މެންޗެސްޓާ (ސެޕްޓެމްބަރު 29) - މެންޗެސްޓާ ސިޓީގެ މިޑްފިލްޑަރު، ރޮޑްރީ ކަކުލުގެ އަނިޔާ އިން އަރައިގަތުމަށް އޮޕަރޭޝަނެއް ކުރިއިރު، އޭނާ ނުލައި، އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީން ކުޅުނު ފުރަތަމަ މެޗުން 1-1 އިން ނިއުކާސަލް ޔުނައިޓެޑާ އެއްވަރުވެއްޖެ އެވެ.
ރޮޑްރީގެ ކަކުލަށް އަނިޔާވީ, މިދިޔަ ހަފުތާގައި 2-2 ގެ ނަތީޖާ އަކުން އާސެނަލް އާ އެއްވަރުވި މެޗުގެ ތެރެއިންނެވެ.
އޭރު ސިޓީ އިން ބުނީ ރޮޑްރީގެ ކަކުލުގެ ލިގަމެންޓަށް ކޮންމެވެސް ވަރެއްގެ އަނިޔާވެފައިވާ ކަމަށެވެ. އެކަމަކު، ސިޓީ އިން އިއްޔެ ރޮޑްރީ އޮޕަރޭޝަން ކޮށްފައިވަނީ ކަކުލުގެ އޭސީއެލްގެ އިތުރުން މެނިސްކަސް ކަމަށް ބުނެފައިވެ އެވެ. އެހެންވެ, އަނިޔާއިން އަރައިގަތުމަށް އެންމެ މަދުވެގެން ހަތް މަސް ނޫނީ އަށް މަސް ނަގާނެ އެވެ.
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ރޮޑްރީ އަށް އަނިޔާވުން އެއީ ސިޓީ އަށް ފޫބައްދަން އުނދަގޫ ކަމެއް ކަމަށެވެ.
ރޮޑްރީ ނުލާ ސިޓީ އިން މި ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ނިމުނީ އެ ޓީމު ބަލިވެގެންނެވެ.
ގާޑިއޯލާ ބުނީ ރޮޑްރީ އަނިޔާއިން އަރައިގަތުމަށް ސިޓީ އިން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް އޭނާ އަށް ދޭނެ ކަމަށެވެ. އަދި އުންމީދަކީ އަވަހަށް އަނިޔާއިން އަރައިގަތެ, ސްކޮޑުގައި ބައިވެރިވުން ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.
ސިޓީން އިއްޔެ ޖޮސްކޯ ގްވާޑިއޯލްގެ ގޯލުން ލީޑުނަގާފައިވަނިކޮށް ނިއުކާސަލް އިން އެއްވަރުކުރީ،












