ޕާމާ އަށް ރެކޯޑެއް، އާސެނަލަށް މޮޅެއް، ލިވަޕޫލަށް އެއް ވަނަ

Sep 29, 2024, 4:01 AM
ޕާމާ އަށް ރެކޯޑެއް، އާސެނަލަށް މޮޅެއް، ލިވަޕޫލަށް އެއް ވަނަ

ލަންޑަން (ސެޕްޓެމްބަރު 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ކޯލް ޕާމާ ހަތަރު ގޯލު ޖަހައި ރެކޯޑެއް ހެދި މެޗުގައި ޗެލްސީން 4-2 އިން ބްރައިޓަން ބަލިކުރިއިރު، އާސެނަލުން ފަހު ވަގުތު ޖެހި ގޯލުތަކުން 4-2 އިން ލެސްޓާ ސިޓީ ބަލިކޮށްފި އެވެ.

އަދި ލިވަޕޫލުން 2-1 އިން ވުލްވްސްގެ މައްޗަށް ކުރިހޯދައި ލީގު ތާވަލުގެ ކުރިއަށް ވަނީ ޖެހިލައިފަ އެވެ. އެއީ، އެއް ވަނައިގައި އޮތް ސިޓީ އިއްޔެ ކުޅުނު މެޗުން ނިއުކާސަލް ޔުނައިޓެޑާ 1-1 އިން އެއްވަރުވުމުގެ ފައިދާ ނަގައިގެންނެވެ.

ލިވަޕޫލަށް ހަ މެޗުން 15 ޕޮއިންޓް ލިބުނުއިރު، ދެ ވަނައިގައި އޮތް ސިޓީ އާއި ތިން ވަނައިގައި އޮތް އާސެނަލަށް ވަނީ ހަ މެޗުން 14 ޕޮއިންޓް ލިބިފަ އެވެ.

ރޭގެ މެޗުގައި އިބްރާހިމާ ކޮނާޓޭގެ ގޯލުން ލިވަޕޫލުން ލީޑުނެގިއިރު، ރަޔާން އައިޓް ނޫރީގެ ލަނޑުން ވުލްވްސ އެއްވަރުކުރި އެވެ. ލިވަޕޫލް މޮޅުވީ ދެ ވަނަ ހާފުގައި މުހައްމަދު ސަލާހު ޖެހި ޕެނަލްޓީންނެވެ.

އާސެނަލުން ގަބްރިއެލް މާޓިނެލީ އާއި ލެއަންޑްރޯ ޓްރޮސާޑްގެ ލަނޑުތަކުން، 2-0 އިން ކުރީގައި އޮއްވައި، ޖޭމްސް ޖަސްޓިން ދެ ގޯލު ޖަހައި، ލެސްޓާ އަށް އެއްވަރުކޮށްދިނެވެ. އާސެނަލުން މޮޅުވީ އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެންނެވެ. ފުރަތަަމަ ލަނޑަކީ، ލެސްޓާގެ ވިލްފްރެޑް އެންޑީޑީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ފަހު ލަނޑު ޖެހީ، ކައި ހަވާޓްޒް އެވެ.

ޗެލްސީ އަށް ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ކޯލް ޕާމާ ވަނީ ހަތަރު ލަނޑު ޖަހައިދީފަ އެވެ. ޕާމާ އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް މެޗެއްގެ ފުރަތަމަ ހާފުގައި ހަތަރު ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ.

މި މެޗުގައި ބްރައިޓަންގެ ގޯލުތައް ޖެހީ ޖިއޮޖީނިއޯ ރޫޓޭއާ އާއި ކާލޯސް ބަލޭބާ އެވެ.

ލީގުގައި ރޭ ސިޓީން ކުޅުނު މެޗުގައި ޖޮސްކޯ ގްވާޑިއޯލްގެ ގޯލުން ލީޑުނެގިއިރު، ނިއުކާސަލް އިން އެއްވަރުކުރީ އެންތަނީ ގޯޑަން ޖެހި ޕެނަލްޓީންނެެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އެވަޓަން އިން 2-1 އިން ކްރިސްޓަލް ޕެލަސް ބަލިކުރިއިރު، ނޮޓިންހަމް ފޮރެސްޓް އަތުން ފުލަމް ވަނީ 1-0 އިން މޮޅުވެފަ އެވެ. ބްރެންޓްްފޯޑުން ލީޑުނެގި ނަމަވެސް ވެސްޓް ހޭމް އިން ވަނީ 1-1 އިން އެއްވަރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox