އެސްޕަޔާ އެކަޑަމީ އަށް އިތުރު ދެ ކޯޗުން ގުޅިއްޖެ

އެސްޕަޔާ އެކަޑަމީ އަށް އިތުރު ދެ ކޯޗުން ގުޅިއްޖެ

ގައުމީ ލެވަލްގެ ފެންވަރު ރަނގަޅު ގިނަ ފުޓްބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމުގެ ވިސްނުމުގައި، މީގެ އަށް މަސް ކުރިން ވުޖޫދުވި އެސްޕަޔާ ފުޓްބޯލް އެކެޑަމީން ކޯޗިން ޓީމު ވަރުގަދަ ކުރުމަށް އިތުރު ދެ ކޯޗުން ހަމަޖައްސައިފި އެވެ.

ޑިސެމްބަރު މަހު ވުޖޫދުވި, އެސްޕަޔާ އެކަޑަމީއާ އަލަށް ގުޅުނު ދެ ކޯޗުންނަކީ, ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗު, އަހުސަން ރަޝީދު (ޗޭ) އާއި ފުރަތަމަ ޑިވިޝަނުގައި ކުރިން ގިނަ އަހަރުތަކެއް ވަންދެން ކުޅުނު އަލީ އިމްރާން (އިންމަ) އެވެ.

އަހުސަން އަކީ ޓީސީ ސްޕޯޓްސް ކުލަބްގެ ވެސް ކޯޗެވެ. އޭނާ ވަނީ ޒުވާން ކުޅުންތެރިން ކުރިއަރުވަން މީގެ ކުރިންވެސް ގިނަ މަސައްކަތްތަކެއް އެކި ފެންވަރުގައި ކޮށްފަ އެވެ.

އެސްޕަޔާއާ ދެން ގުޅުނު ކޯޗު، އިންމަ ވަނީ މީގެ ކުރިން ޓީސީ ސްޕޯޓްސް ކުލަބާ ކުލަބް ވެލެންސިއާ އަށް ކުޅެފަ އެވެ.

މި ފަހުން އެސްޕަޔާއާ ގުޅުނު ކޯޗުންނަށް ބަލާއިރު, ގައުމީ ޓީމަށް ކުޅެފައިވާ، އަހުމަދު އަބްދުﷲ (ލިލީ) އާއި މުހައްމަދު ޝަފީއު (ޗެކް)، 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ޓީސީ ސްޕޯޓްސް ކްލަބްގެ ކުޅުންތެރިޔާ، މުހައްމަދު ޔަޒްދާން (ޔަޒޭ)، އީގަލްސްގެ އެސިސްޓަންޓް ކޯޗު، މުހައްމަދު ނަދީމް (ނަޑޭ)، ފުރަތަމަ ޑިވިޝަންގެ ގިނަ ޓީމުތަކަށް ކުޅެ، ފުޓްސަލްގައި ކާމިޔާބު ކޯޗިން ކެރިއަރެއް ބިނާކުރަމުން އަންނަ، މުހައްމަދު ފުހައިދު (ޓޯޑް) އެވެ.

މީގެ އިތުރުން އެސްޕަޔާ އުފެދުނީއްސުރެ އެ އެކަޑަމީގެ ކޯޗުންގެ ގޮތުގައި, ފުޓްސަލް އާއި ފުޓްބޯޅަ ކޯޗިންގައި މަސައްކަތްކުރާ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، އަހުމަދު ނިޔާޒް (ނިޔާ)، 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު، އަހުމަދު ފައްރާހު (ފައްރަ)، ގައުމީ އަންހެން ޓީމުގެ ހައްވާ ހަނީފާ އާއި ޝިޔާނާ އަހުމަދު ޒުހައިދު (ތާތި) އަދި ފުޓްބޯޅަ ކޯޗިންގައި މަސައްކަތްތަކެއް ކުރަމުން އަންނަ، ޖައުފަރު އަލީ (ޖައުބެ) ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox