ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ފުޓްބޯލް ޑިވަލޮޕްމެންޓް ޕާޓްނަރަކަށް އެސްޕަޔާ

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ފުޓްބޯލް ޑިވަލޮޕްމެންޓް ޕާޓްނަރަކަށް އެސްޕަޔާ

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ފުޓްބޯލް ޑިވަލޮޕްމެންޓް ޕާޓްނަރަކަށް އެސްޕަޔާ ފުޓްބޯލް އެކަޑަމީ ހަމަޖައްސައިފި އެވެ.

ފުޓުބޯޅައިގެ ޒުވާން ޖީލެއް ބިނާކުރުމުގެ މަގުސަދުގައި މިދިޔަ އަހަރު ޑިސެމްބަރު މަހު އުފެދުނު އެސްޕަޔާ ފުޓުބޯޅަ އެކަޑަމީން ވަނީ އެ އެކަޑަމީގެ ކޯޗުންގެ ގޮތުގައި ފެންވަރު ރަނގަޅު ކޯޗުންތަކެއް ހަމަޖައްސައިފަ އެވެ.

އެސްޕަޔާ އެކެޑަމީން ދާދި ފަހުން ވަނީ ރާއްޖޭގެ އެންމެ ކާމިޔާބު ޔޫތު ފުޓްބޯޅަ ޓީމު، ކްލަބް އީގަލްސްގެ ޔޫތު ލެވަލްގެ ކަންކަމާ ހަވާލުވެފަ އެވެ. އަދި މަޖީދިއްޔާ ސްކޫލްގެ ޔޫތު ޓީމުތަކުގެ ސެޓަޕް ހަދައިދިނުމުގައި، އެސްޕަޔާ ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ގިޔާސުއްދީންއާ އެކު އެސްޕަޔާ އިން ވި އެއްބަސްވުމުގެ ދަށުން އެސްޕަޔާ އިން އެ ސްކޫލްގެ ފުޓުބޯޅަ ޑިވޮލޮޕްމަންޓް ހަރަކާތްތަކުގައި ބައިވެރިވެ, އެ ސްކޫލްގެ ދަރިވަރުންނަށް ފުޓުބޯޅައިގެ ތަމްރީންތައް ނަގައިދޭނެ އެވެ.

އެސްޕަޔާގެ ޕްލޭން ހެދުމުގައި މަސައްކަތް ކުރަނީ، ޓެކްނިކަލް ޑިރެކްޓަރެއްގެ ރޯލުގައި ހުރި ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އާއި އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ، ހުސެއިން ޖަވާޒް (ޖަވާ) އެވެ. އެ ގޮތުން، އެކެޑަމީގެ ޓެކްނިކަލް އަދި އެޑްމިނިސްޓްރޭޓިވް ކަންކަން، ރަނގަޅަށް ހިންގުމުގައި، ޖަވާ އާއި މޯހަން ހަރަކާތްތެރިވުމަކީ، އެ އެކެޑަމީ އަށް ލިބޭ ބޮޑު ކުރިއެރުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox