ރިހާން ޗެމްޕިއަންކަން ދިފާއުކުރިއިރު، އަންހެން ޗެމްޕިއަންކަން އަޔާނާ އަށް

ސީނިއާ ކެޓަގަރީން ޗެމްޕިއަންކަން ހޯދި އެތުލީޓާއި ވަނަތަކަށް ހޮވުނު އެތުލީޓުން.---- ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

ސީނިއާ ކެޓަގަރީން ޗެމްޕިއަންކަން ހޯދި އެތުލީޓާއި ވަނަތަކަށް ހޮވުނު އެތުލީޓުން.---- ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

ގައުމީ ދިގު ފެތުމުގެ މުބާރާތު (އޯޕަން ވޯޓާ ސްވިމިން ކޮމްޕެޓިޝަން)ގެ ފަސް ކިލޯމީޓަރު ފެތުމުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން މުހައްމަދު ރިހާން ޝިހާމް ދިފާއުކުރިއިރު, އަންހެން ބައިގެ ޗެމްޕިއަންކަން އަޔާނާ އަރީފް ހޯދައިފި އެވެ.

ކުޑަގިރި ޕިކްނިކް އައިލަންޑްގައި ކުރިއަށްދިޔަ މި ފަހަރުގެ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ރިހާން ހޯދިއިރު, މި ކެޓަގަރީގެ ދެ ވަނަ އަށް ދިޔައީ ޔާސީން މުހައްމަދު ޔޫސުފް އެވެ. އަދި ތިން ވަނަ އަށް ދިޔައީ މުބާލް އައްޒާމް އެވެ. މިއީ، ރިހާން މި މުބާރާތް ޖެހިޖެހިގެން ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ.

ފަސް ކިލޯމީޓަރުގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އަޔާނާ އެވެ. މިއީ، އަޔާނާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަަމަ ފަހަރެވެ. އަޔާނާއާ އެންމެ ކައިރިން ވާދަކުރީ އައިޝަތު އެލީނާ ޝާހިދާ އާއި ލައިބާ ހަސަން މަނިކެވެ.

މީގެ އިތުރުން، ޖޫނިއާ ކުދިންނަށް ހާއްސަކޮށް ތިން ކިލޯމީޓަރުގެ ކެޓަގަރީ އެއްވެސް ކުރިއަށް ގޮސްފައިވާއިރު, އެ ކެޓަގަރީން ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ދާނިޔަލް އަމީން ފައިސަލް އެވެ. އަދި އަންހެން ޗެމްޕިއަންކަން ހޯދީ ޒޯހާ އަޒްލީ ނަސީމް އެވެ.

މި މުބާރާތުގައި، ނެޝަނަލް ލެވަލްގައި ފަސް ކިލޯމީޓަރު ފަތާއިރު، ޖޫނިއާ ނެޝަނަލް ލެވަލްގައި ތިން ކިލޯމީޓަރަށް ފަތާނެ އެެެވެ. ސްވިމިން ޗެލެންޖްގައި އެއް ކިލޯމީޓަރު ފަތާނެ އެވެ. އަދި ކިޑްސް ސްވިމް ޗެލެންޖް ފަން އިވެންޓެއްގެ ގޮތުގައި ކުރިއަށްދާއިރު، މި އިވެންޓުގައި 500 މީޓަރަށް ފަތާއިރު، ރޭސް ނިންމާ ކޮންމެ ކުއްޖަކަށް، ފިނިޝިން މެޑަލް ދޭނެ އެވެ.

މިއީ، އޯޕަންވޯޓާ ސްވިމިން މުބާރާތް ކުޑަގިރީގައި ބޭއްވި ދެ ވަނަ ފަހަރެެވެ. މާލެއާ 15 ވަރަކަށް މިނެޓު ރާސްތާއެއްގައި އޮތް ބަންގަލް ފަޅުގައި ހެދި 8.5 ހެކްޓަރުގެ ކުޑަގިރީގައި، މިދިޔަ އަހަރު ބޭއްވި މުބާރާތަށް ވުރެ މި ފަހަރުގެ މުބާރާތަށް ލިބުނު ތަރުހީބު ބޮޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox