޖޭމްސް މެޑިސަން، ވެސްޓް ހޭމްގެ ކެޕްޓަން ޖެރޮޑް ބޮވެން އަދި މި ފަހުން އެސްޓަން ވިލާގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މޯގަން ރޮޖާސް ހިމެނެ އެވެ.

ސެޕްޓެމްބަރު މަހު ނެގި އިންގްލެންޑް ސްކޮޑުން އެކި ސަބަބުތަކާ ހުރެ ބާކީވި، ސީނިއާ ދެ ކުޅުންތެރިން ކަމަށްވާ ކައިލް ވޯކާ އާއި ޖޫޑް ބެލިންހަމް މި ފަހަރު ސްކޮޑުގައި ހިމެނެ އެވެ. ސެޕްޓެމްބަރު މަހު، ނޭޝަންސް ލީގުގައި އިންގްލެންޑުން ވަނީ ފިންލެންޑާއި އަޔަލެންޑް ބަލިކޮށްފަ އެވެ.

އިންގްލެންޑުން މި ފަހަރު ނޭޝަންސް ލީގުގައި މި މަހު 10 ވަނަ ދުވަހު، ވެމްބްލީގައި ގްރީސްއާ ކުޅުމަށް ފަހު، ތިން ދުވަސް ފަހުން ފިންލެންޑާ ކުޅޭނީ ހެލްސިންކީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox